ދިވެހިރާއްޖޭގެ ފުރަތަމަ ކޮންޓެމްޕޮރެރީ ޖޭޒް އަލްބަމް "ފެށުން" ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފިއެވެ. މިއަލްބަމް ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ ރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ހަފްލާއެއްގައެވެ.

"ފެށުން" މިއަލްބަމަކީ ރާއްޖޭގެ މިއުޒަޝަނެއް ކަމަށްވާ ޝަމީމް މުޙައްމަދު ޕްރޮޑިއުސްކޮށްފައިވާ އަލްބަމެކެވެ. އަދި މިއީ ޔުނިވަރސަލް މިއުޒިކް ގްރޫޕުން ކޮޕީރައިޓްސް ދީފައިވާ ފުރަތަމަ ދިވެހި އަލްބަމެވެ.

މިއަލްބަމްގައި މަސައްކަތްކުރެއްވި ހުރިހާ މިއުޒިޝަނުންނަކީވެސް މެލޭޝިޔާގެ އިންޓަނޭޝަނަލް ކޮލެޖް އޮފް މިއުޒިކްއިން ތަޢުލީމް ހާސިލްކުރައްވާފައިވާ ބޭފުޅުންނެވެ. މިއަލްބަމަށް ލަވަ ކިޔާދީފައިވަނީ ރާއްޖޭގެ ލަވަކިޔުންތެރިއެއް ކަމަށްވާ މަރިޔަމް ރިފްޤާ ރަޝީދެވެ.