1. ފެޑެރަލް ރިޕަބްލިކް އޮފް ޖަރމަނީއަށާއި، ތުރުކީވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާ
ނޮން-ރެސިޑެންޓް ސަފީރުކަން

ފެޑެރަލް ރިޕަބްލިކް އޮފް ޖަރމަނީއަށާއި ތުރުކީވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ހެންވޭރު އޯކިޑް އިރުތިޝާމް އާދަމް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.

2. ފަރަންސޭސިވިލާތަށާއި، ރިޕަބްލިކް އޮފް ފިންލަންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަން

ފަރަންސޭސިވިލާތަށާއި، ރިޕަބްލިކް އޮފް ފިންލަންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ހެންވޭރު އަމީނީގޭ ޑޮކްޓަރ ފަރަޙަނާޒް ފައިޞަލް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.

3. މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނައިބުކަން

މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނައިބުގެ މަގާމަށް މާފަންނު ލަރިއްސާ ފާޠިމަތު ނުޒުހާ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.

4. މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީގެ ނައިބުކަން

މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީގެ ނައިބުގެ މަގާމަށް، ހެންވޭރު ނީލްވިލާ އަލްއުސްތާޛާ ލުބްނާ މުޙަންމަދު ޒާހިރު ޙުސައިން، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.


5. މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ނައިބުކަން

މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ނައިބުގެ މަގާމަށް ގަލޮޅު ހިލިހިލާގޭ ޙުސައިން އިރްފާން ޒަކީ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.

6. މިނިސްޓަރ އޮފް ސްޓޭޓް، މަތިއުތުރު ޕްރޮވިންސްގެ ނައިބުކަން

މިނިސްޓަރ އޮފް ސްޓޭޓް، މަތިއުތުރު ޕްރޮވިންސްގެ ނައިބު ކަމަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ އޯޝަންވިލާ ޙަސަން ޒިޔާދު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.