بســم اللّـه الرّحمـن الرّحيــم

ޢަލީ ހާޝިމާއި ޑޮކްޓަރ ޝަހީދު އަދި ވާރލްޑް ބޭންކުގެ ފަރާތުން ނައަކޯއާއި، ޔޫ.އެން.ސިސްޓަމްސްގެ ފަރާތުން އަޅުގަނޑުމެން ތިޔަބޭފުޅުންނާ މިއަދު މިބައްދަލުކޮށްލީ، ނިމިމިދިޔަ ޑޯނަރސް ކޮންފަރެންސާ ގުޅޭގޮތުން ތިޔަބޭފުޅުން އިތުރަށް ސާފުކުރައްވަން ހުރި މަޢްލޫމާތެއް އޮތްނަމަ، އެ މަޢްލޫމާތެއް ސާފުކޮށްދިނުމަށް. އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، މިހާރު ކޮންފަރެންސަށް މުޅި ޖުމްލަ ވަޑައިގެންނެވީ 180 ބޭފުޅުން. އޭގެތެރޭގައި، ރާއްޖެއިން ބޭރުން ވަޑައިގެންނެވީ 102 ބޭފުޅުން.

ދެންމެ އެނގިވަޑައިގަންނަވާނެ، ޑޮކްޓަރ ވަޙީދު އަޅުގަނޑުމެންނަށް ތިން އަހަރު ދުވަހުގެ ތެރޭގައި ލިބޭނެ ކަމަށް މިހާރު އަންދާޒާ ކުރާވަރު އެ ވިދާޅުވީ. އެއީ، 313 މިލިއަން އެމެރިކާ ޑޮލަރު. އޭގެ ތެރއިން އަޅުގަނޑުމެން މިދެކެނީ މިއަހަރުގެ ތެރޭގައި 110 އެމެރިކާ ޑޮލަރު ދިވެހި ސަރުކާރަށް ލިބޭނެ ކަމަށް. އަޅުގަނޑުމެން ދެކެނީ، މިއީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ލިބުނު ވަރަށްބޮޑު ރޯއްޖެކޭ. އަދި އަޅުގަނޑުމެންނަށް މިފައިސާއާއި މިއެހީތެރިކަން ބޭނުންކޮށްގެން، އަޅުގަނޑުމެންގެ ރާއްޖޭގެ ތަރައްޤީއާއި، އަޅުގަނޑުމެންގެ ކަންކަން ކުރިއަށް ގެންދިއުމުގައި މިހާރަށްވުރެ މާ ރަނގަޅަށް މާބޮޑަށް މަސައްކަތް ކުރެވިގެންދާނެކަން އެއީ، އެއްވެސް ޙާލެއްގައި އަޅުގަނޑުމެން މިހާރު ޝައްކު ކުރާ ކަމެއް ނޫން. އަޅުގަނޑު ތިޔަބޭފުޅުންގެ ސުވާލަށް ފުރްޞަތު އެރުވުމުގެ ކުރީގައި ޑޮކްޓަރ ވަޙީދު އެއްޗެއް ވިދާޅުވުމަށް އަރުވާނަން.

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު:

السّـلام عليـكم

އާދެ! މި ޑޯނަރ ކޮންފަރެންސް އިއްޔެއާއި މިއަދު ބޭއްވިގެން މިދިޔައީ. ދެންމެ ތިޔަ އިވިވަޑައިގެންނެވި ފަދައިން، ވަރަށްގިނަ ޢަދަދެއްގެ ބޭރުގެ މެހްމާނުން މިތަނަށް ވަޑައިގެން، މީގައި ބައިވެރިވެވަޑައިގަންނަވާފައި. އާދެ! މިކޮންފަރެންސްގެ ހަމައެކަނި ބޭނުމަކީ އަޅުގަނޑުމެން ފައިސާ ހޯދުމެއްވެސް ނޫން. އަޅުގަނޑުމެންނަށް ޒަމާނުއްސުރެ އެހީވެދެއްވަމުން އަންނަ އެތަކެއް ޤައުމުތައް، އެތަކެއް ޖަމާޢަތްތައް އަޅުގަނޑުމެންނާ އެކީގައި މިދެދުވަސް މިތާނގައި މިހޭދަކުރީ. އެމީހުންނަކީ މީގެކުރިންވެސް ރާއްޖެއަށް އެހީވެދެމުން އަންނަ މީހުން. އަދި މުސްތަޤްބަލުގައިވެސް ކުރިއަށްވުރެ މާބޮޑަށް އެހީވެދޭނެކަމުގެ ޔަޤީންކަން އަޅުގަނޑުމެންނަށް މިހާރު ދެއްވާފައި، އެބޭފުޅުން އެވަޑައިގަތީ. އެހެންވީމާ، އަޅުގަނޑުމެންނަށް އެ އެހީ ދެއްވުމުގެ އިތުރުން، އަދި އަޅުގަނޑުމެންގެ ތަރައްޤީގެ ކަންތައް ކުރިއަށް ގެންދިޔުމުގައި އެބޭފުޅުންގެ ޚިޔާލުފުޅު ދެއްވިކަންވެސް އެއީ، އަޅުގަނޑުމެން ވަރަށް ކުލަގަދަކޮށް ފާހަގަކުރާ ކަމެއް.

އާދެ! އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި މި ޑޯނަރ ކޮންފަރެންސަކީ މިއީ އަޅުގަނޑުމެން ހީކުރިވަރަށް ކާމިޔާބުވެގެންދިޔަ ޑޯނަރ ކޮންފަރެންސެކޭ އަޅުގަނޑަށް ދެންނެވޭނެ.

ޢަލީ ނާޞިޙް – ޓީ.ވީ.އެމް:

މިހާރު މި ލިބުނު އެހީއާ އެއްކޮށް މި ސަރުކާރުން ވެފައިވާ ވަޢުދު، 5 އަހަރުގެ ތެރޭގައި ބަރާބަރަށް ފުއްދޭނެ ކަމުގެ ކިހާ ޔަޤީންކަމެއް އެބައޮތްތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ހަމަ އަޅުގަނޑުމެންނަށް އަބަދުވެސް އަޅުގަނޑުމެން ފުރަތަމަ މި ސަރުކާރުން ވަޢުދުތައްވީވެސް ވަރަށް ބޮޑަށް ވިސްނާފައި، ބަލާފައި. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ މެނިފެސްޓޯ އެކުލަވައިލުމުގެ ކުރީގައި، އޭގެ ދެއަހަރު ކުރީގައި، ޚާއްޞަކޮށް، 2006 ވަނަ އަހަރުގެ ފަހުކޮޅުގަޔާއި އަދި 2007 ވަނަ އަހަރުގައި އަޅުގަނޑުމެން ވަރަށްގިނަ މަސައްކަތްތަކެއް ހިންގިން. ކޮބައިތޯ ރާއްޖެއަށް ދިމާވެފައި ހުރި މައްސަލަތަކަކީ؟ އެމައްސަލަތަކުން އަޅުގަނޑުމެންނަށް އަރައިގަނެވެން އޮތް ގޮތަކީ ކޮބައިތޯ؟ އަޅުގަނޑުމެން އެ ވިސްނުންތަކާއި، އޭރުގައި އަޅުގަނޑުމެން ހޯދި ހޯދުންތަކާއި ކުރި މަސައްކަތްތަކުގެ އަލީގައި އަޅުގަނޑުމެންގެ ވަޢުދުތައް އަޅުގަނޑުމެންވީ. ދެން އެ ވަޢުދުތައް ފުއްދުމަށްޓަކައި މަސައްކަތް ކުރުމަށް އަޅުގަނޑުމެން ނުކުތީ. އަޅުގަނޑަށް ވަރަށްބޮޑު ޔަޤީން ކަމެއް އެބައޮތް، ސަރުކާރަށް ވަރަށްބޮޑު ޔަޤީންކަމެއް އެބައޮތް، އަޅުގަނޑުމެންނަށް މިހާރު މި ލިބިފައިވާ އެހީތެރިކަމާ އެކީގައި އަޅުގަނޑުމެން ރައްޔިތުންނަށް ވެފައިމިވާ ވަޢުދުތައް، އަޅުގަނޑުމެން ރައްޔިތުންނަށް ވެފައިމިވާ ގޮތަށް އިރާދަކުރެއްވިއްޔާ ފުރިހަމައަށް ކޮށްދެވޭނެ.

ޒިހުނަތު ޙަސަން – ޓީ.ވީ.އެމް:

ކޮންމެގޮތެއްވިޔަސް މިހާރު މިއޮތީ އެހީތައް އެންމެ އެކަށީގެންވާ މިންވަރަކަށް ލިބިފައޭ ދެންމެއަކު މަޢްލޫމާތު ލިބިފައި މިވަނީ. ދެން އަޅުގަނޑުގެ ސުވާލަކީ މައިގަނޑު 5 ދާއިރާއަކަށް އަމާޒުކޮށްގެން، ހުށަހަޅައިގެން މި އެހީތައް މިލިބުނީ. ސަރުކާރުން ހަމަ އެދާއިރާތަކަށްތޯއޭ ފައިސާ ޚަރަދުކުރާނީ؟ އަޅުގަނޑު މިހެން މިދެންނެވީ ކުރީ ސަރުކާރުގައި ބައެއް ޕްރޮޖެކްޓްތައް އެގޮތަށް ހުށަހަޅާފައި، އެޕްރޮޖެކްޓް ހުށަހަޅާފައި އެހެން ޕްރޮޖެކްޓްތަކަށް ޚަރަދުކޮށްފައި ހުރި ކަމަށްވެސް ތުހުމަތުގެ އިނގިލި ދިއްކޮށްފައިވޭ. އެހެންވެއްޖިއްޔާ މި ޕްރޮޖެކްޓްތަކަށްތޯ؟ ހެޔޮގޮތުގައިތޯ މިއެހީތައް ބޭނުންކުރާނީ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑުމެން ރާއްޖޭގައި ޤާނޫނުއަސާސީއަށް ގެނެވުނު ބަދަލާއި އަދި މިހާރު ދެފުށް ފެންނަ ގޮތަށް ކަންކަން ކުރާން ޤާނޫނީ އޮނިގަނޑު އަތުރާލެވިފައިމިވާ ގޮތާއި އަދި ހަމަ އެއާއެކީގައި އެނގިވަޑައިގަންނަވާނެ، މިދިޔަ އަހަރަކާއި ހަތަރު ފަސްމަސް ދުވަހުގެ ތެރޭގައި، މި ސަރުކާރު ޢަމަލު ކުރަމުން މިދިޔައީ، ފޮރުވުމެއްނެތި އަޅުގަނޑުމެން ވަރަށް ސާފުގޮތުގައި އަޅުގަނޑުމެންނަށް ކުރެވޭ ހުރިހާ ކަމެއް ތިޔަބޭފުޅުންނަށް ހާމަކުރަމުން. މިހާރު ބައެއް ފަރާތްތަކުން ސަރުކާރަށް އެހީތެރިވެދިނުމަށް ތައްޔާރު އެވަނީ ސީދާ ޕްރޮޖެކްޓްތަކަށްޓަކައި. އަނެއްބައި ފަހަރުފަހަރު ހަމަ ބަޖެޓަށް ފައިސާ ދެއްވީމާ، ސަރުކާރުން ބޭނުންވާ ގޮތަކަށް އެކަން ކުރިއަށް ގެންދިޔުން. ޕްރޮޖެކްޓްތައް ސަރުކާރުން ކަނޑައަޅައި ނިންމާފައިމިވަނީ، ހަމަ ކުރިންވެސް އަޅުގަނޑު ދެންނެވިހެން އެންމެ ބޭނުމީ ކޮންތަނަކަށް ކޮންކަމެއްތޯ ވަރަށް ބޮޑަށް ބެލުމަށްފަހުގައި. ކަނޑައެޅިފައި ހުރި ޕްރޮޖެކްޓްތައް އެގޮތަށް ގެންދިއުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ. އެހެންނަމަވެސް، ކަމެއް ހިނގަމުންދާއިރުގައި ނުވަތަ ހިންގަން އުޅޭ އުޅުމުގައި ދިމާވާ ކަންތައްތަކެއްގެ ސަބަބުން ޕްރޮޖެކްޓެއް ބަދަލުކުރަން ޖެހިއްޖިއްޔާ ސަރުކާރުން އެއެއް ބަދަލުކުރާނެ. ދެން އަޅުގަނޑު އުންމީދު ކުރަން، ސަރުކާރާ އެކުގައި މިފައިސާ ޚަރަދު ކުރުމުގައި ރައްޔިތުންގެ އެހީތެރިކަމާއި އަދި ރައްޔިތުންގެ މަޖިލީހުގެވެސް އެހީތެރިކަން ރައްޔިތުންނަށް ލިބުނީމާ، ރައްޔިތުންނަށް މިކަމުގެ ފުރިހަމަ ފައިދާ ލިބިގެންދާނީ.

ލުބްނާ ޙުސައިން – ސަން.އެފް.އެމް:

އަޅުގަނޑުގެ ދެސުވާލު އެބައޮތް. ފުރަތަމަ އަޅުގަނޑު ދިވެހިން ސުވާލު ކޮށްލާނަން. އަޅުގަނޑުގެ ސުވާލަކީ 313 މިލިއަން އެމެރިކާ ޑޮލަރުގެ ވާހަކަ ވިދާޅުވެއްޖެ. މިއީ، ގްރާންޓްތޯ ނުވަތަ ހިލޭ އެހީތޯ؟ މިދެންނެވީ ލޯނުގެ ގޮތުގައިތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

މީގައި އެބައުޅޭ ގްރާންޓާ. މީގައި އެބައުޅޭ ލޯނާ. ދެން ލޯނުގެ ގޮތުގައި ހުރި ފައިސާއަކީވެސް އެއީ، ވަރަށް ހެޔޮގޮތުގައި ލިބޭ ލޯނު. އެއީ ޑިވެލޮޕްމަންޓް ލޯނުގެ ގޮތުގައި ލިބޭ ވަރަށް ކުޑަ އިންޓްރެސްޓަކާއި އަދި ވަރަށް ދިގު މުއްދަތުގައި ދައްކަންޖެހޭ ލޯނު. އެހެންވީމާ، މީގެތެރޭގައި ދެބާވަތްވެސް އެބައުޅޭ. އަޅުގަނޑަށް ކުއްލިއަކަށް އެ ވަކިކޮށް، ގްރާންޓްގެ ގޮތުގައި ކިހާވަރެއްތޯ އެހެން އަދި ސާފުކޮށްލެވޭކަށެއް ނެތް.

Lubna – SunFm

My second question is to Ms Naoko Ishii. When we look at the history, there is allegations that when money or aid is given to the government there isn’t really a good monitoring of how the money is used. Even from this conference, a lot of aid and money is given to the government to carryout certain projects and certain pledges. So I would like to know, does the donors have the guarantee that there will be effective monitoring when the money is given or whether perfect use of this money will be…

Ms Naoko Ishii – World Bank Country Director:

Thank you very much for your excellent question. You may have noticed that today for the last two days there are five thematic systems plus monitoring and evaluation system which is quite unusual in this type of development forum. This actually shows how serious we are, how both the government and donors take this issue serious, how seriously we take this issue. I will not say everything is perfect but there is a very clear recognition and effort going to that area. How we can both – the government side as well as the donors side – are able to, willing to monitor what’s going on.

I think that that’s the first thing I want to say. The second thing I would like to say is that during the last two days there are a lot of discussions about how to improve aid effectiveness. On that issue, the donors are quite happy that the government very clearly recognizes those issues and actually come up with some clear explanation about what is the correct mechanism, what is the weakness if there is a weakness, and then how to go forward so that the donors can actually get the kind of assurance from government so that made us actually confident that the money will be very well used.

ޢަބްދުއްލަޠީފް އާދަމް – މިއަދު ނޫސް:

އަޅުގަނޑުވެސް ދެސުވާލެއް ކޮށްލަންކަމަށް އިނގޭތޯ. އެންމެ ފުރަތަމަ ސުވާލަކީ އަޅުގަނޑަށް ބައެއް ބޭފުޅުންނާ ބައްދަލުވެގެން، މިތަނަށް ވަޑައިގެންނެވި މަންދޫބުންނާ ބައްދަލުވެގެން ދެކެވުނު ވާހަކަތަކުން އެބޭފުޅުން ވަރަށް އެބަ ވިދާޅުވޭ، ތިމަންނަމެން މިފަހަރު މިހާބޮޑު ޝައުޤުވެރިކަމެއްދީގެން، ތިމަންނަމެންނަށް މިވަގުތަށް ވާންހުރި ވަރަށްވުރެ ބޮޑަށްވެސް މިކުރީއޭ. އެހީ މިދިނީއޭ. އަދި އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އަދި އިތުރަށްވެސް މި އެހީ ދިނުމަށް މަސައްކަތް ކުރާނަމޭ. މިކަމުގައި ތިމަންނަމެން އެންމެ ބޮޑަށް ފާހަގަކުރާ އެއްކަމަކީ ކަލޭމެންގެ ރައީސް ކޯޕަންހޭގަން ސަމިޓުގައި ކުރެއްވި މަސައްކަތްތަކޭ މިދުނިޔެއަށްޓަކައި. އެހެންވީމާ، އެ ނަން މަނިކުފާނަށް ލިބިވަޑައިގެންނެވިއިރުގައި، މިއަހަރުގައި އޮތް ސަމިޓާ ދޭތެރޭގައި މަނިކުފާނު ކޮންގޮތަކަށްތޯ ވިސްނާވަޑައިގަންނަވަނީ. ވާހަކައަކީ ކޯޕަންހޭގަން ސަމިޓެއްގެ ވާހަކަ ދެއްކެވި ނަމަވެސް، އޭގެ ސަބަބުން ލާރި ވަންނަ ކަމަށްވަންޏާ، މި ސަމިޓާ މި މައުޟޫޢާ ގުޅޭހެން ހީވާތީ އަޅުގަނޑު މިސުވާލު މިގޮތަށް މިކޮށްލީ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އާދެ! އަޅުގަނޑު ރާއްޖެއިން ބޭރަށް ދަތުރުކުރަނީ، ދިވެހިރާއްޖެއަށް އެއިން ފައިދާއެއް ލިބޭނޭ މަގުތައް ހޯދަން. ދެން އަޅުގަނޑު އަބަދުވެސް ދަންނަވަމުން އައިން، ކަމެއް ކުރާންވީމާ، ބައެއްފަހަރަށް ކުރާންޖެހެނީ ސީދާ އެކަމެއް ނޫނޭ. އޭގެ ކައިރީގައި ހުރި އެހެން ކަމެއް ކުރަމުން ކުރަމުން އައިސް ބޭނުންވާ ކަންތައް ވާގޮތް އެއީއޭ ބުއްދިވެރި ގޮތުގައި ކަމެއް ކުރުމަކީ. އަޅުގަނޑު އެ ހިތުގެ އަޑިން ގަބޫލުކޮށްގެން ހުންނަނީ. ކޯޕަންހޭގަން ސަމިޓުގައިވެސް އަޅުގަނޑުމެންނަށް އެނގުނު، ދިވެހިރާއްޖެއަކީ ކޮބައިކަން. އަދި ދިވެހިރާއްޖެ ބޭރު ދުނިޔެއަށް ތަމްސީލުވާން އެންމެ ރަނގަޅު ގޮތަކީ، އެންމެ ރަނގަޅު މައުޟޫޢަކީ ކޮބައިކަން ރަނގަޅަށް ސާފުކޮށް، ސާދާކޮށް މުޅި ދުނިޔެއަށް އަންގާދެވިއްޖިއްޔާ، އޭގެ ސަބަބުން ރާއްޖެއަށް ފައިދާވާނެކަން. އަޅުގަނޑު އަދި ހަމަ މިއަންނަ މަހުވެސް އެބައޮތް ޗައިނާއަށްވެސް ދަތުރެއް ކުރަން. އަދި މިކަން މިހެން ދިމާވި ވަރަކަށް އިތުރަށް ދަތުރު ކުރަން އެބަޖެހޭ. އަޅުގަނޑެއް ނޭދެން، އެހާވަރަށް ދަތުރުކުރާކަށް. އެހެންނަމަވެސް، ކުރަންޖެހޭ ކަމެއް، ރާއްޖޭގެ ތަރައްޤީއަށްޓަކައި އަޅުގަނޑުމެންގެ ރައްޔިތުންގެ ކުރިއެރުމަށްޓަކައި، އަޅުގަނޑަށް އެވަގުތު ކުރަންޖެހުނު ކަމެއް އަޅުގަނޑު އެވަގުތަކު ކުރަމުން ގެންދާނަން. މެކްސިކޯއަށް ދިޔުމާއި ނުދިޔުމުގައިވެސް އަޅުގަނޑުމެން ހަމަ ވަރަށް ފުންކޮށް ވިސްނާނަން. މީގައި އަޅުގަނޑުމެން މިބަލާން މިޖެހޭ އެއްޗަކީ، އެހާގިނަދުވަހު ރާއްޖެއިން ބޭރުގައި އުޅުމާއި، އަދި އެއާ ގުޅިގެން އުފެދޭ ޚަރަދުތަކާ. ދެން ޚަރަދަކަށް އަޅުގަނޑުމެން އެހާ ބޮޑަކަށް މިކަމުގައި ބަލާކަށް އަޅުގަނޑަކަށެއް ނުވިސްނޭ. ދެން އެހެން ނޫން އިސްރާފު ނުކުރުމަށް އަޅުގަނޑުމެން ވަރަށްބޮޑަށް ބަލަންޖެހޭ. ދަތުރެއް ކުރާއިރުގައިވެސް ކޮންމެހެން އެންމެ މުއްސަނދިކޮށް، އަޅުގަނޑުމެން އެކަމެއް ކުރާކަށެއް ނުޖެހޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑުމެންނަށް ކުރެވެންހުރި ދަތުރުތައް އަޅުގަނޑުމެން ކުރާނަން.

ޢަބްދުއްލަޠީފް އާދަމް – މިއަދު ނޫސް:

އަޅުގަނޑުގެ ދެވަނަ ސުވާލަކީ، އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުން ވެއްޖިއްޔާ، އެންމެބޮޑު އިދިކޮޅު ޕާޓީ ޑީ.އާރު.ޕީ.ގެ ލީޑަރ އަޙްމަދު ތަސްމީން ޢަލީއަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މިކޮންފަރެންސްގައި ބައިވެރިވުމަށް ދަޢުވަތު ދެއްވި. އެހެންވީމާ، އެބޭފުޅުންނަށް ވަޑައިގެން، އަދި މަޖިލީހުގެ ރައީސް ވާހަކަފުޅު ނުދެއްކެވިނަމަވެސް، ޑީ.އާރު.ޕީ އިން ދައްކަން ބޭނުންވި ހުރިހާ ވާހަކައެއް ދައްކައި، ސަރުކާރަށް ފާޑުކިޔާ ހެދުމުގެ ފުރްޞަތު ލިބުނު. އަދި އަޅުގަނޑު ދެކޭގޮތުގައި އެގޮތަށް އެފުރްޞަތުގެ ބޭނުންކުރިނަމަ، މިޤައުމުގައި އޮތް ވެރިކަމުގެ ޓްރާންސްޕޭރަންސީ ނުވަތަ ދެފުށް ދެގޮތްކަން ހާމަކޮށްދިނުމުގެ ސިޔާސަތުގެ ހަރުދަނާކަން އެނގި، ލިބޭ އެހީވެސް އިތުރުވެގެންދާނެ. އެހެން ނަމަވެސް، މިކަންކަން އޮއްވައި، މިފުރްޞަތުގެ އެއްވެސް ބޭނުމެއް ނުކުރައްވައި، ދެބޭފުޅުންވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސް، އަޙްމަދު ތަސްމީން ޢަލީވެސް އެއް ޓެކްސްޓެއް ލިޔުއްވާފައި މިތަނަށް އެސް.އެމް.އެސް. ކުރެއްވި ކަމަށްވަނީ، އެބޭފުޅުންނަށް ވަޑައިގެންނެވެން ނެތްކަމަށް. އެހެންނަމަވެސް، އެންމެފަހު ގަޑީގައި އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، މިދެންނެވި ޢަދަދުތައް ކަނޑައެޅުމުގައި، ކޮންފަރެންސް ނިމި ޢަދަދުތައް ކަނޑައެޅުމުގެ ވަގުތާ ހަމަ އެހީދޭނެ ޢަދަދުތައް ކަނޑައެޅުމާ ހަމަ ވަރަށް ކައިރިވެފައި ހުއްޓާ ފެނިގެން މިދިޔައީ ޑީ.އާރު.ޕީ އިން އެންޓި ކެމްޕޭންގެ ފައިލްތަކެއް މިތާނގައި ބަހަން މަސައްކަތްކުރި ތަން. އެބެހި ތަން، އެމީހުންނަށް ލިބިގެންދިޔަތަން. އެހެންވީމާ، މިކަން މަނިކުފާނު ސިފަ ކުރައްވަނީ ކިހިނެއްތޯއޭ؟ މިކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ކިހާވަރެއްގެ ޕްލަސްއެއްތޯއޭ؟ ނޫނީ ދެން މަނިކުފާނު އަޅުގަނޑަށް އަދަބެއް ނުދެއްވާ މަތިން އަދި ދަންނަވާލަފާނަން. އެއީ ވިދާޅުވެފައި އޮތީ އެއްވެސް ކަހަލަ އަދަބެއް ނުދެއްވާނަމޭ ކުރާ ސުވާލަކުންނެއް. އެހެންވީމާ، މަނިކުފާނު މިކަން މައިތިރި ކުރެއްވީ ކޮންކަހަލަ ފަންޑިތައެއް ހައްދަވައިގެންތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑު އެދުނީ އެ އެއްޗެހި އަވަހަށް މިތަނަށް ފޮނުވަން. އެބޭފުޅުން ބައްސަވަން ބޭނުންވެލައްވާ އެއްޗެއް މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ނުވަތަ ފިނޭންސް މިނިސްޓްރީއަށް ނުވަތަ އަޅުގަނޑުމެންގެ އޮފީހަށްވެސް. ފޮނުއްވެވީމާ އެ އެއްޗެހި އަޅުގަނޑުމެން ދެންނެވިން އޭގައި އަޅުގަނޑު ދެންނެވިން. މިސާލަކަށް، ޢާއިލާގެ ތެރޭގައި ނުގެންގުޅެވޭ ބާވަތުގެ އެއްޗެއް ނޫންނަމަ، އެއީ އޮރިޔާން ސޫރައެއް، އެބާވަތުގެ އެއްޗެއް ނެތްނަމަ، އަޅުގަނޑުމެން އެ ބަހާލަދޭނަމޭ. އޭގައި އަޅުގަނޑުމެންގެ އެއްވެސް މައްސަލައެއް ނެތޭ. ދެން ތަސްމީންވެސް، ޑީ.އާރު.ޕީ.ގެ ރައީސްވެސް ފޮނުއްވެވި ސިޓީފުޅެއް އަޅުގަނޑުމެންނާ ގުޅޭގޮތުންނާއި އަދި މި ކޮންފަރެންސާ ގުޅޭގޮތުން. ދެން އަޅުގަނޑުމެން އަބަދުވެސް ދަންނަވަމުން އަންނަ ވާހަކައެއް އެއީ، ކާމިޔާބުގައި ހިތްތިރި ކުރަން ޖެހޭނެއޭ. މިއަދަކީ ދިވެހިންނަށް ވަރަށްބޮޑު ކާމިޔާބެއް ލިބުނު ދުވަހެއް. އަޅުގަނޑަކަށެއް ނުފެނޭ، މިއަދު ޑީ.އާރު.ޕީ.އާ ދިމާއަށް އަޅުގަނޑުމެން އެއްވެސް އެއްޗެއް، އެއްވެސް ބާވަތެއްގެ އިނގިއްޔެއް ދިއްކުރާކަށް. އަޅުގަނޑު އުންމީދު ކުރަނީ، އެބޭފުޅުންނަށް އަދި މިކަމުގައި ވާދަވެރި ސިޔާސީ ނިޒާމެއްގައި ޙަރަކާތްތެރިވާނޭ އުޞޫލުތަކާއި ގޮތްތައް ފަހުމްވަމުން، ސާފުވަމުން އަންނާނެއޭ. އައިސް އިރާދަކުރެއްވިއްޔާ އެބޭފުޅުންނާ އެކުގައި ވާދަވެރި ސިޔާސީ ނިޒާމެއްގެ ތެރޭގައި، އަޅުގަނޑުމެންނަށް ރާއްޖޭގައި މަސައްކަތް ކުރެވޭނެއޭ.

ޢަބްދުއްލަޠީފް އާދަމް- މިއަދު ނޫސް:

އަޅުގަނޑު އެއްގޮތަކަށްވެސް ސުވާލަކަށް ނޫން މިދަނީކީއެއް. ވަރަށްގިނަ ބޭފުޅުން ދެކިވަޑައިގަންނަވަން ބޭނުންފުޅުވާނެތީ. މިއީތޯ އެ އެއްޗަކީ. އަޅުގަނޑު އަތުގައި މިއޮތީތޯ އެ. ތިޔަ ވިދާޅުވި ކުޑަކުޑަ ސިޓީއަކީ މިއޮތީތޯއޭ އަޅުގަނޑުގެ އަތުގައި.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑު ނުދެކެން އިނގޭތޯ. އަޅުގަނޑު ޝަހީދަށް ދެންނެވިން، މިބޭފުޅުންނަށް ދެންނެވިން، އެއީ ދެން އަޅުގަނޑުގެ މައްސަލައެއް ނެތޭ. އޭގައި ކޮންމެފަދަ އެއްޗެއް އޮތަސްވެސް. އެ އަވަހަށް ބަހައިދެއްވާށޭ. ހުރިހާ ބޭފުޅުންނަށް އޭތި ލިބޭގޮތް ހައްދަވައިދެއްވާށޭ. އަޅުގަނޑަށް ހީވަނީ، އެބޭފުޅުންނަށް ތައްޔާރުވުމުގައި ލަސްތަކެއްވެގެންހެން ތިހާ ލަސްވެގެން ތިދިޔައީ. ދެން އެކަމަކު އަޅުގަނޑުމެން އެދިފައި އޮންނާނެ، އަޅުގަނޑުމެން ދަންނަވާފައި އޮންނާނެ، މިތަނަކަށް އެއްވެސް ހާލެއްގައި ލިޔެކިޔުން ވެއްދުން މަނާ ތަނެއް ނޫނޭ މިއީ. ކޮންމެ ލިޔެކިޔުމެއްވެސް މިތަނަށް ވަދެވޭނެއޭ. އަދި އަޅުގަނޑުމެން ހަމަ ވަރަށް ބޮޑަށް ފާހަގަކުރިން، މިތަނުގައި މުޒާހަރާވެސް ޖަލްސާއަށް އުނދަގޫނުވާގޮތަށް، ޞުލްޙަވެރިކަމާއެކީގައި ކުރަންޏާ އެއީކީއެއް އަޅުގަނޑުމެން ހުރަސްއަޅާނެ ކަމެއް ނޫނޭ. އަޅުގަނޑުމެން ދޫކޮށްލައިގެން ތިބީ. އަޅުގަނޑު ހުޅުވި ދުވަހުވެސް ދެންނެވިން، އަޅުގަނޑުމެންގެ ބޭނުމަކީ، އަދި އަޅުގަނޑުމެން މަސައްކަތް ކުރަމުން އަންނަ ގޮތަކީ، ކަންކަން ފޮރުވަން އުޅުމެއް ނޫނޭ. އެއްވެސް ކަމެއްގައި، އެއްވެސް ބަޔަކު އިތުރު ފިކުރެއް، އިތުރު ޚިޔާލާތެއް ފާހަގަކުރަން ބޭނުންވެލައްވާނަމަ، އެކަމަކަށް ހަމަ އަޅުގަނޑުމެން ހަމަވީ އެންމެ ފުޅާ ދާއިރާއެއްގައި ފުރްޞަތު ދެމުން ގެންދާނަމޭ.

އަޙްމަދު ސަޢީދު – ހަވީރު ނޫސް:

އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން މި 313 މިލިއަން ޑޮލަރުގެ އެހީގެ ތަފްޞީލު އިނގޭތޯ. ދެއްވޭނެ އިރަކުން އަޅުގަނޑު ބޭނުން ވީހާ އަވަހަކަށް އޭގެ ތަފްޞީލު. ކޮންކޮން ކަންތައްތަކަށް ކޮން ގޮތަކަށް ކޮންކޮން ފަރާތްތަކަކުންތޯ އެ ދެއްވާފައި ހުރީ އިނގޭތޯ. އޭގެ ތަފްޞީލު. ދެން އޭގެއިތުރަށް އަޅުގަނޑުގެ ސުވާލަކީ، މި ލިބުނު އެހީއާ އެއްކޮށް މިހާރު ސަރުކާރުން ކުރިއަށް ގެންދަވާ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ހަމަ އެއްވެސްވަރެއްގެ ދޫދިނުމެއް ގެނެވިދާނެތޯއޭ މިލިބުނު އެހީއާ ގުޅިގެން.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑުމެންނަށް އަދި މިލިބުނު އެހީ މިލިބެނީ ވަކި ކަންތައްތަކެއް ކުރަން. އެއްވެސް ބޭފުޅަކު އެއްބަހެއްނުވި ސިވިލް ސަރވިސްގެ މުސާރަ މައްޗަށް ޖައްސާކަށް އެހީއެއް ދެއްވާކަށެއް. އަދި އެއީކީއެއް އެހީއެއް ބާވަތުގެ ކަމެއްވެސް ނޫން. އެހެންވީމާ، ޙަޤީޤަތުގައި މި އެހީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް މިލިބެނީ އަޅުގަނޑުމެން ޒިންމާދާރު ގޮތުގައި ފައިސާ ޚަރަދު ކުރަން، ވަރަށް އުނދަގޫ ޙާލަތްތަކުގައިވެސް ނިންމައިގެން އެގޮތަށް އެކަން ކުރަމުން ގެންދިޔައީމާ. އެއްވެސް ބަޔަކު ނުދެކޭ ދިވެހިރާއްޖެއަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ހަމައެކަނި ސަރުކާރު މުވައްޒަފުންގެ މުސާރައިގެ ގޮތުގައި ދޫކޮށްލުން އެއީ، ޒިންމާދާރު ގޮތުގައި ފައިސާ ޚަރަދު ކުރުން ކަމަކަށް. އަޅުގަނޑުމެންނަށް މި އެހީތެރިކަން މިލިބުނީ އަޅުގަނޑުމެންނަށް މިއޮތް އުނދަގުލުގައި، ވަރަށްބޮޑު ތާށީގައި އަދި ވަރަށްގިނަ ސިޔާސީ ގޮންޖެހުމުގެ ތެރެއިންވެސް އަޅުގަނޑުމެން މި ޚަރަދު ކުޑަކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދަމުން ގެންދާތީވެ. އެހެންވީމާ، ޚަރަދު ކުޑަކުރުމުގެ ކަންތައް އަދިވެސް ހަމަ ދާނީ ކުރިއަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑު މި އަމާޒު ކުރަނީ، މި ލިބުނު ލާރިއާ އެކީގައި އަދި ސަރުކާރުގެ ޚަރަދު 12 ޕަސެންޓާއި 10 ޕަސެންޓާ ދެމެދުން ކުޑަކުރެވޭތޯ މަސައްކަތް ކުރުން. މިފައިސާ ގިނައިން ލިބުމަކީ ޚަރަދު ކުޑަކުރުމަށް ޒިންމާދާރު ގޮތުގައި، ވިޔަފާރީގެ އުޞޫލަށް ބެއްލެވިޔަސް އަދި ޤައުމެއްގެ އިޤްތިޞާދާއި މާލިއްޔަތަށް ބެއްލެވިޔަސްވެސް ފައިސާ ލިބުނީމާ ދެން އަވަހަށް ކުރައްވަންވާނެ ކަމަކީ ޚަރަދު ކުޑަކުރުން. ރާއްޖެއިން ބޭރަށް ދަތުރެއް ކުރުމެއް ނޫން. އަދި އެހެން 10 ބުރިއަށް ޢިމާރާތެއް އެޅުމެއްވެސް ނޫން. ޒިންމާދާރު ގޮތުގައި މިކަން ކުރުމަކީ މިހާރު މިއީ ޚަރަދު ކުޑަކުރަންވީ ވަގުތު. ފައިސާ އަތުގައި ހުރީމާ ޒިންމާދާރު ގޮތުގައި އަދި ގެއްލުން ކުޑަގޮތުގައި ޚަރަދު ކުޑަކުރެވޭނީ. އެހެންވީމާ، ކުރިއަށް އޮތް ތަނުގައި އިރާދަކުރެއްވިއްޔާ ޚަރަދު ކުޑަކުރުމުގެ ޕްރޮގްރާމްތައް އަދި އިތުރަށް ކުރިއަށްދާނެ.

އަޙްމަދު ސަޢީދު – ހަވީރު ނޫސް:

އާދެ! ހަމަ ވަރަށްގިނަ ފަރާތްތަކަކުން އިނގޭތޯ ކޮންމެވެސްވަރަކަށް ދެން ބައެއް ފަރާތްތަކުން ގަބޫލުކުރާ ކަމަށް ދެން އަޅުގަނޑަށް ވިސްނޭ ވާހަކައެއް. އެއީ، މިހާރު ސަރުކާރުން މިހޯދާ އެހީތަކާއި އެއްޗެހި އިނގޭތޯ. މި ސަރުކާރުގެ މި 5 އަހަރުގެ އެންމެފަހު ދެތިން އަހަރުއޭ އޭގެ ފައިދާއެއް ރައްޔިތުންނަށް ފެންނަން ފަށާނީ އިނގޭތޯ. ބައެއް ބޭފުޅުން ގަބޫލުކުރައްވާކަންނޭނގެ ސިޔާސީ ގޮތުން މި އިލެކްޝަން ކާމިޔާބު ކުރެއްވުމުގައި މީގެ މި އެހީތަކުގެ ފައިދާ އެހިސާބުގައޭ ފެންނާން ފަށާނީ. އަޅުގަނޑަށް ހީވޭ، އަޅުގަނޑަށް ސާފުވޭ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ވަރަށްގިނަ ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތް މިއަންނަނީ ހަމަ ވަރަށް އަވަހަށް، އެއީ ޙަޤީޤަތް ނޫން ކަމަށް ފެންނަ. އަޅުގަނޑު ހަނދާންހުރޭ މީގެ އަހަރުތަކެއް ކުރިއަށް އަޅުގަނޑުމެން ގޮއްސިއްޔާ، މިރާއްޖެއަކު ސިޔާސީ ޕާޓީއެއް ނުހެދޭނެއޭ. އެއްގޮތަކަށްވެސް ވާނެ ކަމެއް ނޫނޭ. އެކަމަކު އެކަންވެސް އަޅުގަނޑުމެންނަށްވެއްޖެ. މި ރާއްޖެއަކު ސަރުކާރެއް ބަދަލެއް ނުވާނެއޭ ވޯޓްދީގެނެއް. ނޫނޭ އެކަމަކު އެކަންވެސް ބަދަލުވެއްޖެ. އަޅުގަނޑުމެންނަށް ސަރުކާރެއް ނުހިފެހެއްޓޭނޭ ގިނަ ދުވަހަކު. ނޫން އެކަންވެސް ވެއްޖެ. އަދި އަޅުގަނޑުމެންނަށް ތަރައްޤީގެ މަޝްރޫޢުތަކެއް ނުވެސް ހިންގޭނެއޭ. ނޫން އެކަންވެސް ވެއްޖެ. އަދި މި ސަރުކާރަށް ބައިނަލްއަޤްވާމީ ޖަމާޢަތްތަކުންނާއި އެހީދޭ ފަރާތްތަކުން އިތުބާރުކޮށް އެހީތެރިއެއްވެސް ނުވާނެއޭ. އެއީ އަޅުގަނޑުމެންނަކީ ސަރުކާރު ހިންގަން އެނގޭ ބައެއް ނޫނޭ. އެއީވެސް، ހަމަ ބައެއް ބޭފުޅުން ދެކިވަޑައިގެން އުޅުއްވި ގޮތެއް. އެހެން ނަމަވެސް އަޅުގަނޑުމެންނަށް މިފެންނަނީ އެކަންވެސް ބަދަލުވަމުން އަންނަތަން. އަޅުގަނޑުމެންނަށް މިފެންނަނީ ބަދަލުވަމުން އަންނަތަން. ހަމަ އޭގައި އަޅުގަނޑު ދަންނަވާނީ، ތިޔަބޭފުޅާ ތިޔަ އިޝާރާތް ކުރެއްވި ބައެއް ބޭފުޅުން ނުވަތަ ވަރަށްގިނަ ބޭފުޅުންވެސް ހަމަ ވަރަށް ބޮޑަށް މިހާރު ތިއްބަވާނީ ޚިޔާލު އަދި ފިކުރު ބަދަލުވެފައޭ. އަޅުގަނޑެއް ހަމަ އެއްގޮތަކަށްވެސް އެއްވެސް ޙާލެއްގައި ކުޑަކޮށްވެސް ނުވިސްނަމޭ. އަޅުގަނޑުމެން މިކުރާ ކަންތައްތައް އަޅުގަނޑުމެން މިކުރަނީ އިޚްލާޞްތެރިކަމާއެކީގައި. އަޅުގަނޑުމެން ކުރަން ކަނޑައަޅާފައި، އަޅުގަނޑުމެން ކުރުމަށް ވަޢުދުވެފައި، އަދި އެކަމުގައި ކުރިއަށް ދާން ނިންމާފައި ހުރި ކަންތައްތައް. އެހެންވީމާ، އަޅުގަނޑުމެންގެ އަމާޒަކަށް، އަޅުގަނޑުމެންގެ މީޒާނަކަށް އިރާދަކުރެއްވިއްޔަކާ ބަދަލެއް ނާންނާނެ. އަޅުގަނޑުމެންގެ ޢަޒުމެއް ނުގުޑާނެ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހަމަ މަސައްކަތް ކުރަމުން ގެންދާނަން.

އަޙްމަދު ޝާރިފް – ދި ޓީ.ވީ:

ކުރިއަށް އޮތް 3 އަހަރު ދުވަސް ތެރޭގައި 313 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ. ދެން މިއަހަރު ތެރޭގައި 110 މިލިއަން ޑޮލަރު ލިބޭނެ ކަމަށްވެސް ވިދާޅުވެއްޖެ. ދެން ސަރުކާރުގެ ސްޓްރެޓީޖިކް ޕްލޭން ބުނާގޮތުން 150 މިލިއަން ޑޮލަރު އަހަރެއްގެ ތެރޭގައި ބޭނުންވަނީ. ދެން މިއަހަރު ލިބޭނެ ކަމަށް ރައީސް ވިދާޅުވީ 110 މިލިއަން ޑޮލަރު. ދެން އޭގެތެރެއިން ބާކީހުރި އަދަދުތައް ކިހިނެއްތޯ މިއަހަރުގެ ތެރޭގައި ހޯއްދަވަން ނިންމަވާފައިވަނީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ދަންނަވަންތޯ. ހަމައެކަނި އެހީއަކުންނެއް ނޫން އަޅުގަނޑުމެން ފައިސާ ހޯދަން ނިންމާފައި ވަނީކީއެއް އިނގޭތޯ. އާމްދަނީގެ، އެނގިވަޑައިގަންނަވާނެ، މިހާރު ޓެކްސް ނެގުމުގެ ޤާނޫނުތަކަށްވެސް އަޅުގަނޑުމެން ބަދަލު ގެންނަމުން މިގެންދަނީ. އަދި ދައުލަތަށް ލިބޭ އެހެން އާމްދަނީވެސް އިތުރުވަމުން އެބައާދޭ. ދެން މިއަދު އަޅުގަނޑުމެންނަށް މިލިބުނު މިންވަރު އެއީ، އަދި އަޅުގަނޑު މާދަމާ އޮފީހަށް ގޮސް އިތުރަށް ފޯނުވެސް ކުރާނަން. އަދި އިތުރަށް ބޭބޭފުޅުންނަށް ސިޓީވެސް ލިޔާނަން. ވިދާޅުވީމެއް ނޫންތޯއޭ މިވަރޭ. އެހެންވީމާ، ވިދާޅުވިވަރު އަދި އަޅުގަނޑު އިތުރަށް ގެންނާނަން އިރާދަކުރެއްވިއްޔާ. އަޅުގަނޑަށް ވަރަށްބޮޑު އިތުބާރެއް އެބައޮތް. ވަޙީދު މި މައުޟޫޢަށް ކުޑަ އެއްޗެއް ވިދާޅުވާނެ.

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ބައެއް ފަރާތްތަކުން މިހާރު ވިދާޅުވެފައި އޮތީ އަދި ތިމަންނަމެންނަށް އިތުރަށް ޕްރޮޖެކްޓް ޑޮކިއުމަންޓްތަކާއި ސިޓީއާ އެއްޗެހިވެސް ފޮނުވާށޭ. ތިމަންނަމެން ހަމަ މިތިބީ އަދިވެސް މިވެނި ރޮނގު ރޮނގުން އެހީވެދޭށޭ. އެހެންވީމާ، މިއީކީ އަދި ފައިނަލް ޢަދަދު ކަމަށް އަޅުގަނޑުމެން ބަލައިގެން ނުވާނެ. އެއީ، މިއަދާ ހަމައަށް އަޅުގަނޑުމެންނަށް ލިބިފައި ހުރި ކޮމިޓްމަންޓް. އެހެންނަމަވެސް މިއަދުން މިހިސާބުން ބޭންކް އެކައުންޓް ލެއްޕުނީކީ ނޫން. އަދި މިއަހަރުގައިވެސް އެބައޮތް ވަރަށްބޮޑުތަން. އަދި ކުރިއަށް އޮތް ދެއަހަރުވެސް އެބައޮތް. އެހެންވީމާ، އަޅުގަނޑުމެންގެ އުންމީދަކީ އަޅުގަނޑުމެން މި ހަމަ ބޭނުންވެގެން އަޅުގަނޑުމެން މަސައްކަތްކުރާ ޢަދަދު ހަމަ އަޅުގަނޑުމެންނަށް ހަމަ ލިބޭނެ ކަމަށް އިރާދަކުރެއްވިއްޔާ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑު އަދި ހަމަ މި މައުޟޫޢުގައި ކުޑަ އެއްޗެއް ދަންނަވާލާނަން އިނގޭތޯ. ފައިސާ ލިބުނަސްވެސް އަދި ހަމަ އެފައިސާއެއް ޚަރަދެއް ނުކުރެވޭ. އެއާ އެކީގައި އެބަޖެހޭ، އެސެސްމަންޓްތަކެއް ހަދަން. ނުވަތަ ބެލުންތަކެއް ބަލަން. ކިހިނެއްތޯ މިފައިސާ ޚަރަދުކުރާއިރުގައި ކޮންތާކަށްތޯ މިފައިސާ ޚަރަދު ކުރަނީ. ހަމަ އަޅުގަނޑުމެން އެބަޖެހޭ ބަލަން. ދެފުށް ފެންނަ، ޓްރާންސްޕޭރަންޓް ޓެންޑަރުގެ އުޞޫލުތަކަށް އިޙްތިރާމް ކުރަން އެބަޖެހޭ. އަދި މިފައިސާ ޚަރަދުވާ ދިމަދިމާލުގައި މިސާލަކަށް، އަޅުގަނޑުމެން ރާއްޖޭގައި ކިހާވަރަކަށްތޯ ހުރީ މި ހުރިހާ ކޮންސްޓްރަކްޝަން ކުރިއަށް ގެންދިޔުމަށް ފަންވަރު ހުރީ. އަޅުގަނޑުމެންގެ އިޤްތިޞާދަށް މިހުރިހާ ފައިސާ އެއްފަހަރަށް އެބައޮތްތޯ ފޭދެން. ދެން އަޅުގަނޑުމެން މި 150 މިލިއަނަށް ވިސްނާފައި މިއޮތީ ފާއްދާލެވޭނެ ކަމަށް އަޅުގަނޑުމެން ވިސްނައިގެން. އެއީ އަޅުގަނޑުމެންނަށް ލަފާކުރެވޭ ޢަދަދެއްގެ ގޮތުގައި އަޅުގަނޑުމެން ދެކިގެން. އެހެންވީމާ، އަދި ހުރިހާ އެއްޗަކީ ފައިސާ އެއް ނޫން. ފައިސާގެ އިތުރުން އަދި އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތައް ވަރަށްގިނަ. އޭގައި ހަމަ ކޮންމެ ރަށެއްގެ ރަށު އޮފީހުގެ ހުރިހާ މުވައްޒަފުންނާއި، އަތޮޅު އޮފީހުގެ ހުރިހާ މުވައްޒަފުންނާއި، ޕްރޮވިންސްތަކުގެ ހުރިހާ މުވައްޒަފުންނާއި، ވުޒާރާތަކާއި، މުޅި ސަރުކާރު އެކީގައި އަޅުގަނޑު ދަންނަވާނީ ހަމަ ހޭލައި ތިބެގެންނޭ ގާތްގަނޑަކަށް އަޅުގަނޑުމެންނަށް މިކަންވާނީ. އެހެންވީމާ، ރަނގަޅަށް މަސައްކަތްކުރާ މަދުމީސްކޮޅަކާ އެކީގައި ވަރުގަދައަށް މަސައްކަތްކުރާ ސަރުކާރެއް ރުކުރުވާލުން އެއީ، އަދި ވަރަށް މުހިންމު ކަމެއް. މިހާރު އަޅުގަނޑުމެންނަށް މިދެންނެވިހެން މިފައިސާ ލިބުނީމާ، އެންމެ ބޮޑަށް އަޅުގަނޑުމެން ހިންގާނެ އެއްކަމަކީ ޚަރަދު ކުޑަކުރުމުގެ މަސައްކަތް.

ޢަލީ ނާޞިޙު - ޓީ.ވީ.އެމް:

އަޅުގަނޑުމެންނަށް ބައެއްފަހަރަށް އެބަ ފެނޭ، އަޅުގަނޑުމެންނަށް ޚާއްޞަކޮށް މިޤައުމަށް ދޭން ވަޢުދުވާ ބައެއް އެހީތައް ނުލިބިދާތަން. ސުނާމީގައި ދޭން ވަޢުދުވި އެހީތައްވެސް އަދިވެސް ބައެއް އެހީތައްވެސް ނުލިބި އެބަހުރި. ދެން މިފަހަރު މި ވަޢުދުވެފައިވާ އެހީތައް ލިބުމުގައި ކިހާ ޔަޤީން ކަމެއް އެބައޮތްތޯއޭ އަޅުގަނޑުގެ އެއްސުވާލަކީ.

އަނެއް ސުވާލަކީ، އޮޑިޓަރ ޖެނެރަލް މިއަދު މިވަނީ ނޯ ކޮންފިޑެންސް ވޯޓެއް ނަގާފައި. ދެން އާ އޮޑިޓަރ ޖެނެރަލެއް ޢައްޔަން ކުރުމުގައި ސަރުކާރު ނިސްބަތްވާ ޕާޓީގެ ވިސްނުން ގެންގުޅުއްވާނީ ކިހިނެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ފުރަތަމަ ސުވާލުގެ ޖަވާބުގައި މިސާލަކަށް ސުނާމީ އިނގޭތޯ. އަޅުގަނޑުވެސް ހީކުރިން، މީގެ ތަންކޮޅެއް ކުރީގައި ޤައުމުތަކުން ސުނާމީއަށް ރާއްޖެއަށް ވަޢުދުވީ ވަރަށް ފައިސާ ނުދެއްވައޭ. އެހެނެއް ނޫން އެކަން އޮތީކީއެއް. ސުނާމީއަށް ޤައުމުތަކުން ވަޢުދުވީ ހަމަ މިންވަރަށް ސުނާމީއާ ގުޅިގެން ފައިސާ ދޫކޮށްފައި އެބަހުރި. ވަކި ހިސާބަކަށް އައުމަށްފަހު، އަޅުގަނޑަށް ހީވަނީ ސަން.އެފް.އެމް.އިން ފާހަގަކުރެއްވިހެން މިކަން، ފައިސާ ޚަރަދު ކުރަމުންދާގޮތް، އެފައިސާ އެހީތެރިވެދޭ ޤައުމަށް ނުވަތަ ޖަމާޢަތަށް ހިތްހަމަނުޖެހޭތީ، އެކަމާ އެ އުޞޫލުތަކާ ކަންބޮޑުވާތީވެ، ބައެއްފަހަރަށް އެބަހުރި އެފަރާތްތަކުން މަޑުކޮށްލައްވާފައި. އެހެން ނަމަވެސް، އެންމެފަހުން މިހާރު ނިމިގެން މިއަހަރު ސުނާމީއާ ގުޅޭގޮތުން އަޅުގަނޑުމެންނަށް ވެފައިވާ ހުރިހާ ވަޢުދަކާ އެއްވަރަށް ފައިސާ މިވަނީ ލިބިފައި. ދެން ފައިސާއަކީ އަދި ހަމަ އަޅުގަނޑުވެސް ފައިސާއެއް ދޭން ބުނާއިރުގައި، އެފައިސާއެއް ދެވޭނެގޮތާއި އެކަންކަން ހިންގޭނެ އުޞޫލުތަކާ، މިކަންކަން ސާފުކޮށް އޮތީމާ ފަސޭހަވާނީ. އަޅުގަނޑުމެންނަށް އަޅުގަނޑުމެން މިފައިސާ ހޯދުމަށް ދިވެހިން ދިވެހިރާއްޖެއަށް މިފައިސާ ހޯދުމަށްޓަކައި އެންމެ ފުރަތަމަ ކުރި ކަމަކީ، ކުރީގެ މިއޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމޭ. އެ ނިޒާމުގެ ތެރެއަކު މިފައިސާއެއް ނުވަންނާނެ. އަޅުގަނޑުމެންނަށް ނިޒާމު ބަދަލުކުރެވުނީމަ، ދެން މިއަދުވެސް އެންމެ ދަތިކަމަކަށްވީ އޮޑިޓަރ ޖެނެރަލް ވަކިކުރީމަ ކިހިނެއްބާއޭ ވާނީ ބޭފުޅުން ސުވާލު ކުރައްވަމުން ގެންދެވި. އެއްބަޔަކު އެއޮއް އޮޑިޓަރ ޖެނެރަލް ވަކިކުރަނީއޭ. ދެން އެހެންވީމާ، މިފައިސާ އޮޑިޓް ކުރަން ޖެހޭނެ ނޫންހޭ. ދެން އަޅުގަނޑު ދަންނަވަން އެބަ ޤާނޫނުއަސާސީ ވަރަށް ސާފޭ. ހަމަ މާދަމާވެސް އޮޑިޓަރ ޖެނެރަލެއް އަޅުގަނޑުމެން ޢައްޔަން ކުރަން ޖެހެއޭ. އެހެންވީމާ، އެ މުއައްސަސާ ދެމިއޮންނާނެއޭ. ދެން އެހެން ނަމަވެސް، އެބޭފުޅުން ވަރަށް ދެރަވެ ކަންބޮޑުވާ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވި. ހަމަ ހުރެފައި، އެބޭފުޅުންނަށްވެސް ވަރަށް ސާފު. ސިޔާސީ ބޭނުމަށްޓަކައިކަން އޮޑިޓަރ ޖެނެރަލް އެ ވަކިކުރެއްވީ. އަޅުގަނޑުމެންނަށް އޮޅުންފިލުވައިދޭން ޖެހުނު މީގައި ސިޔާސީ ކުލަވަރު ޖެހިގެނޭ އޮޑިޓަރ ޖެނެރަލްގެ ކަންތައް އެގޮތަށް އެދަނީ. ދެން އަޅުގަނޑުމެންގެ ޕާޓީގެ ބައްދަލުވުމެއްގައި އަޞްލުގައި ތިޔަވިދާޅުވި ސުވާލުގެ ޖަވާބު އެރުވޭނީ. އެހެން ނަމަވެސް، ޕާޓީއަކުންނެއް ނޫން، އޮޑިޓަރ ޖެނެރަލެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ގޮތަށް އޮންނަނީ. ޤާނޫނުއަސާސީގައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާ ކުރާ ކަމެއްގެ ގޮތުގައި. އަޅުގަނޑު އިރާދަކުރެއްވިއްޔާ ހަމަ ނަޢީމްފަދަ އިރާދަކުރެއްވިއްޔާ ނަޢީމްފަދަ ކަމަށް އެކަށީގެންވާ ބޭފުޅެއް. އަޅުގަނޑު މިވަގުތު ނަޢީމަށް ވަރަށް ބޮޑަށް ކޮށްދެއްވި މަސައްކަތަށް، ދިވެހި ދައުލަތަށް ވަރަށް މުހިންމު ދަނޑިވަޅެއްގައި ކޮށްދެއްވި ހުރިހާ މަސައްކަތަށް ނިހާޔަތަށް ޝުކުރު ދަންނަވަން. އަދި އަޅުގަނޑު ދަންނަވާނީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ހަމަ ރަނގަޅު އޮޑިޓަރ ޖެނެރަލެއް ދާދި އަވަހަށް ރައްޔިތުންގެ މަޖިލީހަށް އެބޭފުޅެއްގެ ނަން ފޮނުވޭނެއޭ. ދެން އަޅުގަނޑު މީގައި ހަމަ އަޅުގަނޑުމެން ސަރުކާރު ދުށީ މުސްތަޤިއްލު މުއައްސަސާތައް، އެ މުއައްސަސާތަކުގެ މިހާ ޅަފަތުގައި މުޅި ޤާނޫނުއަސާސީގެ ރޫޙު މިއޮންނަނީ ތިން ބާރު ވަކިވެފައިވާއިރު، މި މުސްތަޤިއްލު މުއައްސަސާތަކުން އެ ތިންބާރުގެ މައްޗަށް ފާރަވެރިވުމަށް. އެހެން އޮއްވައި އެއިން ފާރަވެރި ފަރާތެއް ނަގަން ނުވަތަ ދުރުކުރަން އުޅޭ އުޅުން އެއީ، އަޅުގަނޑުގެ ނަޒަރުގައި ޤާނޫނުއަސާސީގެ ޅަފަތުގައި ކުރުން ރަނގަޅު ކަމެއް ނޫން. އެހެންވެގެން އަޅުގަނޑުމެން އެންމެ ފުރަތަމައިނުންވެސް އެވާހަކަ އެގޮތަށް ދައްކަމުން ގެންދިޔައީ. އަޅުގަނޑު ވަރަށް ބޮޑަށް އަޅުގަނޑުގެ ޕާޓީގެ ހުރިހާ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް ޝުކުރު ދަންނަވަން، އެބޭފުޅުންގެ ހުރިހާ ވިސްނުމެއްގެ ތެރޭގައިވެސް، ބޮޑު މަންޒަރުގެ ވިސްނުން ގެންގުޅުއްވައި، އެ ވިސްނުން ހިފަހައްޓަވައި، އެބޭފުޅުންނަކީ ކޮންބައެއްކަން މިވަގުތު އެބޭފުޅުން ސާފުކޮށް މުޅި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފާހަގަކޮށްދެއްވީތީވެ. އަޅުގަނޑުގެ ނަޒަރުގައި މިއީ އަޅުގަނޑުމެންނަށް ސަރުކާރަށް އެ ފާހަގަކޮށްދެވުނުކަން އެއީ، ސަރުކާރު ހިންގާ އިއްތިހާދުގައި ހިމެނޭ އެންމެބޮޑު ޕާޓީ އެމް.ޑީ.ޕީ އަށް ލިބުނު ވަރަށްބޮޑު ކާމިޔާބެއް.

JJ Robinson – Minivan News

If I can address this both to the President and the World Bank. The Auditor General recently gave a press conference, a couple of weeks ago saying money belonging to the government have been found located in personal bank accounts in Switzerland, UK and Singapore. Beyond soliciting donations are any other steps or assistance being provided to recover this money?

President Mohamed Nasheed:

The Bank is not willing to answer your question. But I am quite willing to enlighten you that there is a stolen asset recovery programme. It is part and parcel of World Bank projects and we are a member of that programme and we would of course be working within the framework within the processes available to us and if there are any stolen assets and I am sure we will be able to identify it and if they are ill-gotten, I’m sure we will be able to repatriate it.

JJ Robinson – Minivan News:

Is there a timeline on that?

President Mohamed Nasheed:

No there is no timeline.

އިބްރާހީމް މުޙަންމަދު – ހަވީރު ނޫސް:

ލިބިފައި ހުރި ހިލޭ އެހީގެ ތެރެއިން ފާހަގަކޮށްލަދެއްވަފާނަންތޯ މިއަހަރުގެ ބަޖެޓް ޑެފިސިޓަށް ކިހާވަރެއްތޯ އެހީތެރިކަން ފޯރުކޮށްދެވޭނީ. އަދި ފާހަގަކުރައްވައިފި 313 މިލިއަން ޑޮލަރެއް މިތިން އަހަރުގެ ތެރޭގައި ރާއްޖެއަށް ލިބޭނެ ކަމަށް. މީގެތެރެއިން ލޯނުގެ އިންސައްތައަކީ ކިހާވަރެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑު ލޯނުގެ ވާހަކަ ދެންމެވެސް ދަންނަވައިފިން. ލޯނާއި ގްރާންޓާ މި ތަފާތުކޮށްލާފައި އެބައި ދަންނަވާނަން. ދާދި އެއްހަމައެއްގައި މިއުޅެނީ އިނގޭތޯ އަޅުގަނޑު ބަލައިލިއިރުގައި. މީގައި އެބައިން ހަމަ ރީތިކޮށް ދެކޮލަމް. އެކަމަކު އަޅުގަނޑު ކައިރީގައި އެބަ ވިދާޅުވޭ، މި ރަނގަޅަށް ޢަދަދުތައް ރަނގަޅުކޮށްފައި ނޫނިއްޔާ އަޅުގަނޑު މިވާހަކަ ދައްކަން ނުހަދައްޗޭ. އެހެންވީމާ، އަޅުގަނޑު އެބޭފުޅުން ދައްކަވާ ވާހަކަ އަޑުއަހައިގެން މިކަން ކުރިއަށް ގެންދަން ޖެހެނީ އިނގޭތޯ.

ދެން ކުރެއްވި އަނެއް ސުވާލަކީ، ބަޖެޓް ޑެފިސިޓް ހަމަ އޮތް ވަރުގައި ބާއްވާނީ އިނގޭތޯ. އެއީ ސަރުކާރުން ނިންމާފައި އޮންނާނީ، ތިން އަހަރު ދުވަހުގެ ތެރޭގައި ޑެފިސިޓް ފިލުވަން. އަޅުގަނޑުމެން ނިންމާފައި ހުރި ކަންކަމަކީ ވަކިގޮތަކަށް ހިސާބު ޖަހާފައި އެގޮތަށް ނިންމާފައި ހުރި ކަންކަން. އެހެން ނަމަވެސް، ލާރި ޚަރަދު ނުވުމުގެ ސަބަބުން ޑެފިސިޓް ކުޑަވުން އެއީ ހަމަ އެކަށީގެންވާ ކަމެއް. ދެން އަޅުގަނޑުމެން ނިންމާފައި އޮންނާނީ، މިއަހަރު ނިމޭއިރު 18 ޕަސެންޓް. މިއަންނަ އަހަރު އަޅުގަނޑު ހަނދާންވަނީ އެ ދިހައެއްގެ ތިރިއަށް ތިރިކުރަން. އޭގެ އަނެއް އަހަރު ސަރޕްލަސްއަށް ދާން. އެއްފަހަރާ އަޅުގަނޑުމެން މި ހިފަން އުޅެއްޖިއްޔާ ސަރުކާރު މުވައްޒަފުންގެ މުސާރައިން ފަނަރަ ޕަސެންޓެއް ނޫން ނަގަން ޖެހޭނީ. އެއަށްވުރެ މާބޮޑަށް ނަގަންޖެހޭނީ. އެހެންވީމާ، އަޅުގަނޑުމެން މިބަލަނީ، މި ތިން އަހަރު ދުވަހުގެ ޕްރޮގްރާމެއްގެ ގޮތުގައި. އެނގިވަޑައިގަންނަވާނެ، ޢަލީ ހާޝިމް ބަޖެޓް ހުށަހެޅުއްވިއިރު، ހުށަހެޅުއްވީވެސް ތިން އަހަރުގެ ބަޖެޓެއްގެ ގޮތުގައި.

އަޙްމަދު ސަޢީދު – ހަވީރު ނޫސް:

ކުރިން ދެންނެވި ސުވާލު އެއީ ޢަދަދުތައް އަޅުގަނޑު ބޭނުމޭ، ވަރަށް ބޮޑަށް ސާފުވާން އިނގޭތޯ. އެކަން ކޮށްލަދެއްވިއްޔާ ވަރަށް ބޮޑަށް ރަނގަޅޭ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑަށް ހީވަނީ ނަޔޮކޮ އެބަ ތިޔަ ޢަދަދާ ގުޅޭގޮތުން، މި ލޯނާއި ގްރާންޓާ ގުޅޭގޮތުން އެއްޗެއް ވިދާޅުވެދެއްވަފާނަންހެން މިހާރުވެސް.

Ms Naoko Ishii, World Bank Country Director:

First of all you may be pleased to learn that quite a significant amount is in the form of budget support. ާAnd also, in terms of loans there are quite a number of amount under the concessional form and you may know that under the IMF programme, there is a very….stretchful…that is how much this country can take, the non-concessional lending. So you would be assured that from this Donor Conference, we kind of assured that, the countries kind of agreed on it. I am sure that shouldn’t be your concern.

އަޙްމަދު ސަޢީދު – ހަވީރު ނޫސް:

އަޅުގަނޑު ހަމަ ކުރިން ދެންނެވި ސުވާލު އަޅުގަނޑަށް އަދި ހަމަ ވަރަށް ބޮޑަށް ރަނގަޅު ސާފުކޮށްލަދެއްވިއްޔާ. އެއީ، އަޅުގަނޑުގެ ސުވާލަކީ ސަރުކާރުގެ ވިސްނުމަކީ ފަހުގެ އަހަރުތަކަށް އިންތިޚާބާ ކައިރިވީމާ، ޕްރޮޖެކްޓްތަކެއް ހިންގާ ގޮތަށް ކަންތައްތައް ފަސްކޮށްލާފައި ބެހެއްޓުންތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އާދެ! ސަރުކާރުގެ ވިސްނުމަކީ އެ އެއްޗެއް ބޭނުންވާއިރެއްގައި ސަރުކާރަށް ދެވެން އޮތް، ކޮށްދެވެން އޮތް ގޮތަކަށް އެ ބޭނުންވާ ވަގުތަކަށް އެކަމެއް ކުރެވޭތޯ މަސައްކަތް ކުރުން. ދެން އޭގެތެރޭގައި، 2013 ގައިތޯ ކަމެއްވަނީ. 2012 ގައިތޯ ކަމެއްވަނީ. 2011 ގައިތޯ، 2010 ގައިތޯ. ކަންކަން ބޭނުންވާއިރެއްގައި. މިހާރު އަޅުގަނޑުމެން ބަލަންޖެހޭނެ، މިހާރު މިސާލަކަށް މިއަދު އަޅުގަނޑު ސަތޭކަ މިލިއަން ޑޮލަރުގެ ކޮންކްރީޓް ގަށަން އުޅެއްޖިއްޔާ ހަމަ އެކަމެއް ނުވާނެ އިނގޭތޯ. އަޅުގަނޑަށް އަސްލަމް ކައިރީގައި ދެންނެވިދާނެ، އަސްލަމޭ އަޅުގަނޑުމެން ހިނގާށޭ 100 މިލިއަން ޑޮލަރުގެ ކޮންކްރީޓް، މާދަމާ ރާއްޖޭގެ އެކިއެކި ބަނދަރުތަކަށް އަޅަން. އެހެން ނަމަވެސް، އެވަރަށް ކޮންކްރީޓް މެޝިނެއްވެސް ނޯންނާނެ. އެވަރަށް ސިމެންތި އެތެރެކުރާނެ ބޯޓެއްވެސް ނުހުންނާނެ. އަދި އެވަރަށް މަސައްކަތް ކުރާނެ މީހުންނެއްވެސް ނުތިބޭނެ. އެހެންވީމާ، އަޅުގަނޑުމެންނަށް، މި ރާއްޖެއަށް މިކަންކަން ހިންގޭ މިންވަރެއް ބަލައިގެން އަޅުގަނޑުމެން މިކަން ކުރަން ޖެހޭނީ. ދެން އޭގައި 2012 އަށްތޯ. 2013 އަށްތޯ. އަޅުގަނޑުގެ ބޭނުމަކީ، ރާއްޖޭގެ ރަށްރަށަށް އަޅުގަނޑުގެ ނަޒަރުގައި 20 އަހަރު ލަސްވެއްޖެ، ފައިނުގެ މިސާލަކަށް ބަނދަރު، 20 އަހަރު ލަސްވެއްޖެ. އެހެންވީމާ، އަޅުގަނޑު ފައިނު މިދަންނަވާލީ، އަނެއްހެން މިސާލެއްގެ ގޮތުން. 20 އަހަރު ލަސްވެއްޖެ އެރަށު ބަނދަރު. އަދި މި ރަށްރަށުގެ ނަރުދަމާގެ ކަންތައްވެސް މިހާރު މިދަނީ އަޅުގަނޑަށް ފެންނަ ފެނުމުގައި 20 އަހަރު ލަސްކޮށް. އެހެންވީމާ، އަޅުގަނޑުމެންނަށް ދެނެއް އިތުރަކަށް މަޑެއް ނުކުރާނަން، އަޅުގަނޑުމެންނަށް މިކަންވާ އޮތިއްޔަކާ. އަޅުގަނޑުގެ ނަޒަރުގައި ރާއްޖޭގެ ރައްޔިތުން އަޅުގަނޑުމެންނަށް ވޯޓު ދެއްވާނެ. އެއީކީއެއް އަޅުގަނޑު އެއްވެސް އިރެއްގައި ޝައްކު ހިންގާ ކަމެއް ނޫން. މިއަދު އަޅުގަނޑު ކުރިމަތިލިޔަސް ވޯޓު ދެއްވާނެ. އަދި އަޅުގަނޑުގެ ނަޒަރުގައި 2013 ގައި އަޅުގަނޑުމެން ކުރިމަތިލިޔަސްވެސް ހަމަ އެ ސާބިތުކަންމަތީގައި އެބޭފުޅުން ވޯޓު ދެއްވާނެ. އެބޭފުޅުން އަޅުގަނޑުމެންނަށް ވޯޓުދެނީކީއެއް އެބޭފުޅުންނަށް ފެންނަ ގޮތުގައި އަޅުގަނޑުމެން ހަކުރު ދެންޏާ ބޮޑުބޭބެވާ ގޮތަކަށެއް ނޫން. އެބޭފުޅުންގެ ނަޒަރުގައި ރާއްޖޭގެ ތަރައްޤީއާއި ދިވެހިންގެ ކަންކަމަށް ކޮން ޕާޓީއެއްތޯ، ކޮންބަޔަކުތޯ އިޚްލާޞްތެރިކަމާއެކީގައި މަސައްކަތް ކުރަން ތައްޔާރަށް ތިބީ. އެއަށްބަލާފައި ދެއްވާ ވޯޓެއް. ދިވެހިން ވޯޓު ދެއްވަނީކީއެއް ލާރި ދިނީމަކާއެއް ނޫން.

ޢަބްދުއްލަޠީފް އާދަމް – މިއަދު ނޫސް:

މަނިކުފާނު ވިދާޅުވެއްޖެ، މިހާރުވެސް މަޝްރޫޢުތައް ތިމަންނަމެން ފަހުން އިޢްލާނު ކުރާނަމޭ. އެހެން ނަމަވެސް، ކޮންމެވެސް އެއްޗެއް ހަމަ ލިބޭތޯ އެއްކަލަ ކޮނެލަން މަސައްކަތެއް ކޮށްލަން އެބަޖެހޭ. އެއީ، އަޅުގަނޑުމެންގެ އާމްދަނީ ލިބެން މިއޮތީ ދެ ޞިނާޢަތް. އެތަނުން ފަތުރުވެރިކަމުގެ ޞިނާޢަތް މިދިޔަ މަހު މިއޮތީ މެޑެލެއް ޖަހާފައި އިރާދަކުރެއްވިއްޔާ. ރާއްޖޭގެ ފަތުރުވެރިކަން ފެށުނީއްސުރެ މިއަދާ ހަމައަށް އައިއިރުގައި، އެންމެ ކާމިޔާބު މަސް ކަމަށްވެގެން. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ތެރޭގައި މަސްވެރިކަން މިއޮތީ ވަރަށް ދަތި ޙާލުގައި. އޮތްއިރުގައި އަޅުގަނޑުމެންނަށް މިއަހަރުގެ ތެރޭގައި މިލިބޭ އެއްޗަކުން ނަމަވެސް އަޅުގަނޑުމެންނަށް މަސްވެރިންނަށް އެއްވެސް ކަހަލަ އުފާވެރި ޚަބަރެއް މަނިކުފާނަށް ދެއްވެން އެބައޮތްތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ވަރަށް އުފާވެރި ޚަބަރު އިނގޭތޯ. އަޅުގަނޑު ހަމަ ވަރަށްގިނަވާނެ، އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑު ދެންނެވިން. އަޅުގަނޑު މިއައީ އައިސްލެންޑް ކިޔާ ރަށަކަށް ގޮއްސައޭ. އެރަށުގައި ތިބެނީ ތިންލައްކަ މީހުން. އެރަށުގައި އެއީ، މުޅި ޔޫރަޕްގައި އޮތް އެންމެ މުއްސަނދި އެއް ޤައުމު. އެއީ އެދެރަށު މީހުން ކުރަނީ ދެކަންތައް. އެއްކަމަކީ މަސްބޭނުން. އަނެއްކަމަކީ ތެލާ ނުލާ ކަރަންޓް އުފެއްދުން. އެ ދެކަން ކޮށްގެން އެމީހުން މުޅި ދުނިޔޭގައި ތިބި އެންމެ ތަނަވަސްކޮށް އުޅޭ އެއްޤައުމަށްވެފައި އެތިބީ. އެހެންވީމާ، މަސްވެރިކަން ތަރައްޤީ ކުރުމުގެ މުހިންމުކަން ވަރަށްބޮޑު. އަޅުގަނޑުމެން މިހާރު މިބާނަނީ އެވްރެޖްކޮށް އެއްލައްކަ ސާޅީސް ހާސް ޓަނު މަސް. އެކަމަކު ކަންނެއްޔާއި ރާއްޖޭގެ ކަނޑުން ލިބެން މިހުރި މަސްމަހުގެ ބާވަތްތަކަކީ އަދި މާ އަގުހުރި ބާވަތްތަކެއް. މިސާލަކަށް އައިސްލެންޑް ވަށައިގެން ހުރި މަހަށްވުރެ. އެހެންވީމާ، އަޅުގަނޑުމެން މަސްވެރިކަމަށްދޭ އަހަންމިއްޔަތުކަން މިކަމުގައި ވަރަށްބޮޑުވާނެ. އަދި މަސްވެރިކަމުގައި އިތުރު ޓެކްނޯލޮޖީއާއި، އެ ޞިނާޢަތް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި، މިހާރަށްވުރެ އިންޑަސްޓްރިއަލް ގޮތެއްގައި ކުރިއަށް ގެންދިޔުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން. އިރާދަކުރެއްވިއްޔާ މި ލިބޭ އެއްޗެއްގެ ވަރަށްބޮޑު ބައެއް ޚަރަދުވެގެންދާނީ މަސްވެރިކަން ތަރައްޤީ ކުރުމަށް. ވާރލްޑް ބޭންކުން އެބަ ވިދާޅުވޭ، ސީދާ މިވަގުތުން ވަގުތަށް މި ޢަދަދުތައް އަޅުގަނޑުމެން ނުކިޔާންވީ ސަބަބު.

Ms Naoko Ishii, World Bank Country Director:

I just would like to provide some clarification or explanation.

In order for us – us meaning government and us – to make a breakdown opened, we have to have a consent from everybody. Because some of the donors actually provide only the indicative numbers and some of the donors still need their cabinet approval and some agencies have done so. There are a lot of, you know, very firm numbers to some with very indicative numbers. And some of them may actually embed some political questions if it goes open. So because of those reasons, usually, whenever this kind of forum takes place, if at the end of the session, if we need to make those numbers open, we have to ask everybody if it is ok or not ok. And we didn’t take that place this time, simply because this is the first of such a forum and not all but some donors don’t feel necessarily comfortable about their numbers becoming open. So for that understanding, this time we didn’t take that step. So that’s the reason that the government is not able to make it open at this time.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ނަޔޮކޮ ވިދާޅުވި ވާހަކަ ކުރުގޮތަކަށް ދަންނަވަންޏާ އަޅުގަނޑަށް ދެންނެވޭނީ، އެވިދާޅުވަނީ ހުރިހާ ޤައުމުތަކަކީ އެހާ ކަލަގޮވަން ބޭނުންވާ ޤައުމުތަކެއް ނޫނޭ. އެހެންވީމާ، އަޅުގަނޑު އަދި އެއްޗެއް މީހަކަށް ދިނެއްކަމަކު ތިމަންނާ ދިނީމޭ ދިނީމޭ އެހެން ބުނަމުންދާކަށް ބައެއް ބޭފުޅުން މާބޮޑަކަށެއް ނޭދެއޭ.

ދެން އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން. އަޅުގަނޑުގެ ނަޒަރުގައި މިއީ އަޅުގަނޑުމެންނަށް ވަރަށް އުފާވެރި ދުވަހެއް. އަޅުގަނޑު ނިންމާލުމުގެ ކުރިން ޔޫ.އެން. ސިސްޓަމްގެ ފަރާތުން މަންޞޫރުގެ ކިބައިން ކުޑަ އެއްޗެއް ވިދާޅުވެދެއްވުމަށް އެދޭނަން.



Mr Mansoor Ali – Acting Resident Coordinator

Thank you very much. I think, I tried to follow some of the Dhivehi words.

I believe that this whole effort has been very rewarding for all of us and particularly for the government of Maldives.

The question that was asked about the transparency and accountability, I think each agency come with their own criteria for ensuring accountability and transparency and nobody would let their money just go into the wrong hands. Secondly, the process that the new government has started is fairly open and reasonably accountable, that it responds.

I just want to add one more point from the UN side that if we advance money for any project through the government there is a response that is required in terms of liquidation at the end of the three month period or six month period depending on the type of activity. If it does not come back in terms of accounts and accountability or reports or whatever their output is, then any further grant is not made. So it is not that it is a free flowing river you can just pickup anything and go away with it. It is not so easy. And I think as we progress during this new momentum that we have now created with the strategic action plan and the monitoring and evaluation framework that will be hopefully in place and the costing that the World Bank and the other colleagues are trying to do together, this make a very solid punch for moving towards development of those priorities that the government has already articulated.

I think we are on a good wicket and as Maldivians, we should be thankful that there has been a tremendous response of the donor community and the development partners. Let is recognize when we see a good thing and I think a good thing has just happened. So wish you the very best.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑު ވަޙީދު އަރިހުން އެދޭނަން ހަމަ ނިންމާލުމުގެ ކުރީގައި ވަޙީދު ދެތިން އެއްޗެއް ވިދާޅުވެދެއްވުމަށް.

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު:

ޝުކުރިއްޔާ ރައީސް. އަޅުގަނޑު ހަމަ ވަރަށް ކުރުކުރުކޮށް އެއްޗެއް ދަންނަވަން ބޭނުންވަނީ. އެއީ އަޅުގަނޑު ދެކޭގޮތުގައި މިއަދު އަޅުގަނޑުމެންނަށް ފެނިގެންދިޔަ މަންޒަރަކީ، މިއީ މި ސަރުކާރަށާއި އަދި ދިވެހި ރައްޔިތުންނަށް، ދުނިޔޭގެ އެހެން ޤައުމުތަކުންދޭ އިތުބާރު ވަރަށް ސާފުކޮށް ދައްކުވައިދޭ ކަމެއް. އެކަމަށްޓަކައި އަޅުގަނޑުމެން އުފާކުރަންޖެހޭ اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ކުރަންޖެހޭ. އަދި ހަމަ އެއާއެކީގައި އަޅުގަނޑުމެން ކުރަންޖެހޭ ކިތަންމެ މަސައްކަތްތަކެއް އެބަހުރި. އެހެންވީމާ، މި ޕްލެޖްތައް މިހެން ލިބުނު ކަމުގައިވި ނަމަވެސް، އެ ޙަޤީޤަތަކަށް ހެދޭނީ ކުރިން ރައީސްވެސް ވިދާޅުވިފަދައިން ވަރަށް ބުރަ މަސައްކަތްތަކެއް އަޅުގަނޑުމެންވެސް ކޮށްގެން. މިމަޝްރޫޢުތައް ހިންގުމަށްޓަކައި އަޅުގަނޑުމެންގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް ވަރުގަދަކޮށްގެން. އަދި ހަމަ އެހެން އިތުރަށް އެހީދޭން ބޭނުންވާ ފަރާތްތަކާ ހަމަ މާދަމާއިން ފެށިގެންވެސް އަޅުގަނޑުމެން އެބޭފުޅުންނާ އެކީގައި މަސައްކަތް ކޮށްގެން. އެހެންވީމާ، އަޅުގަނޑުމެން އުންމީދު ކުރަން. ހަމަ އަޅުގަނޑުމެން ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި ބޭރުގެ ފަރާތްތަކުން ބޭނުންވާ ހަމަ ހުރިހާ އެހީއެއްވެސް އަޅުގަނޑުމެންނަށް ލިބޭނެ ކަމަށް. ދިވެހި ރައްޔިތުންނަށާއި ދިވެހި ސަރުކާރަށް، މިތަނަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުންގެ ހިތްޕުޅުގައިވެސް ވަނީ ވަރަށްވެސް ޚާއްޞަ ޤަދަރެއް. އެބޭފުޅުން އަޅުގަނޑުމެންނަށް ވަރަށްބޮޑު ޔަޤީން ކަމަކާއި އިތުބާރެއް ދެއްވައިފި ކަމަށް އަޅުގަނޑު ދެކެން.

ދެން އަޅުގަނޑު ނިންމާލުމުގެ ކުރިން އަޅުގަނޑުމެންނަށް ރައީސް ދެއްވި އިރުޝާދުތަކާއި، އަދި މިކަމުގައި ރައީސްވެސް ވަރަށްބޮޑު މަސައްކަތެއް ކުރައްވައިގެން، ވަރަށްގިނަ ޤައުމުތަކަށް ދަތުރުފުޅު ކުރައްވައިގެން، މި ނަތީޖާ މިގޮތަށް މިނެރެވުނީ. އަދި ހަމަ އެހެން އޭގެއިތުރުން، މިނިސްޓަރ އޮފް ފައިނޭންސް، މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ސްޕެޝަލް އެންވޯއި ޓު ދަ ޕްރެޒިޑެންޓް، އަދިވެސް އަޅުގަނޑުމެންގެ ފޮރިން މިނިސްޓްރީގެ އިސްބޭފުޅުންނާއި، އަދި ރާއްޖެއިން ބޭރުގެ އެކިއެކި އެމްބަސީތަކުގައި މަސައްކަތް ކުރައްވާ އަޅުގަނޑުމެންގެ ސަފީރުންނާއި މުވައްޒަފުން، މިހުރިހާ ބޭފުޅުންވެސް ވަރަށްބޮޑު މަސައްކަތެއް ކުރައްވައިގެން އަޅުގަނޑުމެންނަށް މި ނަތީޖާ މިނެރެވުނީ. އެހެންވީމާ، އެހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑުމެން ޝުކުރު ދަންނަވަން ޖެހޭނެ.

والسّـلام عليـكم.
_______________________