ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ 10,000 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫޢުގެ މަސައްކަތްތަކާބެހޭގޮތުން މާދަމާގެ ރޭޑިޔޯ ޚިޠާބުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވާހަކަފުޅު ދައްކަވާނެއެވެ. މިގޮތުން ހައުސިން ޔުނިޓު އެޅުމުގެ ޢަމަލީ މަސައްކަތްތައް މިހާރު ހިނގަމުންދާގޮތުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލައްވާނެއެވެ.

މިދިޔަ ހުކުރު ދުވަހު ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާއި، އަދި އެ ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީއާ ގުޅިގެން އެތައް ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، ޖަޕާނު ރައްޔިތުންނަށް މި ލިބުނު ފުން ހިތާމައިގައި ބައިވެރިވެ ޖަޕާނަށް އެހީވުމުގެ ގޮތުން "ޖަޕާނާއެކު ދިވެހިން" މި ޝިޢާރުގެ ދަށުން މާދަމާ ފަށާ ހަރަކާތުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި ބައްލަވާލައްވާނެއެވެ.