ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 71 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ޤައުމީ އިދާރާތަކުން ދޭ ޚިދްމަތްތައް އިދާރީ ދާއިރާތަކުގައި ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށްޓަކައި، 2011 ފެބްރުއަރީ 28 ވަނަ ދުވަހު އުފައްދަވާފައިވާ ޤައުމީ އިދާރާތަކާއި، އެ އިދާރާތަކުގެ ދަށުން ހިނގަމުންދާ ޔުނިޓުތަކުގެ ނަންތައް އިނގިރޭސި ބަހުން ބޭނުންކުރައްވާނީ ތިރީގައިމިވާ ގޮތަށް ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
 
ޤައުމީ އިދާރާތަކާއި ޤައުމީ އިދާރާތަކުގެ ޔުނިޓްތަކުގެ ނަންތައް އިނގިރޭސިބަހުން ބޭނުންކުރާނެގޮތް
ޤައުމީ އިދާރާތަކާއި ޤައުމީ އިދާރާތަކުގެ ޔުނިޓްތަކުގެ ދިވެހިނަންތައް
National Office, Upper North Region
މަތި އުތުރުސަރަޙައްދުގެ ޤައުމީ އިދާރާ
 
National Office, Upper North Region - North Thiladhunmathi Unit
މަތި އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ ތިލަދުންމަތީ އުތުރުބުރީ ޔުނިޓް
 
 
National Office, Upper North Region - North Miladhunmadulu Unit
މަތި އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ މިލަދުންމަޑުލު އުތުރުބުރީ ޔުނިޓް
 
National Office, North Region
 އުތުރުސަރަޙައްދުގެ ޤައުމީ އިދާރާ
 
National Office, North Region - South Miladhunmadulu Unit
އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ މިލަދުންމަޑުލު ދެކުނުބުރީ ޔުނިޓް
 
 
National Office, North Region - North Maalhosmadulu Unit
އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ މާޅޮސްމަޑުލު އުތުރުބުރީ ޔުނިޓް
 
 
National Office, North Region - South Maalhosmadulu Unit
އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ މާޅޮސްމަޑުލު ދެކުނުބުރީ ޔުނިޓް
 
 
National Office, North Region - Faadhippolhu Unit
އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ ފާދިއްޕޮޅު ޔުނިޓް
 
National Office, North Central Region
މެދު އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާ
 
National Office, North Central Region - North Ariatholhu Unit
މެދު އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ އަރިއަތޮޅު އުތުރުބުރީ ޔުނިޓް
 
 
National Office, North Central Region - South Ariatholhu Unit
މެދު އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ އަރިއަތޮޅު ދެކުނުބުރީ ޔުނިޓް
 
 
National Office, North Central Region - Felidheatholhu Unit
މެދު އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ ފެލިދެއަތޮޅު ޔުނިޓް
 
National Office, Central Region
 މެދުސަރަޙައްދުގެ ޤައުމީ އިދާރާ
 
National Office, Central Region - Mulakatholhu Unit
މެދު ސަރަޙައްދުގެ ޤައުމީ އިދާރާގެ މުލަކަތޮޅު ޔުނިޓް
 
 
National Office, Central Region - North Nilandheatholhu Unit
މެދު ސަރަޙައްދުގެ ޤައުމީ އިދާރާގެ ނިލަންދެއަތޮޅު އުތުރުބުރީ ޔުނިޓް
 
National Office, South Central Region
 މެދުދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާ
 
National Office, South Central Region - Kolhumadulu Unit
މެދު ދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާގެ ކޮޅުމަޑުލު ޔުނިޓް
 
 
National Office, South Central Region - Hadhdhunmathi Unit
މެދު ދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާގެ ހައްދުންމަތީ ޔުނިޓް
 
National Office, Upper South Region
މަތި ދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާ
 
National Office, Upper South Region - North Huvadhuatholhu Unit
މަތި ދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާގެ ހުވަދުއަތޮޅު އުތުރުބުރީ ޔުނިޓް
 
National Office, South Region
 ދެކުނުސަރަޙައްދުގެ ޤައުމީ އިދާރާ
 
National Office, South Region - Fuvammulah Unit
ދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާގެ ފުވައްމުލަކު ޔުނިޓް