1. ރައީސުލްޖުމްހޫރިއްޔާގެ ފޮރިން ޕޮލިސީ އެޑްވައިޒަރކަން
                   
ރައީސުލްޖުމްހޫރިއްޔާގެ ފޮރިން ޕޮލިސީ އެޑްވައިޒަރ ކަމުގެ މަގާމަށް މައްޗަންގޮޅީ ރޯޒްވިލާ ޑޮކްޓަރ އަޙްމަދު ޝަހީދު، ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަން ކުރައްވައިފިއެވެ.
 
 
 2. އެޓަރނީޖެނެރަލްގެ އޮފީހުގެ ސޮލިސިޓަރ ޖެނެރަލްކަން
 
އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސޮލިސިޓަރ ޖެނެރަލްގެ މަގާމަށް، މިނިސްޓަރ އޮފް ސްޓޭޓް ފެންވަރުގައި، ވ. ވިލިނގިލީ ނަޖުހިޔާ އަލްއުސްތާޛު އިބްރާހީމް ރިފްޢަތު، ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަން ކުރައްވައިފިއެވެ.
 
3. އެޓަރނީޖެނެރަލްގެ އޮފީހުގެ ޑެޕިއުޓީ ސޮލިސިޓަރ ޖެނެރަލްކަން
 

އެޓަރނީޖެނެރަލްގެ އޮފީހުގެ ޑެޕިޔުޓީ ސޮލިސިޓަރ ޖެނެރަލްގެ މަގާމަށް ގަލޮޅު ސައިމާ އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަން ކުރައްވައިފިއެވެ. ޢާއިޝަތު ބިޝާމް، މިމަގާމަށް ޢައްޔަން ކުރެއްވީ، މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ.