1. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ފެމިލީކަން

 
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ފެމިލީ ކަމަށް ހެންވޭރު ނީލްވިލާ އަލްއުސްތާޛާ ލުބްނާ މުޙަންމަދު ޒާހިރު ޙުސައިން، ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަން ކުރައްވައިފިއެވެ.
 
2. މިނިސްޓަރ އޮފް ސްޓޭޓް، މެދު ދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާކަން
 
މިނިސްޓަރ އޮފް ސްޓޭޓް، މެދު ދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާ ކަމަށް ހެންވޭރު ހިކިފިނިފެންމާގޭ ޢުމަރު ޢަބްދުއްރައްޒާޤު، ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަން ކުރައްވައިފިއެވެ.
 
3. ދެ ޤައުމަކަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަން
 
ގްރޭންޑް ޑަޗީ އޮފް ލަގްޒަމްބާރގަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށާއި، ރަޝިއަން ފެޑަރޭޝަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ހެންވޭރު މާލޭތިލަ ޢަލީ ޙުސައިންދީދީ، ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަން ކުރައްވައިފިއެވެ.