ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ކަމުގެ މަގާމަށް، އެ އޮފީހުގެ ފައިނޭންސް ސެކްރެޓެރީގެ މަގާމުގައި ހުންނެވި ގަލޮޅު ޕްލެޒެންޓްވޭވްސް އަޙްމަދު މަޢުޞޫމް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. ޗީފް އޮފް ސްޓާފް ކަމުގެ މަގާމަކީ، ވަޒީރުން ފެންވަރުގެ މަގާމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ބެއްލެވުމުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިންގެވުމުގެ އެންމެ އިސްބޭފުޅަކީ ޗީފް އޮފް ސްޓާފް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.