ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޙައިސިއްޔަތުން މިތަނުގައި މަޖީދިއްޔާއަށް އަހަރުފުރޭ ދުވަހު ހުންނައިރު އަޅުގަނޑުވެސް ވަރަށް އުފާވޭ. މިއީ އަޅުގަނޑުގެވެސް މަދަރުސާ. އަޅުގަނޑުމެން މީހުންނަށް ހެދީވެސް، ވެފައި ތިބިއްޔާ މިމަދަރުސާ ތެރޭގައި. މަޖީދިއްޔާއަށް ވާގޮތެއް ނުވަތަ މަޖީދިއްޔާގައި ކަންހިނގާ ގޮތުން، ރާއްޖޭގެ ވަރަށްގިނަ ބަޔަކަށް އަސަރުކުރާނެ. އަޅުގަނޑުމެންނަށް އަބަދުވެސް ކުރޭ. މަޖީދިއްޔާގެ މުސްކުޅި ދަރިވަރުންނަކީ، ވަރަށްބޮޑަށް މަދަރުސީ ދައުރުގެ އެކުވެރިކަމުގައި އަދި މަދަރުސީ ދައުރުގެ ގުޅުންތަކާ ލާމެހިފައިތިބޭބައެއް އަބަދުވެސް. ހައުސްތަކުގެ ވާދަވެރިކަން ޙަޤީޤަތުގައި ނިމިއެއް ޙަޤީޤަތަކު ނުދޭ، މަދަރުސާނިމުނީމަކާއެއް.

ފުރަތަމަ މާލޭގައި އެއްވަނަ ޑިވިޜަނަށް ފަށައިގަނެވުނު ހަތަރުކްލަބު އަދި ފަހުން އަޅުގަނޑުމެންގެ ޙަޔާތުގައި ފެނުނު ހަތަރުކްލަބު ތިޔަބޭފުޅުން ބައްލަވައިފިނަމަ، ވަރަށްގިނަފަހަރަށް ފެނިފައި ހުންނާނީ އެއީ، ހަތަރު ހައުސްގެ ވާދަވެރިކަން އަނެއްކާވެސް އިތުރަށް ބޯޅަދަނޑުގައި ކުރިޔަށްދަނީކަން. މަޖީދިއްޔާގެ އެއް ހައުސްއެއްގެ ކެޕްޓަން އެއްކްލަބަކަށް ކުޅޭއިރުގައި އަނެއް ހައުސްއެއްގެ ކެޕްޓަން ގިނަފަހަރަށް އެހެން ކްލަބަކަށް ކުޅޭނެ. މިނޫނަސްވެސް މަޖިދިއްޔާ ދަރިވަރުންގެ މެދުގައި ވަރަށްބޮޑު ގާތްކަމެއް، އެކުވެރިކަމެއް ބިނާވެފައި އޮވޭ.

އަޅުގަނޑު ދަރިވަރުންނަށް ދަންނަވާލަން އޮތް ވާހަކައަކީ، މިއަދު ތިޔަބޭފުޅުން، ދަރިވަރުން ފަހަރުގައި ހިތު އަޅާފައި ނުވަތަ ހިތުތެރޭގައި ނުހިނގައިދާނެ މިވަގުތުގެ މުހިންމުކަން. މިމަދަރުސާގައި އެކުގައި އުޅުނީމާ އެއިން ނުކުންނަ އެކުވެރިކަމުގެ މުހިންމުކަން. ޤައުމު ބިނާކުރުމުގައި ޙަޤީޤަތުގައި އެއަށްވުރެ ވަކި މުހިންމު ވަސީލަތެއްނެތް. މަދަރުސާއިން ރަނގަޅު އެކުވެރިކަމެއް އެކުގައި އުޅޭ ބައެއް ރައްޓެހިންތަކެއް އުފެދި ދުނިޔެއަށް ނުކުންނައިރުގައި ތިމަންނާއަކީ ހަމަ ވަކިން ހުރި މީހެއްނޫނޭ، ތިމަންނާއާވެސް އެކީގައި، ތިމަންނާގެ ކަންތައްތަކުގައި ޙިއްޞާވާނެ، ތިމަންނާގެ މަދަރުސީ ދައުރުގެ ރަޙްމަތްތެރިން އެބަތިއްބޭ އެވިސްނުން ނުވަތަ އެގޮތަށް ގަބޫލުކުރެވޭ ކުރުން އެއީ، އަޅުގަނޑަށް ފެނުނުތަނުގައި ވަރަށްބޮޑު ހިތްވަރެއް، ވަރަށްބޮޑު ބާރެއް ލިބިގެންދާކަމެއް.

އަޅުގަނޑު އުންމީދުކުރަން، ހުރިހާ ދަރިވަރުންވެސް މިހާރުގެ ސްކޫލްގެ ރަޙްމަތްތެރިން ގާތްކޮށް އުޅޭ ކުދިންނާއެކުގައި އެ ރަޙްމަތްތެރިކަމުގެ މުހިންމުކަން ދެނެގަނެގެން އުޅެމުން ސްކޫލްގެ ދައުރު ނިންމާނެކަމަށް. އެއީ، މި ސްކޫލަށް ވާގޮތް އެއީ، ރާއްޖޭގެ ތަޢްލީމީ ނިޒާމަށްވެސް އަދި މުޅިރާއްޖެއަށްވެސް ވާގޮތުގެ މިސާލަކަށް ވަރަށްގިނަފަހަރަށް ވެފައި ހުރޭ.

ސްކޫލްގައި ރަނގަޅަށް ކަމެއް ކުރުމަށް، މަދަރުސީ ދައުރުގައި ކާމިޔާބުވުމަށް ކަންކުރާނެ ގޮތެއް އަބަދުވެސް ބައެއްފަހަރަށް ދަރިވަރުން ހިތަށް އަރާނެ. ހަމަގައިމުވެސް، މައިންބަފައިން އަޅުގަނޑު ހިތުން ހިތަށްއަރާ، ތިމަންނާގެ ދަރިފުޅަށް ކާމިޔާބު ހޯދޭނީ ކޮންގޮތަކަށް ތިމަންނާ މަސައްކަތް ކުރިއްޔާތޯ؟ ދަރިވަރުންގެ ތެރެއިން ގިނަ ދަރިވަރުންވެސް ހަމަ މި ވިސްނުން އެމީހުންގެ ހިތުގެ ތެރޭގައި ގެންގުޅޭނެ.

އަޅުގަނޑަށް ފެންނަފެނުމުގައި ކާމިޔާބުގެ ވަރަށްބޮޑު ސިއްރަކީ، ގަވާއިދުން ތަކުރާރުކޮށް ކަންކަން ކޮށްކޮށްތިބުން. ކޮންމެކަމެއްވެސް އެކުރާކަމެއް އެއީ، ކޮންމެދުވަހަކުވެސް ކުރާކަމަކަށް ހެދުން. ކިޔެވުން ކަމުގައިވިޔަސް، ކުޅުންކަމުގައިވިޔަސް، ފޯކަސް ގެއްލުވާނުލައި، ހަމަ ތަކުރާރުކޮށް އެކަމެއް ކުރުން. ފިލާވަޅު ދަސްކުރުންކަމުގައިވިޔަސްވެސް ހުރިހާ ފިލާވަޅެއް އެއްދުވަހުން ދަސްނުކުރުން. ކޮންމެދުވަހަކުވެސް ކޮންމެވެސްވަރަކަށް ފިލާވަޅު ދަސްކުރުން. އަޅުގަނޑަށް އަޅުގަނޑުގެ ޙަޔާތުގައި ކާމިޔާބެއް ލިބިފައިވާނަމަ، އަޅުގަނޑުގެ ނަޒަރުގައި އޭގެ އެންމެބޮޑު އެއްސިއްރަކީ، ކޮންސިސްޓެންސީ. ތަކުރާރުކޮށް ނުހުއްޓި އެކުރާކަމެއް ފޯކަސް ނުގެއްލި ކުރުން. ބައެއްދުވަސްދުވަހު ދެރަވާނެ. އަނެއްބައި ދުވަސްދުވަހު އެއަށްވުރެ އުފާވާނެ. ޔަޤީންކަމަކީ މިދަންނަވާހެން ހިފަހައްޓާފައި ހުރެވިއްޖިއްޔާ ކޮންމެވެސްދުވަހަކުން އޭގެ ކާމިޔާބު ލިބޭނެ. ބައެއްފަހަރަށް މިދުނިޔޭގައިވެސް ނުލިބިދާނެ. އެހެންނަމަވެސް ގެއްލިއެއްނުދާނެ.

އަޅުގަނޑު އުންމީދުކުރަން، މަޖީދިއްޔާގެ ހުރިހާ ދަރިވަރުންވެސް އެމީހުންގެ މަސައްކަތުގައި ސިސްޓަމަކަށް ކަންތައްތައް ކުރަމުން ގެންދާނެ ކަމަށް. ކަމެއްގެ ނަތީޖާ، ކަމެއް ޙާޞިލުކުރަންވީމާ، އެ ހިތުއަޅާކަން ސީދާކުރަންއުޅެގެނެއް ގިނަފަހަރަކު ކާމިޔާބެއްނުވާނެ. ހިތުއަޅާކަން އެއްފަރާތުގައި ހުއްޓާ، އެހެންކަމެއް ފަށައިގަންނަން މިޖެހެނީ ޓްރެޖެކްޓަރީއެއް. އެ ހިތުއަޅާކަމުގެ އޯބިޓަށްދާނެ ކަމުގެ އުންމީދުގައި. މުޅިން އެހެން ކަމެއް ކުރަމުން ކުރަމުން ކުރަމުންގޮސް، އެ ހިތުއަޅާކަން ވާނެކަމެއް ފަށައިގަންނަންޖެހޭނީ. ގިނަފަހަރަށް، ކުރަން ހިތުލާ ކަންތައް ސީދާ ކުރަންފެށީމާ، ނުކުންނަ ނަތީޖާއަށްވުރެ އެ ހިތުލާ ކަންތައް ޙާޞިލުވާނޭ އެހެންކަމެއް ކުރީމާ ނުކުންނަ ނަތީޖާ އަޅުގަނޑަށް ބައެއްފަހަރަށް ފެނިފައި ހުންނަނީ ރަނގަޅުކަމަށް. ތިޔަބޭފުޅުންނަށްވެސް މިކަން ބައްލަވާލެއްވިދާނެ. އިންޓަރސެޕްޓް ކުރުން އަޅުގަނޑަށް ހީވަނީ މިދައްކާ ވާހަކައަކީ. އެ ކުރަން މިއުޅޭކަމަކަށް އިންޓަރސެޕްޓް ވާގޮތަށް އެހެންކަމެއް ފަށައިގަތުން.

އަޅުގަނޑު މާގިނަ ދިގުވާހަކައެއް ދައްކާކަށެއްނޫން. އެހެންނަމަވެސް، ހަމަ މަޖީދިއްޔާ ސްކޫލްގެ އެދުންތައް، މިތަނުގައި ސްކޫލް ކެޕްޓަން ވިދާޅުވެއްޖެ. ސްކޫލް ކެޕްޓަންގެ ކިބައިން އަޅުގަނޑު ވަރަށްބޮޑަށް އެދެން، މި ސަރުކާރުގެ ތަޢްލީމީ ސިޔާސަތު ބެއްލެވުމަށް. އަޅުގަނޑުމެން ކަންކަން ރާވަން މިގެންގުޅެނީ ކޮން އުޞޫލެއްތޯ؟ އަޅުގަނޑުމެންގެ ބޭނުމަކީ މަޖީދިއްޔާ ބޮޑުކުރަމުން ދިޔުމެއްނޫން. އަދި އެއްވެސް މަދަރުސާއެއް ބޮޑުކުރަމުން ކުރަމުން ދިޔުމެއް ނޫން. މަދަރުސާއެއްގެ ރަނގަޅުހަމަ ސައިޒެއް، އަބަދުވެސްހުރޭ. މިތަނަށް ހާހެއްހާ ކުދިންނަށްވުރެ ގިނަވީމާ އެހެރީ ގިނަވެފައި. އަޅުގަނޑަށްވެސް އެނގޭ މިހާރު ޖާގަ ވަރަށްކުޑަކަން. ދެން އެހެންނަމަވެސް، އިތުރުވެފައި އެއޮތީވެސް ދަރުމަވަންތަ މިސްކިތް. އަނެއްކާ މަޖީދިއްޔާގެ ބައެއްގެ ގޮތުގައި އެތަންވީ. އަޅުގަނޑުމެން މަޖީދިއްޔާ ފަށައިގަތްއިރުގައި މުޅިން ދަރުމަވަންތަ މިސްކިތަކާ ހަމަޔަކަށްނުދޭ. އެކޮޅުން އެގާރަ ބާރަ އާ ހަމައަށް ދަނީ. ދެން އޭގެ އެކޮޅުން މިސްކިތް އަދި ހުރި. ފަހުން މިސްކިތް އެއްކުރެވުނީ. އަޅުގަނޑުމެން ގޯނި ކްލާސްތަކުގައި، އެކޮޅުބައިގައި ތިބެފައި އެބައި ދެން މިހާރު މަޖީދިއްޔާއިން ގެއްލިގޮސްފައިމިވަނީ. އެހެންނަމަވެސް، މަޖީދިއްޔާއޭ މިކިޔަނީ ދަރުލްޢުލޫމަށާއި ކުރިބޯށި އިމާރާތަށާއި އަދި އެދޭތެރޭގައި މިހުންނަ ކޮރިޑޯއަށް. ދެން އެތަން ނަގާލެވޭގޮތަކަށް އަޅުގަނޑަކަށް ހިއެއްނުވޭ މަޖީދިއްޔާ ދަރިވަރެއް ހަމަހޭގައި ހުރެގެނެއް ފުރްޞަތެއް ދޭނެހެންނެއް. ހަމަ އަޅުގަނޑުމެން ކޮންމެހެންވެސް އެ ޢިމާރާތް ރައްކާތެރިކުރަންޖެހޭ. އަޅުގަނޑަށް ވިސްނޭ ވިސްނުމުގައި އެތަނަށް ވަދެވޭވަރަށްވުރެ ގިނަވީމާ މިތަނުގައި ގިނަވީ. އެހެންވީމާ، ޢިމާރާތްތައް ބޮޑުކުރަމުންދިޔުން އެއީ، އެއްބާވަތެއްގެ ވިސްނުމެއް، ގިނަކުރަމުން ބޮޑުކުރަމުން ގެންދިޔުން. އަޅުގަނޑުމެންނަށް ލަފާކުރެވެނީ، އަޅުގަނޑުމެންގެ އަމާޒަށް ދެވޭނީ، އަޅުގަނޑުމެންގެ އަމާޒަކީ އޯލެވެލްގައި ބައިވެރިވާކުދިންގެ ތެރެއިން، ފަސްދޮޅަސް ޕަސެންޓް ކުދިންނަށް "ސީ" ފާސް ލިބުން. މިހާރު މި ލިބެނީ ހަތާވީސް ޕަސެންޓަށް. ގަދަ ދިހައެއްގައި ހިމެނުންވެސް އެއީ، ވަރަށް މުހިންމު ކަމެއް. އެކަމަކު ގިނަކުދިން ގަދަވުން އެއީ، އަދި މާ މުހިންމުކަމެއް. ގަދަކޮށް އަޅުގަނޑުމެން އެންމެންވެސް ތިބެން ބޭނުންވަނީ.

އެހެންވީމާ، އަޅުގަނޑުމެން، އަޅުގަނޑު އަބަދުވެސް ދަންނަވާ ވާހަކައެއް މިއީ. މަދަރުސާގައި އުޅޭއިރުގައި ބަލިވާ ފަހަރާއި ގަދަވާ ފަހަރު އަންނާނެ. ދެން މީގެއިތުރަށް، ބައެއްފަހަރަށް އަޅުގަނޑުމެންނަށް މަދަރުސާގައި އުޅޭއިރުގައި މާގަދަކުދިން، ހިތަށްއަރާ ދެން ތިމަންނަ ވަރަށްގަދައޭ. ތަޅައިވެސްގަނެވިދާނެއޭ. ވަރަށްގަދައޭ އޭރުގައި އިނގޭތޯ ހަމަ ތަޅައިގަނެގެންވެސް ގަދަވެވިދާނެ. ތަންކޮޅެއް ބަލކަށިކުއްޖަކާ ވެއްޖިއްޔާ. އަދި ބަލިކަށިކޮށް ހުންނަ އަދި މާގަދަކުއްޖެއްވެސް ހުރެދާނެ. ހަމަ ތަޅައިގަންނަބޮނޑީގައި އެންމެގަދަކުއްޖާ ބަލިވާވަރުގެވެސް. މި ތަޅައިގަތުމުން ޕެކިންގ އޯޑަރެއް ނުކުތެއްކަމަކު، ފަހަށް އޭގެއިންހުރި މާބޮޑު ރަނގަޅެއް މިހާރު އަޅުގަނޑަކަށެއް، އަޅުގަނޑެއް ނުއެއްތަޅަން. އަޅުގަނޑުވެސް ދެން ތެޅުމުގައި އެހެންނޫނިއްޔާ އެ ރައްދުނުވެ ނުހުންނަކަމަކަށެއް ނުދެކެން. އެކަމަކު އަޅުގަނޑަށް ފެނުނުގޮތުގައި އެންމެގަދަކޮށް އުޅުނުކުދިން މާގަދައެއްނޫން މިހާރަކު. މާކަގަދައެއްނޫން. ވަރަށްގަދަކޮށް ހަމަ ސްކޫލްގައިއުޅޭ ކުދިން. އުޅެފައި ދިހަ ފަނަރަ އަހަރުފަހުން އަޅުގަނޑުމެން ބަލާލާއިރު އެހާގަދައެއްނޫން. ކޮންމެވެސް ގޮތަކަށް ޙަޤީޤަތުގައި ގަދަކަންވެސް މިހިނގަނީ. އަދި ޚާއްޞަކޮށް އަޅުގަނޑަށް، އަޅުގަނޑުމެންނަށް، އަމީނިއްޔާގައިވެސް މަޖީދިއްޔާގައިވެސް މާގަދަކޮށް އުޅޭކުދިން އުޅޭ. ސްކޫލްގައި އުޅޭއިރު. މިހާރު އެހާގަދައެއްނޫން. ހަމަ އާދައިގެ ގޮތަކަށް އުޅޭ ކުދިންއުޅޭ. މިހާރު ވަރަށްގަދަ. އެހެންވީމާ، އަޅުގަނޑުވަރަށްބޮޑަށް އެދެން، މިގަދަކަމުގެ މިންގަނޑުތައްވެސް އަމިއްލައަށްވެސް ވިސްނާލަން. ފަހުން އެގަދަކަމުންވަނީ ކިހިނެއްތޯވެސް އަމިއްލައަށްވެސް ކުދިން ބަލާލާނެކަމަށް.

އަޅުގަނޑު މާގިނައިރު ވާހަކަދައްކާކަށް ހުންނާކަށްނެތިން. ނިންމާލަމުންވެސް އަޅުގަނޑު ދަންނަވާނީ، ސަރުކާރުގެ ބަޖެޓުން އިރާދަކުރެއްވިއްޔާ މަޖީދިއްޔާއަށް ކުރަންހުރި ޚަރަދެއް، މަޖީދިއްޔާ އެކަށީގެންވާ މިންވަރަށް ސަރުކާރުން ކުރާނެއޭ. އަދި މަޖީދިއްޔާގެ ޕޭރަންޓް ޓީޗަރ އެސޯސިއޭޝަނާއި8 މަޖީދިއްޔާގެ މުސްކުޅި ދަރިވަރުންގެ ޖަމްޢިއްޔާއާ މިތަންތަނުން އެކަނިވެސް މަޖީދިއްޔާ ނަގާކޮޅުގައި ޖެއްސެންޖެހޭނެއޭ. މަޖީދިއްޔާ ވަރުގަދަޔަށް ހިންގޭނެ.

އެންމެ ދެރަކަމަކީ، މިތަނުގައި އެންމެ ތިންއަހަރު އުޅެންޖެހޭކަން މިހާރު. އެއިން ޙަޤީޤަތުގައި މަދަރުސާއެއް ނުލިބޭނެ. މަދަރުސާއަކީ ގްރޭޑް އެކަކުއްސުރެ ފެށިގެން ނުވަތަ އަޅުގަނޑުމެންނަށް ވެއްޖިއްޔާ ކިންޑަރގާރޑުން ވަން އިންސުރެ ފެށިގެން އައިސް، ގްރޭޑް ދިހަޔަކާ ހަމައަށް. ދެން ރަނގަޅަށް ދަންޏާ ކިންޑަރގާރޑްން އެކަކުއްސުރެ ފެށިގެން އައިސް ބާރައާ ހަމައަށް. އޭރުން މަދަރުސާއެއްގައި، އިންސްޓިޓިއުޝަނެއްގައި މީހަކުއުޅެ، އެތަން އެއީ، ތިމަންނާގެ ތަން ގޮތުގައި ފެނިފައި ހުންނާނެ. ވަރަށްހިތާމަހުރިކަމެއް މިއީ. މަދަރުސާ މިހާބޮޑަށް ކުޑަކޮށްލުން. މަޖީދިއްޔާގެ ދައުރު މިހާކުޑަ ދުވަސްކޮޅަކަށް ހަނިވެގެން ދިޔުން. އޭރުން ސީދާ މިމަދަރުސާ މެޕެއް ނުވޭ، އަމިއްލަ ހިތަކަށް.
މި މަދަރުސާގައި ނުހިނގާނެ އާ އެއްވެސްކަމެއް. ކުރީގައި ކޮށްފައިހުރި ކަމެއްނޫނީ ހަމަލާހިކެއްނޫން މިތާކުރާކަށް. މިތަނުގައިހުންނާނީ ހުރިހާކަމެއްވެސް ވެފައި، މީގެކުރީގައި. މިތަނުގައި ހިނގާ ކަންކަމަކީ، ޙަޤީޤަތުގައި އެއް އަހަރުން އަނެއް އަހަރަށް ހިނގަމުން ހިނގަމުން އަންނަ ކަންތައް. ކުދިން ކުލާހަށް ވަންނާނީވެސް ހަމަ އަޅުގަނޑުމެންވެސް ވަން ގޮތަށް. ހަމަ އެއް އަހަރުން އަނެއް އަހަރަށް، ދެން ބައެއް ފަހަރަށް ބައެއް ޕްރިންސިޕަލުން ބޮޑެތި ބަދަލުގެންނަވާފާނެ. ދެން އެއީ ވަރަށްބޮޑު ހިތާމައެއް. ހަމަ އަޅުގަނޑުމެން އެދެނީ، އެންމެކުރިއްސުރެ ފަށައިގެން، އަޅުގަނޑު އެދެނީ، އަޅުގަނޑު ސްކޫލަށް ވަދެގެން އައިގޮތަށް އަޅުގަނޑުގެ ދަރިވެސް ސްކޫލަށް ހަމަވަދެގެން އަންނަން. އަޅުގަނޑު އެދެނީ، ހަމަ އެކްލާހަށް އޭނަގޮސް ވަންނަން. ހަމަ އެތަނުގައި އޭނަ އިށީންނަން. އަޅުގަނޑުމެން އެންމެންވެސް އެދެނީ އެގޮތް.

މަޖީދިއްޔާގެ ދިގު ޢުމުރަށާއި، މަޖީދިއްޔާގެ މުސްތަޤްބަލަށް އަޅުގަނޑު ދުޢާކުރަން. މަޖީދިއްޔާގެ އެންމެހާ ދަރިވަރުންނަށް، އަދި މަޖީދިއްޔާއަށް މިއަދަށްވުރެ އަދި މާފާގަތި މާދަމައަކަށް އަޅުގަނޑު އެދެން.