1. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ރަޖިސްޓްރާރ ޖެނެރަލް އޮފް ޝިޕިންގ ކަމުގެ މަގާމު

 
       މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ރެޖިސްޓްރާރ ޖެނެރަލް އޮފް ޝިޕިންގ ކަމުގެ މަގާމަށް ހއ. ދިއްދޫ ޖަރީމާގޭ އާދަމް ނަޞީރު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. އާދަމް ނަޞީރު މިހާތަނަށް ހުންނެވީ، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ސްޓޭޓް މިނިސްޓަރުގެ ނައިބު ކަމުގެ މަގާމުގައެވެ.
 
2. އަލްމަމްލަކަތުލް ޢަރަބިއްޔަތުއްސުޢޫދިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރ ކަމުގެ މަގާމު
 
       އަލްމަމްލަކަތުލް ޢަރަބިއްޔަތުއްސުޢޫދިއްޔާގައިހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރ ކަމުގެ މަގާމަށް ގަލޮޅު ޕެންޒީމާގޭ ޢާއިޝަތު ޝާން ޝާކިރު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
 
3. ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރ ކަމުގެ މަގާމު
 
       ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރ ކަމުގެ މަގާމަށް ގަލޮޅު ދަނބުކޮކާ އަޙްމަދު ޢާދިލް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
 
4. ބްރަސަލްސްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ކޮންސަލްގެ މަގާމު
 
   ބްރަސަލްސްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ކޮންސަލްގެ މަގާމަށް ހެންވޭރު ގްރީން، ސާރާ އެންޓޮނޭޓް މާހިރު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
މި 4 ބޭފުޅުންވެސް މިމަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާފައިވަނީ، މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ.