1. މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓުގެ ނައިބުކަން

މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓުގެ ނައިބުގެ މަގާމަށް، އައްޑުއަތޮޅު ހިތަދޫ ޒަމާނީގޭ ޙުސައިން ޝާހިދު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.

2. މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީގެ ނައިބުކަން

މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީގެ ނައިބުގެ މަގާމަށް ހެންވޭރު ތްރީލައިޓްސް ފާޠިމަތު ޢާފިޔާ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.