މޯލްޑިވްސް ކަސްޓަމްސް ސަރވިސް ހިނގަމުންދާނީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މިނިސްޓަރެއްގެ ބެއްލެވުމުގެ ދަށުން ކަމަށް، ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤު ކުރެއްވި [ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު] ގައި ބަޔާންކޮށްފައިވުމާއެކު، އެބޭފުޅަކީ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު އިނާޒް ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފިއެވެ.