بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އެނގިވަޑައިގަންނަވާނެ މިފަހަކަށް އައިސް، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު މި ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތައް ފާހަގަކޮށް، އެކަންކަމާގުޅޭގޮތުން ވިސްނާ ހަދަމުން ގެންދޭ. ދުނިޔޭގައި ހިނގާ މި ބާވަތުގެ ވިސްނުމާގުޅޭ ބަޙުޘްތައް އަދި އެބަޙުޘްތަކާ އެއްހަމައަށްދާ ސިޔާސަތުތައް، ދުނިޔޭގައި މިހާރު ހިނގަމުން އަންނަ މިންވަރު މިދަނީ، ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑުތަން ބޮޑު(އިތުރު)ވަމުން. އަޅުގަނޑުމެން ރާއްޖޭގައިވެސް މިކަންކަމަށް ޢަމަލީ ކަންކަން (ސިފަ) އެބައާދޭ. އަޅުގަނޑުމެންނަށް އެބަފެނޭ، ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން، އެކިއެކި ބަދަލު އަންނަމުން އަންނަކަން. އަޅުގަނޑުމެންނަށް މިބާވަތުގެ ކަންކަން އެބަ ފާހަގަކުރެވޭ.

ދުނިޔޭގައި މިކަންކަން ދިރާސާ ކުރެވުމުން އަންނަ އައުމާއި އަދި އެކަމާ ގުޅުންހުރި ސައެންސްގެ އެކިއެކި މައްސަލަތައް މިދަނީ ބެލެމުން. މިރޭ އަޅުގަނޑުމެން މި ހިންގާ ޙަރަކާތަކީ، ކުރާ މަސައްކަތަކީ، ދުނިޔެއަށް، މޫސުމަށް އަންނަ ބަދަލަށް ޙައްލެއް ހޯދުމަށް ނުވަތަ ލުޔެއް ގެނައުމަށް އަޅުގަނޑުމެން ރައްޔިތުންނަށް ނުވަތަ އިންސާނުންނަށް، ޢާންމުންނަށް ކުރެވެން ހުރި ކަންކަމުގައި ޙަރަކާތްތެރިވުމުގެ ގޮތުން ރަމްޒީގޮތެއްގައި ބައިވެރިވުމަށް ހިންގާ ޙަރަކާތެއް. އެގޮތުން (މިކަމަށް) އެދޭމީހުން، ކުޑަހިނދުކޮޅަކަށްނަމަވެސް ކަރަންޓް ބޭނުންކުރުން ހުއްޓާލުމަށްޓަކައި އަޅުގަނޑުމެން މި ސްވިޗް މި ނިއްވާލަނީ.

އެހެންވީމާ، އަޅުގަނޑު އުންމީދުކުރަން ވީހާވެސް ގިނަ ބޭފުޅުން، މި ޙަރަކާތުގައި ބައިވެރިވެވަޑައިގަންނަވާނެކަމަށް. މޫސުމަށް އަންނަ ބަދަލާއި ދުނިޔެ ތަޣައްޔަރުވުމާއި ޖައްވު ތަޣައްޔަރުވަމުން އަންނަ މިންވަރު އަޅުގަނޑުމެންނަށް ވީ މިންވަރަކުން ކުޑަކުރުމަށްޓަކައި، އަޅުގަނޑުމެންވެސް ޢަމަލީގޮތުން ބައިވެރިވުމަށް މިކަން މިކުރަނީ. އެހެންވީމާ، މިހާރު އަޅުގަނޑު މި ގޭގެ، މުލީއާގޭގެ ސްވިޗް މި ނިއްވާލަނީ.