ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.  

 

 އެއްދުވަހުގެ މިދަތުރުފުޅުގައި، މާޅޮސްމަޑުލު ދެކުނުބުރީގެ ތިންރަށަކަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާގޮތަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ފުރަތަމަ ވަޑައިގަންނަވާނީ، އެއަތޮޅު ކެންދޫއަށެވެ.