بســم اللّـه الرّحمـن الرّحيــم

السّـلام عليـكم


I would first speak in Dhivehi and then I would also like to say a few words in English.


އަޅުގަނޑުމެން މި ހިންގަމުން މިގެންދާ އެކި ބާވަތް ބާވަތުގެ މަސައްކަތުގެ ތެރޭގައި ވަރަށް މުހިންމު ކަމެއް އަޅުގަނޑުމެން ދީފައިވާ މަސައްކަތެއް މިއީ ކިހިނެއްތޯ އެންމެ ރަނގަޅު ހަކަތައެއް ނެރެވޭނީ، އެންމެ ކުޑަ މިންވަރަކަށް ދުނިޔެ ތަޣައްޔަރު ކޮށްގެން ނުވަތަ ކިހިނެއްތޯ އަޅުގަނޑުމެންނަށް މަދުން ތެޔޮ ބޭނުންކޮށްގެން މިހާރަށްވުރެ މަދުން ތެޔޮ ބޭނުންކޮށްގެން. މިހާރަށްވުރެ ގިނަ މަސައްކަތް ކުރެވޭނެ ގޮތެއް އެބައޮތްތޯ؟ ދެން މިބާވަތުގެ ތަޙުލީލުތަކެއްގެ ތެރޭގައި، ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި މިހާރު އެބަ ނުކުމޭ، އެކިއެކި ގޮތްގޮތަށް ފެނާ އެއްކުރާ ބައެއް އެހެން ބާވަތުގެ ތެޔޮ. ދެން މިހާރު އަޅުގަނޑުމެންނަށް މިތަނުގައި މި ތަޢާރުފު މިކުރެވެނީ މިދަންނަވާ ބާވަތުގެ ތެޔޮ. މީގައި މިވާގޮތަކީ، އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، މި ތެޔޮ ކާރަށް އަޅާ ތެލަށް ނުވަތަ ދޯންޏަށް އަޅާ ތެލަށް ނުވަތަ އެހެންވެސް އެއްޗަކަށް އަޅާ ތެލާ، މި ތެލާ އެއްކުރީމާ، ދެން ތެޔޮ އެނދުން އަވަސްވަނީ، ފުރިހަމަވަނީ. މިހާރު އަޅުގަނޑުމެންގެ ތެރޭގައި ތެޔޮ އަނދަމުން މިދަނީ، އެ އިންޖީނަކަށް އަޅާ ތެލުގެ ގާތްގަނޑަކަށް ހަތްދިހަ ފަސް ޕަސެންޓް ކަމަށްވަނީ. ދެން އަނެއް ބައި އަޅުގަނޑުމެން މިއަޅަނީ. މި އެހެން އެއްޗެއް އެޅީމާ، އެއަށްވުރެ ބާރަށް ތެޔޮ އަނދަމުންދާނެ ކަމަށް މި ލަފާ މިކުރެވެނީ. އަދި ތަޖުރިބާ ކުރެވިފައި މިވަނީ. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަނީ، މި ތެޔޮ އަޅުގަނޑުމެންގެ ޑީސަލަށާއި އަޅުގަނޑުމެންގެ ޕެޓްރޯލަށް އަޅަމުން ގެންދިޔައިމާ، މީގެ ސަބަބުން އިތުރު ފުރިހަމަކަމެއް، އަދި ޚަރަދު ކުޑަވުމަކާއި އިންޖީނުތައް ބޮޑަށް ބޭނުންކުރުމާ، މިކަންކަމުގައި އަޅުގަނޑުމެންނަށް ކިތަންމެ ކުރިއެރުމެއް ލިބޭނެ ކަމަށް.

ދެން އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މިހާރު ދެގަޑިބައިވެދަނީއޭ. އަޅުގަނޑަށް އެނގޭ. ކާން ހަމަ ހުރިހާ ބޭފުޅުންވެސް ވަރަށް ބޮޑަށް ބޭނުންވެފައި ތިބޭނީ. އެހެންވީމާ، ކެއުމަށް އަވަސް ކުރުމަށް އަޅުގަނޑުމެން އެބަޖެހޭ.

މި ޓެކްނޯލޮޖީ އަޅުގަނޑުމެންނަށް ތަޢާރުފުކޮށްދިނުމުގައާއި، އަދި މި ޕްރޮޑަކްޓް އަޅުގަނޑުމެންނަށް ވިއްކުމުގައި ޙަރަކާތްތެރިމިވަނީ މެލޭޝިޔާ ކުންފުންޏެއް. އެބޭފުޅުން ވަޑައިގެން އެ އުޅުއްވަނީ ރާއްޖޭގައި މިމަސައްކަތް ހިންގުމަށް. އަދި މި ތެޔޮ ރާއްޖެއަށް ތަޢާރުފު ކުރުމަށް. އަޅުގަނޑުމެން އެބޭފުޅުންނަށް މަރްޙަބާ ކިޔަން. އަޅުގަނޑުމެންގެ ބޭނުމަކީ، މި ބާވަތް ބާވަތުގެ އެކިއެކި އާ ޓެކްނޯލޮޖީގެ އެހީގައި އަޅުގަނޑުމެންނަށް ކުރިއަށްވުރެ ރަނގަޅު ގޮތްތަކެއް ހޯދޭނެ ގޮތް ހޯދުން. އެހެންވީމާ، އަޅުގަނޑު ނުހަނު ޝުކުރުވެރިވަން މެލޭޝިޔާގެ މި ކުންފުންޏަށް، ރާއްޖޭގައި މިމަސައްކަތް ކުރަން ފެށީތީ.

I will of course not go in to an explanation, or attempt an explanation on how the fuel actually enhances engine capacity or engine performance. But I would like to say thank you to your company and to your team, for having introduced this commodity, this product to this market, and also, more importantly for having the imagination of introducing this product in Addu itself.

Actually this is the only island where we have a long enough road to use. Male’, of course is very congested. But we should be looking at our marine engines. Diesel engines -- land engines are very few, very rare in the Maldives, but we have a fair amount of marine engines.

I would like to say thank you to your company, to the company board and everyone who has been helping and assisting in launching this product here. I hope that you are having a good time here and that you are enjoying your stay in the Maldives. And we hope that your business will prosper with the people of the Maldives. Thank you very much.



_____________________