ދިވެހި ޤައުމަށް މިދަނޑިވަޅު ދިމާވެފައިވާ ސިޔާސީ ހަލަބޮލިކަމަށް ޙައްލެއް ގެނެސް، ދިވެހި ރައްޔިތުންނަށް ރައްކާތެރިކަމާއި އަމަންއަމާންކަން ޤާއިމްކުރުމަށް ސަރުކާރުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ނޫސްބަޔާނެއްގައެވެ. މި ދަންނަވާލަނީ އެ ބަޔާނެވެ.

"ދިވެހި ޤައުމަށް މިދަނޑިވަޅު ދިމާވެފައިވާ ސިޔާސީ ހަލަބޮލިކަމަށް ޙައްލެއް ގެނެސް، ދިވެހި ރައްޔިތުންނަށް ރައްކާތެރިކަމާއި އަމަންއަމާންކަން ޤާއިމްކުރުމަށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާ ވާހަކަ ދަންނަވަމެވެ.

ރައްޔިތުންގެ ހިމާޔަތުގައްޔާއި އަމަންއަމާންކަން ޤާއިމްކުރުމަށް ދިވެހި ދައުލަތުގެ މުއައްސަސާތަކާއި، ސިޔާސީ އެކި ފަރާތްތަކާ މަޝްވަރާ ކުރެވިގެން ސަރުކާރުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަވަސް ފުރުސަތެއްގައި އަޅާނެ ވާހަކަ ދަންނަވަމެވެ. އަދި ދިވެހި ރައްޔިތުން ކެތްތެރިކަމާއި މަޑުމައިތިރިކަމާއެކު ރާއްޖޭގައި ސުލްހަމަސަލަސްކަން ޤާއިމުކުރުމަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް މިދަނޑިވަޅުގައި ޝުކުރު ދަންނަވަމެވެ."