بســم اللّـه الرّحمـن الرّحيــم

ޕާމްބީޗް ރިޒޯޓުގެ މެނޭޖްމަންޓާއި އޯނަރުން، ކޯވަދިލަ ސްޕޯޓާގެ ހުރިހާ ބޭފުޅުން، ހިންނަވަރު އަދި ފާދިއްޕޮޅުގެ އެންމެ ރައްޔިތުން،

السّـلام عليـكم

އަޅުގަނޑުވެސް މިއަދަކު ގިނަވަގުތެއް މިތަނަކު ނުނަގާނަން. އަޅުގަނޑުމެން މިހާރު މިއެދެނީ، ބޯޅަމެޗް އަވަހަށް ފެންނާނެ ގޮތެއް. އަޅުގަނޑު މި ފިކުރުކުރަނީ، މިއަދުގެ މެޗުގައި ހިންނަވަރު ޓީމާއި ޕާމްބީޗް ޓީމާ ކުޅެ، މިދަނޑު ހުޅުވިގެންދާއިރުގައި މިދަނޑުގެ ސަބަބުން އަޅުގަނޑުމެންގެ ރާއްޖޭގެ ކުޅިވަރުގެ ތަރައްޤީއަށް ލިބިގެންދާނެ ފައިދާއާއި މަންފާއާ ގުޅޭގޮތުން. އަޅުގަނޑަށްވުރެ މާ ސާފުކޮށް، އެތައް ބޭފުޅުންނެއް މިތަނުގައި ވާހަކަ ދައްކަވައިފި. އަޅުގަނޑު މިތަނުގައި ގިނައިރު ކުރާކަށް ހަމަ އެއްގޮތަކަށްވެސް ނަހަދަން. އަޅުގަނޑު އަނެއްކާވެސް ހަމަ ފަށްފަށުން އިޓަލީގެ އެންމެހާ ރައްޔިތުންނަށްވެސް މިކަމުގައި އަޅުގަނޑުމެން ޝުކުރު ދަންނަވަން ބޭނުން.

އަދި ކުޑަކުޑަކޮށް ދަންނަވާލަން ބޭނުން، މިކަން ހިނގަމުން އައިއިރުގައި ކަންދިމާވިގޮތް. ހަނދުމަފުޅު ހުންނާނެކަންނޭނގެ، މިދިޔަ އަހަރު މިހާކަށްހާތަނުގައި ފެބްރުއަރީމަސް އެހާތަނުގައި އަޅުގަނޑުމެން ދިޔައިން، އިޓަލީއަށް ދަތުރެއް. އެ ދިޔަ އެދަތުރުގައި އަޅުގަނޑުމެންނާ މިބޭފުޅުންނާ ބައްދަލުވެ، ކުރީއްސުރެ ފަށައިގެން އަޅުގަނޑުމެން ކޮންމެވެސްވަރަކަށް ދަންނަ ބޭފުޅުންކޮޅެއް. އެބޭފުޅުންނާ ބައްދަލުވެ، އެބޭފުޅުން ނިންމެވި ނިންމެވުމެއް މިއީ، މިތަނުގައި ދަނޑެއްހަދައި، ތިޔަ ރައްޔިތުންނަށް އެ ދަނޑު ހަދިޔާ ކުރުން. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑުމެން އެބޭފުޅުންނަށް ނުހަނު ޝުކުރު ދަންނަވަން.

އަޅުގަނޑު މިއަދު ވަރަށް އުފާވޭ، އަޅުގަނޑުމެންނާ އެކުގައި މި ޙަފްލާގައި އިޓަލީގެ ފޮރިން މިނިސްޓަރުގެ ނައިބު ވަޑައިގެން އިންނެވިކަން. އެބޭފުޅާވެސް އަޅުގަނޑުމެންނާ އެކުގައި މިމެޗް ބައްލަވަން އެބަ އިންނެވި.

Just before I conclude, I would like to thank Palm Beach management and the Italian people for this very generous gift to the people of the Maldives.

Of course, this is going to go a long way in assisting us in our development of sport and also in our youth development.

It indeed is a great pleasure to be here to watch this match today.

Thank you very much.
__________________