"ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ" ގެ ޗާންސެލަރ ކަމުގެ މަގާމަށް އައްޑުއަތޮޅު ހިތަދޫ ބަހާރުގޭ ޑޮކްޓަރ މުޞްޠަފާ ލުޠުފީ، 2011 ފެބްރުއަރީ 15 ވަނަ ދުވަހުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމަކީ، ވަޒީރުން ފެންވަރުގެ މަގާމެއް ކަމުގައި ދަންނަވަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.