ނޭޕާލްގެ އާ ބޮޑުވަޒީރު ބާބޫރާމް ބަޓަރާއީއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖްގައި، ބާބޫރާމް ބަޓަރާއީގެ ބޮޑުވަޒީރުކަމުގައި، ނޭޕާލަށް އިތުރު ތަރައްޤީއާއި ކުރިއެރުން ލިބިގެންދާނެކަމަށް ގަބޫލުފުޅު ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ސަރަޙައްދީ ކަންކަމުގައި ނޭޕާލްގެ ދައުރު އިތުރަށް ފުޅާ ވެގެންދާނެކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، ރާއްޖެއާއި ނޭޕާލާ ދެޤައުމުގެ ދެމެދުގައިވާ ރަޙްމަތްތެރި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.