بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް ނުއުފެދޭ، މިދުވަހަކީ އައްޑުއަތޮޅު ރައްޔިތުން ނުހަނު ދިގު އިންތިޒާރެއް ކުރަމުން އައިސްފައިވާ ދުވަހެއް. އައްޑުއަތޮޅުގައި ރިޒޯޓެއް ބިނާކޮށް، ރިޒޯޓެއްގެ ޚިދްމަތް، މިއަތޮޅުގެ ރައްޔިތުންނަށް ލިބުން، ރިޒޯޓަކުން ލިބޭ މަންފާއާއި ފައިދާ، މިއަތޮޅުގެ ރައްޔިތުންނަށް ލިބުމަށް އެދި މިއަތޮޅުގެ ރައްޔިތުން މަސައްކަތް ކުރަމުން އަންނަތާ ނުހަނު ގިނަ ދުވަސް ވެއްޖެ. އެކިއެކި ސަބަބުތައް ދިމާވެއްޖެ. ރިޒޯޓް އަވަހަށް ނުނިންމި ދިގުލައިދިޔަ ސަބަބުގެ ގޮތުގައި. އަޅުގަނޑު ކޮންމެހެން އެ ހުރިހާ ވާހަކައެއް މިއަދު ދައްކާކަށް ނެތިން. އެހެންނަމަވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ދެނުކުތާއެއް.

ފުރަތަމަ އައްޑުއަތޮޅު ވިލިނގިލީގައި ރިޒޯޓެއް ހެދުމުގެ ޚިޔާލު ނުވަތަ އެއީ، ދިވެހި ސަރުކާރުން އިސްނަގާންވެއްޖެ ކަމެއް ކަމަށް އޭރުގައި ދުށް ބައެއް މިނިސްޓަރުން މިއަދު އަޅުގަނޑުމެންގެ ސަރުކާރުގައި ބައިވެރިވެވަޑައިގަންނަވާކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެއް. ޑޮކްޓަރ މުޙަންމަދު މުނައްވަރު ބައިވެރިވެވަޑައިނުގެންނެވި ނަމަވެސް، އަޅުގަނޑު ޑޮކްޓަރ މުޙަންމަދު މުނައްވަރަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ބޭނުން. އަދި ފާހަގަކުރަންވެސް ބޭނުން. އައްޑުއަތޮޅުގައި ރިޒޯޓެއް ހެދުމުގެ ބާރު ނުވަތަ ހެދުމަށް ވަކާލާތުކޮށް، އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި ވާހަކަ ދެއްކެވި އެއްބޭފުޅަކީ، އެއް ވަޒީރަކީ އެބޭފުޅާ. ހަމައެހެންމެ، އިބްރާހީމް ޙުސައިން ޒަކީ، ޑޮކްޓަރ މުނައްވަރާއެކުގައި އެ މަސައްކަތުގައި ނުހަނު އުޅުއްވި. އެންމެފަހުން ރިޒޯޓެއް މިރަށުގައި ހެދުމުގައި ސޮއި ކުރެއްވިއިރުގައި، އަޅުގަނޑު ހަނދާންވާ ގޮތުގައި ޓޫރިޒަމް ވަޒީރަކަށް ހުންނަވަނީ ޑޮކްޓަރ މުޞްޠަފާ ލުޠުފީ. އެހެންވީމާ، އަޅުގަނޑުމެން މި ރިޒޯޓް ހެދުމުގައި އަދި މި ރިޒޯޓް މިގޮތުގައި ހުޅުވުމުގައި މަސައްކަތްތަކެއް ކުރައްވާފައި ތިއްބެވި ވަރަށްގިނަ ބޭފުޅުން އެބަވޭ. އަޅުގަނޑު މިދެންނެވި ތިން ނަން އެކަންޏެއް ނޫން. އެހެންނަމަވެސް، އަޅުގަނޑަށް ލިބިފައި އޮތް މަޢްލޫމާތުގައި، އެ ތިން ބޭފުޅުންގެ ނަން ޚާއްޞަ ގޮތެއްގައި މިއަދު މިތާ ފާހަގަކޮށްލަން އަޅުގަނޑު ގަސްދުކުރީ.

އައްޑުއަތޮޅުގައި ރިޒޯޓެއް ހެދުމުގެ ހަމައެކަނި ބޭނުމަކީ، މިތަނުގައި ވަޒީފާތައް އިތުރުވެގެންދާނެ. އެކަމާމެދު ޝައްކެއްނެތް. އަދި އިޤްތިޞާދީ ފުރްޞަތު ހުޅުވިގެންދާނެ. އެކަމާމެދުވެސް ޝައްކެއްނެތް. އެއަރޕޯޓްގެ ވިޔަފާރި، އެއާއި އަދި އެހެންވެސް ވިޔަފާރިތައް ރަނގަޅުވެގެންދާނެ. ހަމަ އޭގެއިތުރުން، މި ރާއްޖެއަށް އަންނަ މެހްމާނުންނަށް އައްޑުއަތޮޅުން މެހްމާންދާރީ އަދާކުރުމުގެ ފުރްޞަތު، މި ރާއްޖޭގެ ރައްޔިތުންނަށް ދެވޭކަން އަޅުގަނޑުގެ ނަޒަރުގައި އެއީ ވަރަށްބޮޑު އުފަލެއް. ރާއްޖެއަށް ޒިޔާރަތްކުރޭ ވަރަށްގިނަ ޤައުމުތަކުން ވަރަށްގިނަ މީހުން. އެމީހުންގެ ހިތްތަކުގައި ދިވެހިންނާ ގުޅޭގޮތުން ބިންވަޅު ނެގިފައި ހުންނަނީ ވަރަށްވެސް އުފާވެރި ގޮތަކަށް. ހަނދާން ބަހައްޓާ ރަޙްމަތްތެރިންގެ ގޮތުގައި. އަޅުގަނޑަކަށް ޝައްކެއް ނުއުފެދޭ، އައްޑުއަތޮޅުގައި މެހްމާންދާރީ އަދާކުރަމުންދާއިރު، ކަންވެދާނެގޮތާ ގުޅޭގޮތުންނެއް. އެއީ، އަޅުގަނޑުމެންނަށް އަބަދުވެސް އެނގޭ ކަމެއް. އައްޑުއަތޮޅު ރައްޔިތުންގެ މެހްމާންދާރީކަމާއި، އަދި މެހްމާނުންނަށް އިޙްތިރާމް ކުރުމާއި، މެހްމާނުންނަށް ކަމޭހިތުމާއި، މެހްމާނުންނާއެކީގައި އުޅުމުގެ ހުނަރު، މިއަތޮޅުގެ ރައްޔިތުންނަށް ލިބިދިން މިންވަރަކަށް އަޅުގަނޑު ދަންނަވާނީ، ރާއްޖޭގައި ވަކި އެހެން ބަޔަކު އެކަން ލިބިފައެއް ނެތޭ.

ރާއްޖޭގައި ޓޫރިޒަމް، މާލެއަތޮޅުގައި ފެށިގެން އައިއިރުގައިވެސް، މިއަތޮޅުގެ ހީވާގި ޒުވާނުން، ރައްޔިތުން، އެ މަސައްކަތުގައި، އެ ޞިނާޢަތު ބިނާކުރުމުގައި ނުހަނު ގިނަ މަސައްކަތްތަކެއް ކުރި. އަޅުގަނޑުމެން މިއަދު އެ ހަނދާނުގައި، އެ ހުރިހާ ރައްޔިތުންނަށް، އެ ހުރިހާ މުވައްޒަފުންނަށް ޝުކުރު ދަންނަވަން ބޭނުން.

އަޅުގަނޑަށް ހީވަނީ، އަޅުގަނޑަށް ވާހަކަ ފެށުނުގޮތުން ހަމަ ޞަލަވާތްފުޅެއްހެން މިކަން އޮންނަ ގޮތަކަށް ދެކެވެނީހެން. އެހެންވީމާ، އަޅުގަނޑު ހަމަ ބޭނުން، ވާހަކަ ބަދަލުކޮށްލާފައި، އަޅުގަނޑުމެންނަށް ހީލާ އުޅެވޭނެ ކަހަލަ ގޮތަކަށް މިކަން ކުރަން. ވެދާނެ ޖުލައި 26ގެ ތަޤްރީރުތަކާއެކުގައި ހަމަ އެ ރާގުގައި އަދިވެސް އަޅުގަނޑަށް ކުރިއަށް ގެންދެވެނީ ކަމަށް. އެހެންނަމަވެސް، ހަމަ ވަރަށް އުފަލުން އަޅުގަނޑުމެން މިތިބީ.

އަޅުގަނޑުމެންނަށް މި ރާއްޖޭގައި ހެޔޮގޮތުގައި ވެރިކަން ކުރުމުގެ ނިޒާމެއް ޤާއިމު ކުރުމަށް ކުރެވުނު މަސައްކަތުގައި އެއީ، އެއްވެސް ހާލެއްގައި އިތުރު ބައެއް އެކަމަކާ ޝައްކެއް ނުކުރާނެ. ޒުވާބެއް ނުދޭނެ. މިއަތޮޅުގެ ހީވާގި ރައްޔިތުންގެ ޙިއްޞާ، އޭގައި ހިމެނިފައި އޮތް މިންވަރަކީ، އެއްވެސް މީހަކަށް ވަންހަނާވާނޭ މިންވަރެއް ނޫން. މި ރިޒޯޓުން އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މިއަތޮޅަށް ފައިދާހުރި މަސައްކަތްތަކެއް ހިންގޭނެ. ހަމައެއާއެކުގައި، އަޅުގަނޑުމެން މި ސަރުކާރު އުފެދިފައި މިއޮތް ބޭނުން އެއީ، އަޅުގަނޑުމެންގެ ވަޢުދު ފުއްދުމަށް، ރައްޔިތުންނަށް ޚިދްމަތް ކޮށްދިނުމަށް. އެކަންކަން އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިގެންދާ ތަރުތީބުން ފުރިހަމައަށް ކުރެވެމުން ގެންދެވޭނެ. އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން. އަޅުގަނޑުމެންގެ މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދު ފުއްދުމަށް އަޅުގަނޑުމެންގެ ވާޖިބު އެއީ މި ސަރުކާރު ދެމިއޮންނަ ހަމައެކަނި ސަބަބު. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން، އަޅުގަނޑުމެންގެ މުއްދަތުގައި އެކަންކަން ތިޔަބޭފުޅުންނަށް ރައްދުކޮށްދޭނަން. އެކަންކަން އަޅުގަނޑުމެން ކުރާނަން.

ކެއުމުގެ ވަގުތުވެސް ގާތްވުމާއެކީގައި، އަޅުގަނޑު ހިތުން އަޅުގަނޑު މިތަނުގައި ގިނަ ވާހަކަތައް ދައްކަން ހުރުން ބުއްދިވެރިއެއް ހަމަ ނޫން.

Good evening Ladies and Gentlemen, the Board Directors of Shangri-La resort;

I have just been saying that it has been a long time since this island has been in our focus. The people of the Maldives, especially the people of this atoll and more generally the southern atolls, have been looking at this island to see how it will fold out. Now, today, I’m sure we are all delighted for the product that you have created and indeed it is an excellent joy to see it as it is now.

We thank the Shangri-La group. We thank all the investors who have been partners with the government of Maldives in coming up and developing this resort.

We do understand that there will be a number of challenges in maintaining the standards that we want to maintain here. But the government is willing to render any service that it can, to keep the resort running in a smooth and in an orderly fashion. I have no doubt that the people of these atolls - people of the Maldives - would be very willing to cooperate and work with Shangri-La group.

And again, I would like to thank Shangri-La group for having the imagination and in a very early stage to start up with the development of this resort on this island. We understand that it is going through all sorts of changes, sometimes fairly turbulent. But as we see right in front of us, it is an excellent resort. Again I will not keep you waiting. I will not come in between you and your dinner. So I shouldn’t be going on and on here.

Just before I finish, I thank again for coming up with the investment. Thank you very much.
_____________________