ދައުލަތުގެ ދަރަނި ކުޑަކުރެއްވުމަށް އެޅުއްވެންހުރި ފިޔަވަޅުތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފިއެވެ. މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި ދައުލަތުން މިހާރު ދައްކަން ޖެހިފައިވާ ދަރަނީގެ ޢަދަދުތަކަށް ރިޢާޔަތް ކުރައްވައި، ދައުލަތުގެ ދަރަނީގެ ޙާލަތާ ގުޅުންހުރި މައްސަލަތަކާ ބެހޭގޮތުން މެންބަރުން ޚިޔާލު ބަދަލުކުރެއްވިއެވެ.