ވަޒީރުންގެ މަޖިލީހުގެ މިއަދު ޖަލްސާގެ މަސައްކަތު ބައްދަލުވުން މިއަދު 11.30 ގައި ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި ފަށްޓަވައިފިއެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ވަޒީރުންގެ އިތުރުން، ބައެއް ސްޓޭޓް މިނިސްޓަރުންނާއި ނައިބުންވެސް ބައިވެރިވެވަޑައިގަންނަވައެވެ. އަދި ހުވަދުއަތޮޅު އުތުރުބުރިއާއި، ހުވަދުއަތޮޅު ދެކުނުބުރީގެ އަތޮޅު ކައުންސިލްތަކުގެ މެންބަރުންނާއި، ރަށްރަށުގެ ކައުންސިލުތަކުގެ ރައީސުންނާއި، ސަރަޙައްދުގެ ކޯޕަރޭޝަންތަކުގެ ޑިރެކްޓަރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ. މި ޖަލްސާ ހިނގަމުންދަނީ، ތިނަދޫ އާބާދީ މަރުކަޒުގައެވެ.

މިއަދު ހެނދުނުގެ މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވަމުން ގެންދަވަނީ، ތިނަދުއާއި މަތި ދެކުނު ސަރަޙައްދުގައި ހިންގަވަން ރާއްވަވާފައިވާ މަޝްރޫޢުތަކާ ބެހޭގޮތުންނެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ތިނަދޫއަށް ވަޑައިގަތީ މިއަދު 11 ޖަހާއެހާކަންހާއިރުއެވެ.