بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

The Vice President; Minister of Education and Japanese Ambassador to the Maldives; JICA representatives; the students; the principal; and, the teachers of the school:

Good morning

Of course, it’s a happy day when you are able to start a new school. It is more when you are also able to start a new girl’s school. The Ambassador has highlighted the importance of the girl child. There is no doubt about that. We would like to thank the Japanese government and its good people for this donation. We would also like to point out the very efficient role, function that JICA is playing in the development of this country, not only on education but in many other fields as well. Unlike many other donations and unlike many other grants from variety of countries, Japanese aid is very well managed by the resident JICA community in the Maldives. Very often we see that many aid projects lack the necessary management and organisation to deliver it, this is indeed not because of only the donors lack or rather it holds upon the government as well to properly manage and deliver aid and grants.

The people of Japan has decided the best way to go forward about this is to have their own people here working very closely with the officials of the government of Maldives. We feel that this has produced results and it has delivered many very efficient Japanese projects. The minister just highlighted some of the work done in the field of the education, but I am sure we are all aware of the other very appreciated work done by the government of Japan. We hope and we believe this assistance and corporation and this friendship will get strengthened as we move forward.

I would like to congratulate the new Japanese Prime Minister, I believe who would be taking office today. Japan, like us, has had elections recently and Japan is in the process of transferring power, of cause in a well trenched democracy, this is not a very difficult task. But in tender democracies it can be an issue. I don’t necessarily want to go into democratic issues, there are some points that I would rather like to highlight, and with the consent of the Ambassador and other foreign invitees, I would like to continue the rest of my speech in Dhivehi.

Before I do that thank you again, Ambassador.


އަޅުގަނޑުމެންނަށް ޖަޕާން ސަރުކާރުގެ އެހީތެރިކަމާއި، ޖަޕާން ސަރުކާރުގެ އޯގާތެރިކަން ވަރަށް ސާފު. އަޅުގަނޑުމެންނަށް އެހީތެރިވާ ޤައުމުތަކުގެ ތެރެއިން އަދި ފަރާތްތަކުގެ ތެރެއިން އެހާ ހިތްތިރިކޮށް، އެހާ އިޚްލާޞްތެރިކަމާއި އޯގާތެރިކަމާއެކީގައި އެކަން ކުރާ ބަޔަކު އަޅުގަނޑަށް މިފެނުނު ކުޑަ ނުވަ މަސްދުވަހުގެ ތެރޭގައި ހޯދަން ވަރަށް ދަތި. އަޅުގަނޑުމެންނަށް ޖަޕާން ސަރުކާރުން ދެއްވާ އެއްޗެއް ދެއްވާއިރުގައި، އެބޭފުޅުން އެކަން ކުރައްވަނީ ހެޔޮހިތުންކަން، ހެޔޮ ނިޔަތުގައިކަން އަޅުގަނޑުމެންނަށް ވަރަށް ސާފު. އެހެންވީމާ، އަދި ޚާއްޞަކޮށް އެހެންވީމާ އެ އެހީތެރިކަމުގެ ބޭނުން އޭގެ ރަނގަޅު ގޮތުގައި ފުރިހަމަ ގޮތުގައި ހިފުމަކީ، ވަރަށް މުހިންމު ކަމެއް. މި މަދަރުސާގެ ބޭނުން ރަނގަޅަށް ހިފުމަށް އެހީތެރިކަން ބޭނުންވަނީ ނުވަތަ ޙަރަކާތްތެރިކަން، މަސައްކަތް ބޭނުންވަނީ ހަމައެކަނި ދަރިވަރުންގެ ކިބައަކުންނެއް ނޫން. ޓީޗަރުންނާއި، ބެލެނިވެރިންނާއި، ސަރުކާރާއި އަދި މިހިސާބުގަނޑާއި، މާފަންނު މި ސްކޫލް މިހުރި ސަރަޙައްދުގައި ދިރިއުޅޭ މީހުންނާ އެކީގައި ނޫނިއްޔާ އަޅުގަނޑުމެން މިބޭނުންވާ ނަތީޖާ، މި މަދަރުސާއިން ނެރެން ދަތިވާނެ. ރަނގަޅަށް އަޅުގަނޑުމެންނަށް ކަންތައް ކުރެވޭނެ. އެކަމާ ދޭތެރެއަކު، އެކަމާ ގުޅޭގޮތަކުން އަޅުގަނޑު ކުޑަކޮށްވެސް ޝައްކެއްނުކުރަން. ޚާއްޞަކޮށް، ތިޔަ ކުދިންނަށް އެކަން ފުރިހަމައަށްވާނެކަން އަހަރުން އަހަރަށް ކުދިން ތިޔަ ގެންދަނީ ދައްކަމުން. އެހެންވީމާ، ހިރިޔާ ސްކޫލްގައި މަސައްކަތްކުރާ ނުވަތަ ކިޔަވާ ކުދިންނަށް މީގެކުރީގައި ހޯދި ނަތީޖާއަށްވުރެ ރަނގަޅު ނަތީޖާ ހޯދުމަކީ އަޅުގަނޑު ހިތުން މާބޮޑު އުނދަގުލަކަށް ނުވާނެ.

ތަޢްލީމީ ޙަޔާތަކީ ހަމައެކަނި ކިޔެވުމެއް ނޫން. ތަޢްލީމީ ޙަޔާތުގެ ބޮޑު ހަމައެހެންމެ އެހާމެ މުހިންމު ބަޔަކީ އިތުރު ޙަރަކާތް، ކުޅިވަރު، އަދަބިއްޔާތު، ވާހަކަ ދެއްކުން، ލިޔުން، ކިޔުން. މިހެންގޮސް އަޅުގަނޑުމެންގެ ޙަޔާތާ، އާދައިގެ މީހެއްގެ ޙަޔާތާ ގުޅިފައި އެވާ އެންމެހާ ކަންކަން. އަޅުގަނޑަށް ޔަޤީން، ޕްރިންސިޕަލްވެސް އަދި ޓީޗަރުންވެސް މި ސްކޫލްގެ ދަރިވަރުންނަށް އަންގައިދެވޭތޯ ބަލަމުން ގެންދާނީ، ހަމައެކަނި އިމްތިޙާނުން ފާސްވުމެއް ނޫން. އެއީ، އަޅުގަނޑަށް ފެންނަ ފެނުމުގައި އިމްތިޙާނުން ފާސްވުމަކީ މުހިންމު ކަމެއް. އެހެން ނަމަވެސް، އެއްގޮތަކަށްވެސް އަޅުގަނޑު އުންމީދު ކުރަން ބެލެނިވެރިންވެސް އަދި ދަރިވަރުންވެސް ދެކެވަޑައިނުގަންނަވާނެކަން ތަޢްލީމީ ޙަޔާތެއްގެ ހުރިހާ ކަމަކީ ކިޔެވުން ކަމަކަށް. ކިޔެވުމޭ މިދަންނަވަނީ ފޮތުން ކިޔަވާ ކިޔެވެލި. އޭގެއިތުރުން، އަޅުގަނޑުމެންނަށް ތަޢްލީމީ ޙަޔާތުގައި އެނގޭ ހުރިހާ ކަމަކީ ހަމަ އަޅުގަނޑުމެންނަށް ތަޢްލީމެއްގެ ގޮތުގައި ލިބޭ ޢިލްމު، ލިބޭ ހުނަރު، ލިބޭ ތަޖުރިބާ. އެ ތަޖުރިބާ އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑުމެން ހަރުދަނާ މީހުންނަށްވުމަށް، ރަނގަޅު މުސްތަޤްބަލެއް ބިނާކުރުމަށް ވަރަށް މުހިންމު. އަޅުގަނޑަށް ވަރަށް އުނދަގޫ ތިޔަބޭފުޅުންގެ މުސްތަޤްބަލް، މީގެ ދިހަ އަހަރުފަހުން އޮންނާނީ ކިހިނެއްބާއޭ ހިތާ ވަކި އެއްޗެއް ދަންނަވަން.

އަޅުގަނޑު ހަމަ ވަރަށް އެބަ ހިތަށްއަރާ. މީގެ މާގިނަ ދުވަހެއް ނޫން، ފަންސަވީހަކަށް، ތިރީހަކަށް އަހަރު ކުރީގައި އަޅުގަނޑުމެން ސްކޫލްގައި ތިބޭއިރު ހަމަ މިބާވަތުގެ ޖަލްސާ ވަރަށް ގިނައިން ބޭއްވޭ. ދެން އަޅުގަނޑުމެންވެސް ފަހަތުގައި އެހެން ކުޑަކޮށް ފޫހިވެގެން ތިބެން. ދެން ބައެއްފަހަރަށް ދައްކާ ވާހަކަ އަޑުވެސް އަހަން. އަޅުގަނޑަށް އެނގޭ، ދެން ތިޔަބޭފުޅުންވެސް ބައެއްފަހަރަށްކަން. މާބޮޑަކަށް އަޅުގަނޑުމެން ދައްކާހާ ވާހަކައެއް އަޑުއަހަމުން އެހެން ނުގެންދެވޭނެކަންވެސް. އެހެން ނަމަވެސް، އުންމީދު ކުރަން، ކޮންމެވެސް މިންވަރަކަށް އަދި ޔަޤީން ކުރަން އެނގޭ ކޮންމެވެސް މިންވަރަކަށް އަޑު އައްސަވާނެކަން. އެއީ، އަޅުގަނޑު ޝައްކެއްނުކުރަން. އަޅުގަނޑުމެންވެސް ވަގަށްނަމަވެސް ކޮންމެވެސް މިންވަރަކަށް އަޑުއަހަން. ދެން އަޑުނާހާ ކަމަށް ހެދިގެން ތިބެގެންވެސް އަޑުއަހަން.

އަޅުގަނޑުމެންނަށް ރަނގަޅު ޙަޔާތެއް ބިނާކުރާއިރުގައި، ދެން ސަރުކާރުން ތިޔަބޭފުޅުންގެ ދިރިއުޅުން މީގެ ދިހަ ފަނަރަ އަހަރު ފަހުން އޮންނާނީ މިވެނި ތައްގަނޑަކަށޭ ބުނެ، އެ ތައްގަނޑަކަށް ލަންބަން ވަރަށް އުނދަގޫ. އަދި ހަމަގައިމުވެސް އެއީކީއެއް އަޅުގަނޑު ކުރާހިތްވާނެ ކަމެއް ނޫން. އަޅުގަނޑުމެން ބޭނުމީ ތިޔަބޭފުޅުން އަމިއްލަ ޙަޔާތެއް ހޯދަން. ސަރުކާރުން ކޮށްދެވޭނެ ކަމަކީ، އެޙަޔާތް ހޯދުމަށްޓަކައި ބޭނުންވާނެ ފުރްޞަތުތަކާއި، ބޭނުންވާނެ ވަސީލަތްތައް ހޯދައިދެވޭތޯ މަސައްކަތް ކުރުން. އަޅުގަނޑުމެން އެދޭ ޙަޔާތް ނޫން ހިތްހަމަޖެހޭ ދިރިއުޅުމެއް އަޅުގަނޑުމެންގެ ޓީންއޭޖްގައިވެސް އަދި ވިހި ފަންސަވީހަށް އެރީމަވެސް، ތިރީސް ސާޅީހަށް ދިޔައީމާވެސް އަޅުގަނޑުމެން އެދޭ ޙަޔާތް އަޅުގަނޑުމެންނަށް ނުލިބިއްޖެނަމަ، އެއިން ގެއްލުންވަނީ ހަމައެކަނި ތިމާ މީހާއަކަށެއް ނޫން. މުޅި މުޖްތަމަޢަށް. އެއްވެސް މީހަކީ ވަކި މީހެއް ނޫން. ކޮންމެ މީހަކީވެސް އެތައް ބަޔަކާ ލާމެހި ގުޅިފައި ހުރި މީހެއް. ތިމަންނާ މިއީ ތިމަންނާގެ އަމިއްލަ މީހާއޭ ބުނެ، ހަމައެކަނި ތިމާވެގެންދާން އަޅުގަނޑަށް ހީވަނީ މިދުނިޔޭގައި ދަތިވާނެހެން. އަޅުގަނޑަކަށްވެސް ތިޔަބޭފުޅުންނަކަށްވެސް އަދި މިހޯލެއް ނޫން، މި ރާއްޖެއެއް ނޫން، އިންސާނީ ތަޖުރިބާ އަޅުގަނޑުމެންނަށް ވަރަށް ސާފު ދައްކާފައިވާލެއް. ތެދުފުޅެއް، ދުނިޔެ މިއަންނަނީ ހަމައެކަނި. އެހެން ނަމަވެސް، އެއަށްފަހު ދުނިޔޭގައި މިވާ އެންމެހާ ކަންކަން ގުޅިފައި މިހުންނަނީ އެންމެން އެކުގައި އުޅެވޭނެ ގޮތެއް ހޯދުނީމާ. އެ އެކުވެރިކަމާއި އެ ދުރުވިސްނުމާއި، އެ ޙަޔާތް ނުލިބިއްޖެނަމަ، އަޅުގަނޑު މި އިޝާރާތްކުރި ފަދައިން ގެއްލުންވެގެން މިދަނީ ހަމައެކަނި އަޅުގަނޑުމެން އަމިއްލަ މީހާއަކަށް ނޫނޭ. މުޅި ހުރިހާ އެންމެންނަށްވެސްމެއޭ.

ޑޮކްޓަރ ލުޠުފީ ފާހަގަކުރައްވައިފި. އަޅުގަނޑު ދެތިން ނުކުތާއެއް ފާހަގަކުރަން ހިތުލައި މިއަދު އައީ. އަޅުގަނޑު އުންމީދު ކުރަން، މި ރޯދަމަހު މި މާބޮޑު ބުރައަކަށް ނުވާނެކަން. އަދި އަޅުގަނޑު އެއަށްވުރެ ބޮޑަށް އުންމީދު ކުރަން، އަޅުގަނޑަށް މި އަދި މާބޮޑު ބުރައަކަށް ނުވާނެ ކަމަށް. ޑޮކްޓަރ ލުޠުފީ އިޝާރާތް ކުރައްވައިފި. އަޅުގަނޑުމެން ރާއްޖޭގައި ސްކޫލަކަށް ދަރިވަރަކަށް މިދެވެނީ، ލިބެނީ، ޖެހެނީ ބާރަސަތޭކަ ފަންސާހޭ. އޭގެތެރެއިން ހަތްދިހަ ޕަސެންޓް އަޅުގަނޑުމެން ދޭންޖެހެނީ މުސާރައަށް. ފުރަތަމަ ކަމަކަށް ބާރަސަތޭކަ ފަންސާސް ރުފިޔާއަކީ އެހާ މަދު އެތިކޮޅެއް މަހެއްގެ މައްޗަށް ކިޔަވަން. އަޅުގަނޑަށް ޔަޤީން، ގިނަ މައިންބަފައިންގެ އަތުން މަހެއްގެ މައްޗަށް ތިންހާސް ރުފިޔާ ތަޢްލީމަށް ޚަރަދުވާނެ. ސަރުކާރަށް މިހާރު ފެންނަ ފެނުމުގައި މަހެއްގެ މައްޗަށް ތިންހާސް ރުފިޔާ، ތިންހާސް ފައްސަތޭކަ ރުފިޔާ ކޮންމެ ދަރިވަރަކަށް ބެލެނިވެރިން އެބަ ގާތްގަނޑަކަށް ޚަރަދުކުރޭ. ހިތާމައަކީ އަޅުގަނޑުމެންގެ އާބާދީގެ އެއްލައްކަ ހަހާސް ހަތަރުސަތޭކަ ބައްތިރީސް މީހުންނަކީ ފަޤީރުން. ދުވާލަކަށް އެކާވީސް ރުފިޔާ ނުލިބޭ ނިކަމެތި ފަޤީރުން. މަހެއްގެ މައްޗަށް ހައެއްކަ ސަތޭކަ ރުފިޔާ، އެއީއަކީއެއް އަޅުގަނޑުމެންނަށް ދިރިއުޅެވޭނޭ މިންވަރެއް ނޫން. އެއީއަކީއެއް އަދި ޚާއްޞަކޮށް، ދަރިފުޅަކު ސްކޫލަށް ފޮނުވައިގެން ރަނގަޅު ކިޔެވުމެއް ހޯދައިދެވޭނޭ މިންވަރެއް ނޫން.

އަޅުގަނޑު ދެރަވަނީ އަޅުގަނޑަށް އެނގޭ. ރާއްޖޭގައި ތަޢްލީމު ޙާޞިލުކުރާ ދަރިވަރުންގެ ތެރެއިން އެއީ ނުވަދިހަ ތިންހާސް ދަރިވަރުންނޭ، އަޅުގަނޑަށް އެންމެފަހުން މަޢްލޫމާތު ލިބިފައި އޮތީ. އޭގެ ދެބައިކުޅަ އެއްބައި ދަރިވަރުންނަކީ ނުވަތަ ތިންބައިކުޅަ އެއްބައި ދަރިވަރުންނަކީ، މިދަންނަވާ ނިކަމެތި ފަޤީރު ކުދިން. އަޅުގަނޑުމެންނަށް އެކުދިންނާ އަޅާނުލެވި ދޫކޮށްލެވިއްޖެނަމަ، އަޅުގަނޑުމެންގެ ރާއްޖެއަކަށް، އަޅުގަނޑުމެންގެ މުސްތަޤްބަލަކަށް އުޖާލާކަމެއް ނުލިބޭނެ. ވަރަށް މުހިންމު، ނިކަމެތި ކުދިންނާ ޚާއްޞަ ގޮތެއްގައި އަޅާލެވޭނެ ގޮތެއް ހޯދުން. މިދަންނަވާހެން އަޅުގަނޑުމެން އެންމެންވެސް ދުނިޔެއަށް އައީ ހަމަ އެއްވަރަށް، އެކަނި، ހަމަ ހަމަހަމަކޮށް. އެހެން ނަމަވެސް، އިސާހިތަކު އެކަކަށް މިލިބެނީ ދުވާލެއްގެ މައްޗަށް އެކާވީސް ރުފިޔާ. އަނެކަކަށް ހަމަ ލިބިދާނެ އެކާވީސްހާސް. މި ބޮޑު ފަރަޤު، މި ބޮޑު ތަފާތު އަޅުގަނޑުމެންގެ ޙަޔާތުގައި އުފެދެމުން ދިޔައީމާ ދެން މުޖްތަމަޢެއް ރަނގަޅު ކުރަން ބިނާކުރަން ވަރަށް އުނދަގޫވޭ.

އަޅުގަނޑަށް އެނގޭ ތިޔަކުދިންގެ ތެރެއިން ކޮންމެވެސް ކުދިންނެއް، ވަރަށްގިނަ ޢަދަދެއްގެ ކުދިން މަގުން ކައްސާލާ. ރަނގަޅު ނަތީޖާއެއް ޙަޤީޤަތުގައި ހޯދައި، މަދަރުސާ ނިންމައިގެން މަތީ ތަޢްލީމަކާ ހަމައަށް ނުދެވޭ. އެއްވެސް ޙާލެއްގައި އެކަށީގެންވާ ޢަދަދަކަށެއް ނުދެވޭ. އަޅުގަނޑުމެން މި އެދޭ އަނެއް ދިވެހިރާއްޖެ އަޅުގަނޑުމެން ހޯދަނީނަމަ، އަޅުގަނޑުމެން އުންމީދު ކުރަނީނަމަ، މިމަގުން ހިނގައިގެނެއް އަދި އަޅުގަނޑުމެންނަކަށެއް މިކަންވާކަށެއް ނެތް. އަޅުގަނޑުމެންގެ ތެރެއަށް ވަރަށް ބައިވަރު، ވަރަށް ބޮޑެތި ސިޔާސީ ބަދަލު އައި ވާހަކަ ތިޔަކުދިން އަޑުއަހާފައި އޮންނާނެ. އެއީ، ވެރިކަން ބަދަލުވެއްޖެއޭ. ޤާނޫނުއަސާސީ އިޞްލާޙު ކުރެވިއްޖެއޭ. ދައުލަތުގެ ބާރުތައް ވަކިކުރެވިއްޖެއޭ. އުއްތަމަ ފަނޑިޔާރާއި، ރައްޔިތުންގެ މަޖިލީހާއި، ސަރުކާރު ހިންގުމަކީ ތިން ތަފާތު ބާރޭ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާ، މިބާވަތުގެ އެތައް އެތައް ކަމެއް މުޅިން ތަޢާރުފުވެއްޖެއޭ. ޓީ.ވީ، ރޭޑިއޯ، ނޫސްތަކުން އަޅުގަނޑަށް ޔަޤީން. އަދި އިވޭ އަޑުތަކުން މިކަންކަން ކޮންމެވެސްވަރަކަށް ނަމަވެސް ސާފުވެފައިވާނެ. އެހެންނަމަވެސް، އެބަދަލަކުންނެއް އަދި އަޅުގަނޑުމެން މިއެދޭ ޙަޤީޤީ ބަދަލު ނެރެވޭކަށެއް ނެތް. އިޖްތިމާޢީ، އިޤްތިޞާދީ ކަންކަމަށް ގެންނަންޖެހޭ މުހިންމު ބަދަލު، ޚާއްޞަކޮށް، އިޖްތިމާޢީ ކަންކަމަށް ގެންނަންޖެހޭ މުހިންމު ބަދަލު، އެއީ އަޅުގަނޑުމެން ޒުވާނުންނާ ގުޅޭގޮތުންނާއި، ތަޢްލީމާ ގުޅޭގޮތުންނާއި، ޞިއްޙަތާ ގުޅޭގޮތުން އަދި ސަރުކާރު ހިންގުމުގެ އެންމެހާ ކަންކަމާ ގުޅޭގޮތުން ގެންނަންޖެހޭ ބަދަލު. އަޅުގަނޑުމެން މި ސަރުކާރުން އިރާދަކުރެއްވިއްޔާ މިދަންނަވާ ބަދަލު ގެންނާނެ. އެބަދަލު ގެނައުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން.

އަޅުގަނޑަށް އެނގޭ، އެއީ އުނދަގޫ ކަމެއްކަން. ކިހިނެއްތޯ؟ އެއްލައްކަ ހަހާސް ހަތަރުސަތޭކަ ތެއްތިރީސް މީހުން، މަހެއްގެ މައްޗަށް ހަސަތޭކަ ރުފިޔާއިން އެންމެ މަދުވެގެން ބާރަ ފަނަރަސަތޭކަ ރުފިޔާއަށް ގެނެސްދެވޭނީ. އެ ގެނެސްދެވުނީމާ ނޫނީ ރަނގަޅަށް ހެނދުނު ސައި ބޮއިގެން މަދަރުސާއަށް އަންނަ ކުއްޖާ ހޯދަން ދަތިވާނެ. ރަނގަޅަށް ހެނދުނު ސައި ބޮއިގެން މަދަރުސާއަށް އައިސް، އެ މަދަރުސާގައި ހެނދުނު އެކީ އުޅެ، އަދި މެންދުރުފަހު މަދަރުސާގައި ކުޅެ ހަދާފައި ރޭގަނޑު ވަރުބަލިވެގެން ގެއަށްގޮސް ނިދާ ކުއްޖާ ހޯދުނީމާ، އުފެއްދުނީމާ، އަޅުގަނޑުގެ ނަޒަރުގައި، އަޅުގަނޑުމެން މިއެދޭ ވަށާ ޖެހިފައިވާ ތަޢްލީމު ނުވަތަ އަޅުގަނޑުމެން މިއެދޭ ރަނގަޅު ތަޢްލީމު ލިބޭނީ. ބައި ބަހައިގެން، ދަންފަޅި ބަހައިގެން މަދަރުސާއަށް އައިސްގެން ތިމަންނާގެ ކްލާސް އެއީ ހަތަރު މީހުން އިތުރަށް ބޭނުންކުރެއޭ. މަގޭ ޑެސްކް މެންދުރުފަހު އަދި އެހެން މީހަކު އައިސް އޭގައި އިނދެއޭ. މަގޭ ޑެސްކެއް ނެތް. އަދި މަގޭ މަދަރުސާއެއްވެސް ނެތް. އެކަކުން ހަޔަކަށް އެދިޔައީ، މަގޭ މަދަރުސާގެ އެއްބައި. ދެން އަނެއްކާ ހަތަކުން ދިހައަކަށް، އަނެއްކާ ބާރައަށް. މަށަކަށް ނުލިބުނު ތަނެއް ޙަޤީޤަތުގައި. އަހަރެންގެ ޙަޔާތް އެ މައްޗަށް ބަރޯސާ ކުރާނެ، އެއާ ގުޅުވާނެ ރަނގަޅު ތަނެއް.

އަޅުގަނޑުމެންނަށް އެނގިފައި އޮންނަ ގޮތުގައި، ރަނގަޅު ތަޢްލީމީ ނިޒާމަކީ ވިހޭއްސުރެ ފަށައިގެން އެއް ޕްރިންސިޕަލަކާ ދިމާއަށް ބަލައިގެން، އެއް ޓީޗަރަކަށް އިހްތިރާމް ކޮށްގެން، އެއްކްލާހެއްގައި އުޅެގެން، އެ ބާރަ އަހަރު ނިމުން. ނިމުނީމާ އަޅުގަނޑުމެންނަށް ފެނިފައި ހުރި ތަނުގައި، ދެން އަޅުގަނޑު ދަންނަވާނީ އަޅުގަނޑަކީ މިކަމުގެ އެއްވެސް ކަހަލަ މާހިރެއް ނޫން. ތަޢްލީމީ މާގިނަ ކަންތައްތަކެއް ދަންނަ މީހަކުވެސް ނޫން. އެހެންނަމަވެސް، ބުނާތީ އަހަނީ، އެކަން ވެފައި އޮންނަގޮތް ދެކެނީ، މިހެން ހުންނަ މަދަރުސާތަކުގައި މިދަންނަވާހެން އޮންނަ ތަޢްލީމީ ނިޒާމުގައި ކަންކަން ދަނީ ރަނގަޅަށޭ. އެއްދަންފަޅިއަށް ހެދުމަކީ، އަޅުގަނޑުމެން މި ސަރުކާރުގައި ވަރަށް މުހިންމު ލަނޑުދަނޑިއެއްގެ ގޮތުގައި ދެކިގެން ކުރިއަށް ގެންދާ މަސައްކަތެއް. އަޅުގަނޑު މިކަމުގައި ޑޮކްޓަރ ލުޠުފީއަށް ނިހާޔަތަށް ޝުކުރު ދަންނަވަން. އަދި ޑޮކްޓަރ ލުޠުފީ، އެޑިޔުކޭޝަން މިނިސްޓްރީ އެގެންދަވާ އޮމާންކަމަށްޓަކައި. އަޅުގަނޑަށްވެސް އެނގޭ، އެތައް ކަމެއް އަދިވެސް ނުރަނގަޅު، ރަނގަޅު ކުރާންވެފައިހުރި އެބަހުރިކަން. އެހެން ނަމަވެސް، ލިބިފައިމިވާ ވަސީލަތްތަކާއި، ކުރިމަތިމިވެފައިވާ ދުވަސްތަކާއި، އަދި މުޅި ސިޔާސީ މާޙައުލު މިއޮތްގޮތާ، އަޅުގަނޑުމެންގެ ވެރިކަމުގެ ޙަޔާތަށް މިއަންނަ ބަދަލާއި، ހިންގުމުގެ ކަންކަމަށް މިއަރާ ލޮޅުމާއި، މިހުރިހާ ކަންކަމެއްގެ ތެރޭގައި، ޑޮކްޓަރ ލުޠުފީގެ މާލިމީ ކަމުގައި، މޭސްތިރިކަމުގައި އަޅުގަނޑު ދަންނަވާނީ، ރާއްޖޭގެ ތަޢްލީމީ ޙަޔާތް ބިނާވަމުން މިއަންނަނީ، ހަމަ އަޅުގަނޑުމެން އެންމެން އެކަމާ އުފާވެ ފަޚްރުވެރިވާ ދަރަޖައަކަށް، މިންވަރަކަށޭ.

ބާރަސަތޭކަ ފަންސާހަކަށެއް މަހަކު ޙަޤީޤަތުގައި ރަނގަޅު ތަޢްލީމެއް ނުދެވޭނެ. އެކަން ކުރުމަށް މިހާރު މި ސާފުވެފައި މިއޮތީ މަދުވެގެން ދެހާސް ފައްސަތޭކަ ރުފިޔާ އެބަ ބޭނުންވެއޭ. ދެން އެނގޭ އަނެއް އެއްޗަކީ މިއަދު މިހޯލުގައި ތިބި ދަރިވަރުންގެ ތެރެއިންވެސް ތިންބައިކުޅަ ދެބައި ދަރިވަރުންނަށް މަހެއްގެ މައްޗަށް އިތުރު ފައްސަތޭކަ އަދި ބައެއްފަހަރަށް އަށްސަތޭކަ، އަދި ބައެއްފަހަރަށް އެއްހާސް ރުފިޔާ ދެއްކޭނޭ ފަސޭހަކަމާއެކީގައި. ހަމަގައިމުވެސް އަޅުގަނޑުގެ ދަރިފުޅު ކިޔަވަނީ ޖެހިގެން ހުރި މަދަރުސާގައި. އަޅުގަނޑަށް ދެއްކޭނެ. އަދި އަޅުގަނޑަށް އެނގޭ، ދެއްކޭނެ އެތައް ބައެއް. އަދި އަޅުގަނޑުގެ ނަޒަރުގައި ވަރަށްބޮޑު ބޭއިންޞާފެއް އެއީ، އަޅުގަނޑު އަތުން އެރުފިޔާ ނާތުލައި މިދަންނަވާ ތިންބައިކުޅަ އެއްބައި ރައްޔިތުންގެ ދަރިން ނިކަމެތިކޮށް ގެންގުޅޭކަން. ސަރުކާރުން ދެވެން އޮތީ އެއްހާސް ދުއިސައްތަ ފަންސާސް ރުފިޔާ. އެކަމަކު އަޅުގަނޑަށް ހީވަނީ ވަރަށްބޮޑު ބޭއިންޞާފެއްހެން އެއީ. ދަރިވަރުންގެ ތިންބައިކުޅަ އެއްބައި ދަރިވަރުން ބިކަ ހާލުގައި އުޅެނިކޮށް، އަޅުގަނޑުގެ ކުދިންގެ އަތުން އެއްޗެއް ނާތުލައި، މިކަން ހަމަ ރަނގަޅުވާނެއޭ، ކުރިއަށް ގެންދާނީއޭ ކިޔާ އަޅުގަނޑުމެން ގެންދަން އުޅުން. ގިނައިން އާމްދަނީ ލިބޭ ބެލެނިވެރިންނަށް، ދަރިންނަށް ފީއެއް ދެއްކޭނެ. އަދި މަދުން އާމްދަނީ ލިބޭ ބެލެނިވެރިންނަށް ސަރުކާރަށް އެހީތެރިވެވޭނެ.

އަޅުގަނޑުމެން މިދަންނަވާ ޕްރައިވެޓް ޕަބްލިކް ޕާޓްނަރޝިޕަކީ މިދަންނަވަނީ. އެއީކީ މިރާއްޖޭގައި އަލަށް ކުރަން އުޅޭ ކަމެއް ނޫން. އިހު ޒަމާނުގައި ބައްލަވައިފިއްޔާ ވަޤުފް ކުރަނީ އެގޮތަށް. މާކުރިއްސުރެ ފަށައިގެންވެސް ރާއްޖޭގައި ކަންކަން ހިންގަނީ މީހަކަށްދެނީ ރުއްގަނޑެއް. ދީފައި ބުނަނީ ދެން މިހިރަ ޒިޔާރަތްތައް ބަލަހައްޓާށޭ. ހަމަ އިޤްތިޞާދީ ފައިދާއަށް ލިބޭ ކަމެއްދީފައި، އެއާ ގުޅޭ އިޖްތިމާޢީ ކަމެއް މި ބަލަހައްޓަންޖެހެނީ. ދެން އެއީއަކީއެއް އާކަމެއް ނޫން. އެއްވެސް ހާލެއްގައި، 1980 ގައި އިނގިރޭސިވިލާތުގައި އުފެދުނު ފަލްސަފާއެއް، ފިކުރެއް ނޫން ޕްރައިވަޓައިޒޭޝަނަކީ. އެބަސްތަކުން، އެމޭރުމުން އޭރުގައި ވާހަކަ ދައްކަން ފެށީ. އަޅުގަނޑުމެންގެ އަމާޒަކީ، މިމަދަރުސާވެސް.

އަޅުގަނޑު ދާދި އިހަކަށްދުވަހަކު މަޖީދިއްޔާ ސްކޫލަށް ދިޔައިން ވަރަށް ޒަމާންކޮށްފައި. މަޖީދިއްޔާ ސްކޫލްގެ ބެލެނިވެރިންގެ ބޯޑުން ވާހަކަ އެރޭ ވާހަކަ ދެކެވުނީ، އެސްކޫލް ކޯޕަރަޓައިޒް ކުރަން. ނުވަތަ ސްކޫލް ހިންގުން ބޯޑާ ޙަވާލު ކުރުމަށް އަދި ބޯޑުން ފީއެއް ނެގުމަށް. އަޅުގަނޑުމެން މިދަންނަވާ ވާހަކައަކީ، ސަރުކާރުން ޔަޤީންކޮށް އަރުވަން ބޭނުންވަނީ، ފީ ނުދެއްކޭ ދަރިވަރުންގެ ފީ، ނުދެއްކޭ މިންވަރަކަށް ސަރުކާރުން ދައްކައިދޭނެއޭ. ދެއްކޭ ދަރިވަރުންގެ އަތުން ސްކޫލް ނަގާށޭ ސްކޫލަށް ރަނގަޅަށް ފައިސާ ހޯދާށޭ. ރަނގަޅު ބަޖެޓެއް އެކުލަވާލާށޭ. މިހާރު މިއޮތް އެއްހާސް ދުއިސައްތަ ފަންސާސް ރުފިޔާ ހަމަ ރަނގަޅަށް ދެގުނަ ކުރެވެން އެބައޮތް. އޭރުން ދުނިޔެއަކު ނުހުންނާނެ، ވަކި މިއަށްވުރެ ވަކި ބަޖެޓް ބޮޑު މަދަރުސާއެއް. މިހާރުވެސް މެލޭޝިއާގެ މަދަރުސާއެއްގައި ޖެހެނީ ދިވެހި ދެހާހެއްހާ ރުފިޔާ. އިނގިރޭސިވިލާތު މަދަރުސާއެއްގައި ޖެހެނީ ދިވެހި ފަސްހާހެއްހާ ރުފިޔާ. އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ މަދަރުސާގެ ފެންވަރު ވަރަށް ބޮޑުތަނުން ރަނގަޅު ކުރެވިދާނެ. ވަރަށްބޮޑުތަނުން. ބޭރުގައި އެތިބީ އަޅުގަނޑުމެން ރާއްޖޭގެ ބައިވަރު ކިތަންމެ ރައްޔިތުންނެއް، ދަރިންނަށް ކިޔަވައިދޭން. ސިލޯނުން. އިންޑިއާއިން. މެލޭޝިއާއިން. އިނގިރޭސިވިލާތުން. އެތައް މިތަނުގައި އެބަތިބި. އެ ދަރިވަރުން އެގެންދާ މަދަރުސާތަކާ އެއްފެންވަރުގެ ނުވަތަ އެއަށްވުރެ މޮޅު މަދަރުސާއެއް މި ރާއްޖޭގައި މިހާރު ނުހިންގޭންވީ އެއްވެސް ސަބަބެއް ނެތް. އެއަށްވުރެ މާމޮޅު ޓީޗަރުން އެބަތިބި. މާމޮޅު ހުނަރުވެރި ޕްރިންސިޕަލުން، ހިންގުންތެރިން ރާއްޖޭގައި އެބަތިބި. އަޅުގަނޑު ދަންނަން ވަރަށް ގާތުން، ހަމަ ބައިވަރު އެބަތިބި. ދެން އަޅުގަނޑު ނަންތައް ދަންނަވާކަށް ނެތިން. މިތަން ބަލައިލީމާވެސް އަބަދުވެސް ފެނޭ. ބަޖެޓުގެ ދަތިކަން ނުވަތަ ހިންގުން. ނުވަތަ މިނިސްޓްރީއަކުން ހުރަސްއެޅޭތީވެ، މިބާވަތުގެ ކަމެއްވެގެން ނުހިންގިގެންދާ ވާހަކަ ހައްތަހާވެސް. އަދި އެދެކަމުންވެސް ނެއްޓެވެން އެބައޮތޭ. އެނޫން ގޮތަކަށް ހިންގަން އުޅުން އެއީ ހަމަ އަޅުގަނޑުގެ ނަޒަރުގައި އިދިކީއްޔަށް ރޮންދާ ދެމުން، އޮޔާ އިދިކޮޅަށް ފަތަން އުޅުން ބާވަތުގެ ކަމެއް.

އަޅުގަނޑު އުންމީދު ކުރަން. އަޅުގަނޑުމެންނަށް މިނޫން އެހެން މޮޑެލެއްގައި، ނޫނަސް މިނޫން އިންތިޒާމެއްގައި، ނިޒާމެއްގައި މިއަށްވުރެ މާރަނގަޅަށް އަޅުގަނޑުމެންނަށް މަދަރުސާތައް ހިންގޭނެ. އަދި މަދަރުސާއަކީ ހަމައެކަނި ތިންއަހަރު އުޅޭ ތަނެއް ނޫން. އެއީ މުޅި ޙަޔާތް، ކުރިއަށް އަންނަން އޮތްހާ ތަނެއްގައިވެސް މިހާރުވެސް އަޅުގަނޑު ބޮޑުކަމަކާ ދިމާވީމާ އަޅުގަނޑުގެ ހެޑްމާސްޓަރާ ގުޅަން. އަޅުގަނޑުގެ ޓީޗަރުންނާ އަޅުގަނޑު ވާހަކަ ދައްކަން. ހަމަ ކުރިއެކޭވެސް އެއްފަދައިން އަނެއްހެން މާބޮޑު ވާހަކައެއް ނުދައްކާ މިހާރަކުވެސް، އޭރަކުވެސް. އެހެންނަމަވެސް، ހަމަ ބޮޑު ހިތްހަމަޖެހުމެއް ލިބޭ. އަދި އަޅުގަނޑުމެންނަށް އެއީ މާބޮޑު ވާހަކައެއް ކަމަށް ހީނުވިޔަސްވެސް، ފަހުން ވެފައި އޮންނަނީ އެއީ އެންމެ މުހިންމު ވާހަކައަށް. އެންމެ މުހިންމު ވާހަކައަށް. އަޅުގަނޑުގެ ޙަޔާތުގައި ބިންވަޅު ނެގިފައިވާ ދުވަހަކީ ކޮބައިތޯ އަހައިފިއްޔާ، އެދުވަސް އަބަދުވެސް އޮންނަނީ މަދަރުސާގެ ކޮންމެވެސް ކަމަކާ ގުޅިފައި. އެކަމަކު އަޅުގަނޑުގެ ޙަޔާތަކީ ވަރަށް ފުރިފައި އޮތް ޙަޔާތެއް. އެކަމަކުވެސް މަދަރުސާގެ ހަނދާންތަކަކުންނެއް ނުދޭ. ކުޑަގޮޅީގެ ހަނދާންވެސް މަދަރުސާގެ ހަނދާނަށްވުރެ މާ ފަނޑު. މަދަރުސާގެ ހަނދާން ހަމަ މާ މުހިންމު.

އަޅުގަނޑު ދިގެއް ނުކުރާނަން އިތުރަކަށް. ނިންމާލުމުގެ ކުރީގައި، ހަމަ އަނެއްކާވެސް ޖަޕާން ސަރުކާރަށް މިވެދެއްވި ފުރިހަމަ އެހީއަށްޓަކައި އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރާއި ޘަނާ ދަންނަވަން. އަދި އަޅުގަނޑު ހަނދާންވަނީ، އަޅުގަނޑުމެން ގްރޭޑް 8 ގައި އުޅެނިކޮށް، ޖައިކާއިން ފަތަން ދަސްކޮށްދޭ މީހަކު ފުރަތަމަ އަތުވެއްޖެ. އެއީ އަޅުގަނޑުމެން ފުރަތަމަ ޖައިކާ ދުށްއިރު. އޭރުއްސުރެ ފަށައިގެން އެމީހުން މިތަނުގައި، ރާއްޖޭގައި މަދުމީސްކޮޅެއް ރާއްޖޭގައި މަސައްކަތް ކުރަމުން ގެންދޭ. ދެން ފަތަންދަސްކޮށްދޭ ޖަޕާން މީހާއާ އަޅުގަނޑުމެން ވަރަށް ރައްޓެހި. ދެން މިތަނުން ދަންނަން ވަރަށް ބައިވަރު އަމީނިއްޔާ ކުދިންނަށްވެސް ހަމަ އޭނަ ފަތަން ދަސްކޮށްދިން. އަޅުގަނޑުމެންނަށް އޭނައާ އެކީގައި އޭރު އުޅެވުނު. އަޅުގަނޑު ފާހަގަކުރަން މިއުޅޭ ނުކުތާއަކީ، ޖައިކާގެ ޖަޕާން މަދުމީސްކޮޅު ރާއްޖޭގައި އުޅެ، އެމީހުންގެ ދިރިއުޅުމާއި އެމީހުންގެ ކަންކަން ފުރިހަމަކޮށްދިނުމަށް ތިޔައިން ކޮންމެ ކުއްޖަކަށް ކޮށްދެވެން ބައިވަރު ކަންތައް ހުންނާނެ. އެއިން މީހަކަށް ހީލުން. ގޮވާލުން. އެ އިޚްލާޞްތެރިކަމެއް ބޭއްވުން. ހެޔޮނިޔަތް އޮތުން. އެއަށްވުރެ ވަކި މުހިންމު ކަންކަމެއް ޙަޤީޤަތުގައި ނުހުރޭ.

އެހެންވީމާ، އަޅުގަނޑު ހަމަ ނިންމާލުމުގެ ކުރީގައި ހުރިހާ ދަރިވަރުންގެ ކިބައިން އެދެން. އަޅުގަނޑުމެންގެ ތެރޭގައި ވަރަށް އެހެން ގޮތްގޮތަށް މަސައްކަތް ކުރަމުން ނުވަތަ އެމީހުންގެ ޘަޤާފަތާއި ޢާއިލާއާއި އަނބިދަރިންނާ ދުރުގައި މަސައްކަތްކުރާ މީހުންނަށްވެސް ފިކުރު ހިންގާލައްޗޭ.

އަޅުގަނޑު ނިންމާލަމުން ދަންނަވާނީ، އަބަދަކު މޮޅެއް ނުވާނެއޭ. ބައެއްފަހަރު މޮޅުވާނީ. ގިނަފަހަރު ޙަޤީޤަތުގައިވާނީ ދެރަ. އެހެންނަމަވެސް، އެއަށްވުރެ ބޮޑު މޮޅެއް ނޯވޭ ދެރަވުމަށްވުރެ. އެއީ، ދެރަވިގޮތް އެނގުނީމާ މޮޅުވެވޭނެ. ފޯކަސް ނަގާނުލައި ތަކުރާރުކޮށް، މާގިނައިން ކަންތައްތައް ކުރާކަށް އަޅުގަނޑުގެ ނަޒަރުގައި ނުޖެހޭ. ހަމަ ތަކުރާރުކޮށް ކަންކަން ކުރުން. އެކުރާ ކަމެއް އަމާޒު ގެއްލުވާނުލައި ގަޑިން ގަޑިއަށް، ގަޑިން ގަޑިއަށް ކުރުން. އެއީ، އަޅުގަނޑުގެ ނަޒަރުގައި ކާމިޔާބުގެ އެންމެބޮޑު ސިއްރަކީ.

އަޅުގަނޑު ނިންމާލަމުން ދަންނަވާނީ، ކާމިޔާބުގައި ހިތްތިރިކުރާށޭ. ނާކާމިޔާބުގައި ހިތްވަރުގަދަކުރާށޭ. އަޅުގަނޑުގެ އުންމީދަކީ، މިއަށްވުރެ އަދި މާ ފާގަތި މާދަމައެއް. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން. ޢީދު މުބާރިކް.

والحمد للّـه.
______________________