1. ކިންގްޑަމް އޮފް ނެދަރލެންޑްސްއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަން
 
ކިންގްޑަމް އޮފް ނެދަރލެންޑްސްއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް، ހެންވޭރު މާލޭތިލަ ޢަލީ ޙުސައިންދީދީ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
 
2. މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނައިބުކަން
 
މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނައިބުގެ މަގާމަށް މައްޗަންގޮޅީ ޝިމާގު ޢާއިޝަތު ވެލެޒިނީ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
 
3. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީކަން
 
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަގާމަށް ފާދިއްޕޮޅު ހިންނަވަރު ލަކީ ޢަބްދުލްޙަމީދު ޢަބްދުލްކަރީމް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. ޢަބްދުލްޙަމީދު ޢަބްދުލްކަރީމް މިހާތަނަށް ހުންނެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިޔުޓީ އަންޑަރ ސެކްރެޓެރީގެ މަގާމުގައެވެ.