އާދަޔާ ޚިލާފު ބާރުމިނެއްގައި ޑެންގޫ ހުން ފެތުރެމުންދާތީ، މަދިރި ކޮންޓްރޯލް ކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ހިންގެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. އަދި މި ޕްރޮގްރާމް، އަންނަ ހަފްތާގައި އިފްތިތާޙް ކުރައްވައި، ދެމެހެއްޓެނިވި ގޮތެއްގައި މި ޕްރޮގްރާމް ހިންގެވުމަށްވެސް މިއަދު ނިންމެވިއެވެ. މި ޕްރޮގްރާމް އެކުލަވައިލެއްވުމަށްޓަކައި ވަޒީރުންގެ ކޮމިޓީއެއް މިއަދު ހޮއްވެވިއެވެ.