ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤު ކުރެއްވި [ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު] ގައިވާ ގޮތުގެ މަތިން، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ކަމަށް ގަލޮޅު ސަމަންތާ މުޙަންމަދު އަސްވާން، ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަން ކުރައްވައިފިއެވެ. މުޙަންމަދު އަސްވާން މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް ސްޓޭޓް، ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސް ކަމުގެ މަގާމުގައެވެ.