1. ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރ ކަމުގެ މަގާމު

ރައީސުލްޖުމްހޫރިއްޔާ، ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރުގެ މަގާމަށް ހެންވޭރު ތަނޑިރަތްމާގޭ އަމީން ފައިޞަލް ޢައްޔަން ކުރައްވައިފިއެވެ.
އަމީން ފައިޞަލް މި މަގާމަށް މި ޢައްޔަން ކުރެއްވީ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީގެ މަގާމުން އެމަނިކުފާނު އިސްތިޢުފާ ދެއްވުމާ ގުޅިގެން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

2. އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް ކަމުގެ މަގާމު

ރައީސުލްޖުމްހޫރިއްޔާ، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް ކަމުގެ މަގާމަށް މާފަންނު ބަގީޗާ މުޙަންމަދު ޝިހާބު ޢައްޔަން ކުރައްވައިފިއެވެ.
މުޙަންމަދު ޝިހާބު، މި މަގާމަށް މި ޢައްޔަން ކުރެއްވީ، މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ މަގާމުން އެމަނިކުފާނު އިސްތިޢުފާ ދެއްވުމާ ގުޅިގެން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.