2009 ވަނައަހަރުގެ ޖުމްހޫރީ ދުވަހުން ފެށިގެން ސަރުކާރުން ދެއްވަން ފެއްޓެވި ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންގެ ޚިދްމަތުގެ އަގު ޚާއްޞަ ގޮތެއްގައި ސަރުކާރުން ވަޒަން ކުރައްވާ ގޮތަށް ނިންމަވާފައިވުމާއެކު، ސަރުކާރުގެ އޮފީސްތަކުން އިންތިޒާމު ކުރައްވާ އެކިއެކި ކަންކަމުގައި، ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން ބައިވެރިކުރައްވަމުން ގެންދެވުމަށް ދަންނަވައި، އެބޭފުޅުން ކަންކަމުގައި ބައިވެރިކުރެއްވުމުގެ އުސޫލު މި އޮފީހުގެ ނަންބަރު 69/2009 (19 ނޮވެމްބަރ 2009) ގެ ދެންނެވުމުން ސަރުކާރުގެ އޮފީސްތަކަށް އަންގަވާފައިވާނެ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ވީމާ، މި އަހަރު ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންވެސް، ސަރުކާރުގެ އޮފީސްތަކުން އިންތިޒާމް ކުރައްވާ އެކި ކަންކަމުގައި އެ އުސޫލުން ބައިވެރިކުރައްވަމުން ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ނަންފުޅުތަކާއި ފަރާތްތަކުގެ ނަންތައް މި ދެންނެވުމާއެކުގައި އެވަނީއެވެ.


2010 ވަނަ އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ
ޤައުމީ އިނާމު އެރުވުނު ބޭފުޅުން


ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އެރުވުނު ބޭފުޅުން

ޞިއްޙީ ދާއިރާއިން – ދިވެހި ބޭސްވެރިކަމުގެ ރޮނގުން:
އަލްފާޟިލް ޙަސަން ޤާސިމް ނ. ކެނދިކުޅުދޫ، ކުއްޅަވައްއާގެ / ވ.ހުޅެވި
އަލްފާޟިލް ޢަލީ ޙުސައިން ހ.ސީސައިޑް
މަސްވެރިކަމުގެ ދާއިރާއިން:
އަލްފާޟިލް މުޙަންމަދު ޙުސައިން (ކަނދި މުޙަންމަދުފުޅު) ހ.ދުނބުގަސްދޮށުގެ
އަލްފާޟިލް މުޙަންމަދު މަނިކު ގދ.ފަރެސްމާތޮޑާ / ބިނާ (މާތޮޑާ އަވަށް)
އިޖްތިމާޢީ ޚިދްމަތުގެ ދާއިރާއިން:
އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ހ.ޑީންސްވިލާ
ކުދިއަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން – ފެހުމާއި،ބެޖުހެދުމާއި،މާޖެހުމުގެ ރޮނގުން:
އަލްފާޟިލާ ޚަދީޖާ އަބޫބަކުރު ގ.ނަންކުރާވިޔު

ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އެރުވުނު ބޭފުޅުންނާއި ފަރާތްތައް

ޞިއްޙީ ދާއިރާއިން:
ޑޮކްޓަރ ފަރްޚަންދާ ޔަގާނެގީ - އިސްލަމިކް ރިޕަބްލިކް އޮފް އީރާން
އިޖްތިމާޢީ ޚިދްމަތުގެ ދާއިރާއިން:
އަލްފާޟިލް އަޙްމަދު ވާފިރު ދ.ކުޑަހުވަދޫ/ރާސްތާ

މަސައްކަތްތެރިކަމުގެ ދާއިރާއިން:
ޑޭޒީ ވަރކްޝޮޕް
މަސައްކަތްތެރިކަމުގެ ދާއިރާއިން: ކިއްސަރުވަޑާމުގެ ރޮނގުން
އަލްފާޟިލް އަޙްމަދު ޢާޠިފް ރ.އިންނަމާދޫ/ފްރެޝް
ޢިމާރާތްކުރުމުގެ ދާއިރާއިން:
ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް
ދަތުރުފަތުރުގެ ދާއިރާއިން:
އާރކްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑް
ޚަބަރާއި މަޢްލޫމާތު ފެތުރުމުގެ ދާއިރާއިން:
އަލްފާޟިލް އާދަމް ޙަލީމް ލ.މުންޑޫ/ރުއްކޮށީގެ
ޕާރފޯމިންގ އާޓްސްގެ ދާއިރާއިން – ލަވަކިޔުމާއި މިޔުޒިކް ކުޅުމުގެ ރޮނގުން:
އަލްފާޟިލް މުޙަންމަދު މާޖިދު ގ.ކްރީމްގެ
ވިޜުއަލް އާޓްސްގެ ދާއިރާއިން – ފިލްމާއި ވީޑިއޯ އުފެއްދުމާއި ޑައިރެކްޓް ކުރުމުގެ ރޮނގުން:
އަލްފާޟިލް މުޙަންމަދު ނިޔާޒް ހ.ލަންޗްމީޑް