1. އެޓަރނީޖެނެރަލްކަން

އެޓަރނީޖެނެރަލް ކަމަށް ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދު މިހާތަނަށް ހުންނެވީ މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރުގެ މަގާމުގައެވެ.

2. މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރުގެ ނައިބުކަން

މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރުގެ ނައިބު ކަމަށް މާފަންނު ހުއިވަނި އަލްއުސްތާޛު އިސްމާޢީލް ޔާސިރު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.