1. މިނިސްޓަރ އޮފް ހޯމް އެފެއާޒް ކަމުގެ މަގާމު

މިނިސްޓަރ އޮފް ހޯމް އެފެއާޒް ކަމުގެ މަގާމަށް ގަލޮޅު ބޮޑުގާދޮށުގޭ ޙަސަން ޢަފީފް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.

2. މިނިސްޓަރ އޮފް އެޑިޔުކޭޝަން ކަމުގެ މަގާމު

މިނިސްޓަރ އޮފް އެޑިޔުކޭޝަން ކަމުގެ މަގާމަށް، ގަލޮޅު ޖަނަވަރީމާގޭ ޝިފާ މުޙަންމަދު ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.