1. މިނިސްޓަރ އޮފް ފޮރިން އެފެއާޒް ކަމުގެ މަގާމު
 
    މިނިސްޓަރ އޮފް ފޮރިން އެފެއާޒް ކަމުގެ މަގާމަށް ހެންވޭރު ހިކިފިނިފެންމާގޭ އަޙްމަދު ނަސީމް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. އަޙްމަދު ނަސީމް މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ކަމުގެ މަގާމުގައެވެ.
 
2. އެޓަރނީ ޖެނެރަލް ކަމުގެ މަގާމު
 
އެޓަރނީ ޖެނެރަލް ކަމަށް މައްޗަންގޮޅީ ޑޯންޝައިން އަލްއުސްތާޛު ޢަބްދުﷲ މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. ޢަބްދުﷲ މުޢިއްޒު މިހާތަނަށް ހުންނެވީ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސޮލިސިޓަރ ޖެނެރަލް ކަމުގެ މަގާމުގައެވެ.