1. މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ ނައިބުގެ މަގާމު

 
މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ ނައިބުގެ މަގާމަށް މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ސީޓުމާގޭ އާދަމް ސަޢީދު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. އާދަމް ސަޢީދު މިހާތަނަށް ހުންނެވީ، މަތިއުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީގެ މަގާމުގައެވެ.
 
2. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރސެކްރެޓަރީ ކަމުގެ މަގާމު
 
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ކަމުގެ މަގާމަށް ދަފްތަރު ނަންބަރު 1765 ފަޟީލަތުއްޝައިޚް މުޙަންމަދު ޤުބާދު އަބޫބަކުރު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
 
3. މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނައިބުގެ މަގާމު
 
މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނައިބުގެ މަގާމަށް މާފަންނު މިސުރުރުވާގޭ އާމިނަތު ހައިފާ ނަޢީމް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.