މިއަހަރުގެ ނޮވެމްބަރު މަހު ރާއްޖޭގައި ބާއްވަވާ ސާކް ސަމިޓާ ގުޅޭގޮތުން ސަމިޓްގެ އިންތިޒާމްތައް ހަމަޖެއްސެވުމާއި، ސަމިޓްގެ ކަންކަން ވިލަރެސް ކުރެއްވުމަށްޓަކައި ޓާސްކްފޯސްއެއް ރައީސުލްޖުމްހޫރިއްޔާ މިއަދު އެކުލަވައިލައްވައިފިއެވެ. ސާކް ސަމިޓާ ގުޅޭ ހުރިހާ ކަމެއް މިއަދުން ފެށިގެން ބަލަހައްޓަވާނީ، މި ޓާސްކްފޯސްގެ ބެއްލެވުމުގެ ދަށުންނެވެ. ޓާސްކްފޯސްގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުންނަކީ ކުރީގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަލީ ހާޝިމާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަޙްމަދު ނަސީމާއި، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އަމީން ފައިޞަލެވެ.

މި ޓާސްކްފޯސް ހިނގަމުންދާނީ ހުރަވީ ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައެވެ.