1. އިޓަލީއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަން
 
       އިޓަލީއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ހެންވޭރު އޯކިޑް އިރްތިޝާމް އާދަމް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
 
 
 2. ބްރަސަލްސްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ކައުންސެލަރކަން
 
       ބްރަސަލްސްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ކައުންސެލަރގެ މަގާމަށް، މިނިސްޓަރުގެ ނައިބު ފެންވަރުގައި، ހެންވޭރު ގްރީން، ސާރާ އެންޓޮނޭޓް މާހިރު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. އޭނާ މިހާތަނަށް ހުންނެވީ ބްރަސަލްސްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ކޮންސަލްގެ މަގާމުގައެވެ.