بســم اللّـه الرّحمـن الرّحيــم


އާދެ! 350 ކެމްޕެއިނުގެ މަސައްކަތް އަޅުގަނޑުމެން ވާނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ރާއްޖޭގައި ފަށާފައި. މިމަސައްކަތަކީ މީ ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކެއްގައި މިހާރު ކުރެވެމުންދާ ކަމެއް. އާދެ! މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކުރިއަށް މިއޮތް ހަފްތާތަކުގެ ތެރޭގައި ވަރަށް އަވަދިނެތި ދުނިޔޭގެ އެތައް މިތާނގައި މިދަނީ މަސައްކަތް ކުރެވެމުން. އެހެންވީމާ މޫސުމަށް ލިބޭ ގެއްލުންތަކާ ދެކޮޅަށް އަދި މޫސުމަށް ގެންނަންޖެހޭ ބަދަލުތަކާ އެކަންކަމަށް ގެންނަންޖެހޭ އިޞްލާޙުތަކަށްޓަކައި އަޅުގަނޑުމެން މުޅި ދުނިޔޭގެ 350 ކެމްޕެއިނުގެ އެހެން މީހުންނެކޭ އެއްގޮތަށް އެމީހުންނާ އެއްބާރުލުމާއެކީގައި ސީދާ ޙަރަކާތެއްގެ ގޮތުން އަޅުގަނޑުމެން މިރޭ މިފަށްޓަނީ 24 ގަޑިއިރުގެ ޑައިވް ކުރުމުގެ ޕްރޮގްރާމެއް. އެހެންވީމާ، އެޕްރޮގްރާމްގައި ދެން މޯލްޑިވްސް ޑައިވަރސް އެސޯސިއޭޝަންގެ ފަރާތުން އިސްނަންގަވައިގެން މިކަން ރާއްވަވައިގެން މިކަން ކުރިއަށްގެންދަވަނީ. އެހެންވީމާ، އެބޭފުޅުންނަށް އަޅުގަނޑު ވަރަށް އުފަލާއެކީގައި މަރްޙަބާ ދަންނަވަން. އަދި ހަމައެހެންމެ، އަޅުގަނޑުގެ އުންމީދަކީ ހަމަ އެބޭފުޅުންނާއެކީގައި މިޕްރޮގްރާމްގައި ކުރިއަށްއޮތް 24 ގަޑިއިރުގެ ތެރޭގައި ވީހާވެސް ގިނަ އަދަދެއްގެ ބޭފުޅުން މިޑައިވްގައި ބައިވެރިވެވަޑައިގެން ދެއްވުން. އާދެ! ހުރިހާ ބޭފުޅުންނަށްވެސް ގުޑްލަކް. ތެންކް ޔޫ.

_________________