1. މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނައިބުކަން
 
މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނައިބުގެ މަގާމަށް އައްޑުއަތޮޅު ފޭދޫ ނެސްޕްރޯވިލާ އަޙްމަދު އަދްހަމް، ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަން ކުރައްވައިފިއެވެ. އަޙްމަދު އަދްހަމް މިހާތަނަށް ހުންނެވީ، ދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީގެ މަގާމުގައެވެ. 
 
 2. މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ ނައިބުކަން
 
މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ ނައިބުގެ މަގާމަށް އައްޑުއަތޮޅު ހިތަދޫ ސީވިއު މުޙަންމަދު ނަޞީރު، ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަން ކުރައްވައިފިއެވެ.