1. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ފެމިލީ ކަމުގެ މަގާމު

 
       މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ފެމިލީ ކަމުގެ މަގާމަށް މާފަންނު ބަނަފްސާވިލާ އިބްރާހީމް ވަޙީދު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. އިބްރާހީމް ވަޙީދު މިހާތަނަށް ހުންނެވީ، އެންސްޕާގެ ޗެއަރމަން ކަމުގެ މަގާމުގައެވެ.
 
2. މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް ކަމުގެ މަގާމު
 
       މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް ކަމުގެ މަގާމަށް މާފަންނު ގުޑްނެސް އަޙްމަދު ޢިނާޒު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.  އަޙްމަދު ޢިނާޒު މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނައިބު ކަމުގެ މަގާމުގައެވެ.
 
3. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް ކަމުގެ މަގާމު
 
       މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް ކަމުގެ މަގާމަށް މައްޗަންގޮޅީ ދޭދަރުގޭ މުޙަންމަދު ފިރާޤު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. މުޙަންމަދު ފިރާޤު މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނައިބު ކަމުގެ މަގާމުގައެވެ.