މާދަމާއަކީ ރާއްޖޭގެ ޖުމްހޫރީ ދުވަސް ކަމަށްވުމާއެކު، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މާދަމާރޭ ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބު ކުރައްވާނީ، މިކަމަށްޓަކައި މާދަމާރޭ 8.30 ގައި އައްޑޫސިޓީގެ ސިޓީ ސްކްއަރގައި ބާއްވަވާ ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ މާދަމާރޭ ދިވެހި ޤައުމާ މުޚާޠަބު ކުރައްވާ ގޮތަށް ހަމަޖެހިފައިވުމާއެކު، ޢާންމުކޮށް ކޮންމެ ހުކުރު ދުވަހަކު ހެނދުނު 10 ޖަހާއިރު ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރޭޑިޔޯ ޚިޠާބު މާދަމާ ނުދެއްވާނެއެވެ.