ޖަޕާނުގެ އާ ބޮޑުވަޒީރު ޔޮޝިހީކޯ ނޯޑާއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖްގައި، ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރާ މަސައްކަތުގައި ޖަޕާން ސަރުކާރުގެ ފަރާތުން ލިބެމުންދާ އެހީތެރިކަން ފާހަގަކުރައްވައި، ރާއްޖެއާއި ޖަޕާނާ ދެޤައުމުގެ ދެމެދުގައިވާ ރަޙްމަތްތެރި ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

އަދި، ޔޮޝިހީކޯ ނޯޑާގެ ބޮޑުވަޒީރުކަމުގެ ދައުރުގައި، ޖަޕާނަށް އިތުރު ތަރައްޤީއާއި ފާގަތިކަން ލިބިގެންދާނެކަމަށް ގަބޫލުފުޅު ކުރައްވާ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.