ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ހައްދުންމައްޗަށް ކުރައްވާ ދަތުރުފުޅެއް މިއަދު ހެނދުނު ފަށްޓަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، އެއަތޮޅުގެ ހުރިހާ ރަށްރަށަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.