بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑު ގާތުން ޙަޤީޤަތުގައި ނޭދޭ އިނގޭތޯ މިތާ އެއްޗެއް ބުނާކަށް. ދެން އެހެންނަމަވެސް، އަޅުގަނޑަށް އެއްވެސް އޮޅުމެއްނެތި، ޝައްކެއްވެސްނެތި، ވިސްނާލުމެއްވެސް ނެތި ޙަސަންދީއާ ގުޅޭގޮތުން ދަންނަވަން އޮތް ވާހަކަ ހަމަ ވަރަށް ސާފު. އަޅުގަނޑެއް ނުދެކެން، އަޅުގަނޑު ދަންނަން ރާއްޖޭގެ ވަރަށް ގިނަ މީހުން. އަޅުގަނޑަކާ ދިމައެއް ނުވޭ ރާއްޖެއަކުން ޙަސަންދީއާ އެއްވަރަށް އަމިއްލަ އެދުމެއް އެއްގޮތަކަސްވެސް ނެތް ބޭފުޅެއް. އަދި އެބޭފުޅާގެ 3 ބޭފުޅުންނާ އެއްވަރަށްވެސް އެކަން ހުރި ދެވަނަ ބައެއް، ދެވަނަ ޢާއިލާއެއް، ދެވަނަ ގެއެއް މި ރާއްޖެއަކުން އަޅުގަނޑެއް ނުދެކެން.

އަޅުގަނޑު މިދަންނަވާހެން އަޅުގަނޑަށް ވަދެވިއްޖެ، ރާއްޖޭގެ ވަރަށް ގިނަ ގޭގެއަށް. އަޅުގަނޑަށް ދެވިއްޖެ، ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް. އަޅުގަނޑާ ބައްދަލުވެއްޖެ، ރާއްޖޭގެ ވަރަށް ގިނަ މީހުންނާ. އަޅުގަނޑު ދުވަހަކުވެސް މިދަންނަވާހެން ނުދެކެން، އަމިއްލަ އެދުމެއް ނެތް ބޭފުޅުންކޮޅެއް އުޅުއްވާ ޢާއިލާއެއް ނ.ތ. ޙަސަންދީދީގެ ބޭފުޅުންހާ. ދެން އަޅުގަނޑަކަށެއް ނޭނގެ، ޙަސަންދީއަށާއި އަދި އެގޭ ބޭފުޅުންނަށް އިންޞާފު ކުރެވެނީ ކަމެއް. އެހެންނަމަވެސް، އަޅުގަނޑަށް ފެންނަ ފެނުމުގައި އަޅުގަނޑަށް އެގޭ ބޭފުޅުން އެނގޭ ގޮތުގައި އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ މިއީ.

އަޅުގަނޑު މިރޭ ވަރަށް އުފާވެއްޖެ، އަޅުގަނޑަށް އާދެވުނީތީވެ. އަޅުގަނޑު ދެރަވޭ ގަޑިއަށް ނާދެވުނީތީވެ. އެހެންނަމަވެސް، އާދެވުނީތީ އަޅުގަނޑު ވަރަށް އުފާވޭ. ދެން ޙަސަންދީގެ މި މަސައްކަތް އެކި ދުވަސްވަރު އެކިއެކި ތަންތަންކޮޅުން އަޅުގަނޑުމެންނަށް ފެންނަމުންދޭ. ދެން ދޭތެރެ ދޭތެރެއިން އަބަދުވެސް ޙަސަންދީއާ ބައްދަލުވޭތޯ އަޅުގަނޑުވެސް ބަލަން. އަދި އެގޭ ބޭފުޅުންނާ ޢާންމުކޮށް އަޅުގަނޑާ ބައްދަލުވެވޭ. އަޅުގަނޑު ވަރަށް ބޮޑަށް ޙަސަންދީއަށާއި އަދި އެގޭ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

والحمد للّـه. والسّـلام عليـكم.