ކޭމްޕެއްގައި ކ. ހުރައަށްދިޔަ ހިރިޔާ ސްކޫލުގެ ދަރިވަރުންގެ ތެރެއިން 4 ދަރިވަރަކާއި އެ ސްކޫލުގެ ޕްރިންސިޕަލް ގެބިގެން މިއަދު ހެނދުނު ނިޔާވެފައިވާތީ، އެކަމުގެ ހިތާމައިގައި މިއަދުން ފެށިގެން 3 ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.