މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް ކަމުގެ މަގާމަށް ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ބޮޑުގޭ ފާރޫޤު މުޙަންމަދު ޙަސަނާއި، މާފަންނު ވެލިދޫގެ މުޙަންމަދު ނަޢީމް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.

 
ފާރޫޤް މުޙަންމަދު ޙަސަން މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް ސްޓޭޓް، މެދު ޕްރޮވިންސްގެ މަގާމުގައެވެ. މުޙަންމަދު ނަޢީމް މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް ސްޓޭޓް، މެދު އުތުރު ޕްރޮވިންސްގެ މަގާމުގައެވެ.