ޤާނޫނު ނަންބަރު 2011/3 (ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނު)ގެ 2 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާގޮތުގެ މަތީން، 2011 ފެބްރުއަރީ 15 ވަނަ ދުވަހު "ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ"ގެ ނަމުގައި ދިވެހި ދައުލަތުގެ ޔުނިވަރސިޓީއެއް ޤާއިމު ކުރައްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިޔުނިވަރސިޓީގެ މަޤްޞަދަކީ، ދިވެހިރާއްޖެ ފުރިހަމަ މިނިވަން އިސްލާމީ ޤައުމެއްގެ ގޮތުގައި އަބަދަށް ދަމަހައްޓަން ބޭނުންވާ، އަދި ޤައުމުގެ ޘަޤާފީ، އިޖްތިމާޢީ، އިޤްތިޞާދީ ތަރައްޤީއަށާއި، ފަރުދުންގެ ކުރިއެރުމަށް ބޭނުންވާ ޢިލްމާއި ހުނަރު އުފައްދައި، ހޯދައި، ރައްކާތެރިކޮށް، ފެތުރުން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުންގެންދަވާނީ، ޔުނިވަރސިޓީ ޤާއިމްވުމާ ހަމައަށް މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަނަށް ހަމަޖައްސަވާފައިވާ ނަންބަރު، 153 ކަމުގައި ދަންނަވަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.