1. ދިވެހި ދައުލަތުގެ ސަފީރުކަމުގެ މަގާމު

 
ދިވެހި ދައުލަތުގެ ސަފީރު ކަމަށް މައްޗަންގޮޅީ ރައުފަތުގޭ އަޙްމަދު މާހިރު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. 
 
2. މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ނައިބު ކަމުގެ މަގާމު
 
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ނައިބު ކަމުގެ މަގާމަށް ހެންވޭރު ބުރަކިގޭ ސުލްޠާނާ ޝާކިރު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. 
 
3. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެއަންޑަރ ސެކްރެޓެރީ ކަމުގެ މަގާމު
 
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ކަމަށް އައްޑުއަތޮޅު ހުޅުދޫ ޓްރައިސްޓާރ އާމިނަތު ޝައުނާ،  ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. އާމިނަތު ޝައުނާ މިހާތަނަށް ހުންނެވީ، އެ އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީގެ މަގާމުގައެވެ.
 
4. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެސިސްޓެންޓް ޓު ދަ ޗީފް އޮފް ސްޓާފް ކަމުގެ މަގާމު
 
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެސިސްޓެންޓް ޓު ދަ ޗީފް އޮފް ސްޓާފްގެ މަގާމަށް މައްޗަންގޮޅި ވިލާރޮދި ޢާއިޝަތު ޝާހީން، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. ޢާއިޝަތު ޝާހީން ހުންނެވީ، އެ އޮފީހުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައެވެ.
 
5. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރ ކަމުގެ މަގާމު
 
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ނައިލޯނުގޭ މުޙަންމަދު ހާޝިމް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. މުޙަންމަދު ހާޝިމް މިހާތަނަށް ހުންނެވީ، މޯލްޑިވްސް ޕޮލިޓެކްނިކްގެ ޑެޕިޔުޓީ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައެވެ.