1. ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަމުގެ މަގާމު

 
ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަމުގެ މަގާމަށް ފާދިއްޕޮޅު ހިންނަވަރު ފަހަލަ އަލްއުސްތާޛު ޢަލީ ޝުޖާޢު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. ޢަލީ ޝުޖާޢު މިހާތަނަށް ހުންނެވީ، ޑެޕިއުޓީ ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްގެ މަގާމުގައެވެ.
 
2. މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރގެ މަގާމު
 
މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރ ކަމުގެ މަގާމަށް ގަލޮޅު ޕެންޒީމާގޭ ޢާއިޝަތު ޝާން ޝާކިރު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. ޢާއިޝަތު ޝާން ޝާކިރު މިހާތަނަށް ހުންނެވީ ސަޢޫދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރ ކަމުގެ މަގާމުގައެވެ.