ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ތިލަދުންމަތީ އުތުރުބުރީ ފިއްލަދުއަށާއި މިލަދުންމަޑުލު އުތުރުބުރީ މިލަންދުއަށް އިއްޔެ ވަޑައިގެން، މި ދެރަށުގެ ރަށު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި، މި ދެރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި، ހިންގަވަމުން ގެންދަވާ މަޝްރޫޢުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. އަދި ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުތަކުގައި، ކައުންސިލްގެ އެހީތެރިކަމާއި އެއްބާރުލެއްވުން ބޭނުންފުޅުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ށ. މިލަންދޫ ބަނދަރު ރަސްމީ ގޮތުން ހުޅުއްވައިދެއްވައި، ބަނދަރުގައި ގާ އެޅުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޢަމަލީ ގޮތުން ފަށްޓަވައިދެއްވިއެވެ. އަދި ށ. މިލަންދޫ ކުނި ކޮށީގެ ބިންގާ އަޅުއްވައިދެއްވައި، އަޕަރ ނޯތު ޔުޓިލިޓީޒުން އެރަށުގައި ފެށްޓެވުމަށް ހަމަޖެހިފައިވާ މިލަންދޫ ސްވަރޭޖެ ޕްރޮޖެކްޓް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވިއެވެ.