2010 ނޮވެމްބަރ 14 ވާ އާދީއްތަ ދުވަސް، ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައި، އެދުވަހުގެ ބަދަލުގައި، 2010 ނޮވެމްބަރ 27 ވާ ހޮނިހިރު ދުވަހަކީ، ސަރުކާރުގެ އޮފީސްތައް ހުޅުވާ ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިކަން މިގޮތަށް މި ހަމަޖެއްސެވީ، ނޮވެމްބަރ މަހުގެ 14 ވާ އާދީއްތަ ދުވަހު އޮފީސްތައް ހުޅުވޭ ގޮތަށް އޮވެއްޖެނަމަ، އަޟްޙާ ޢީދުގެ ބަންދާ ގުޅިގެން ލިބޭ ބަންދު ދުވަސްތަކަށް މެދުކެނޑުމެއް އަންނާތީ، މެދުކެނޑުމެއް ނައިސް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭ ގޮތަށް ހަމަޖައްސަވައިދެއްވުމަށްޓަކައި ކަމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.