1. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީކަން

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީގެ މަގާމަށް މައްޗަންގޮޅީ ފްލޮރިފަރ އިސްމާޢީލް ޢަލިމަނިކު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.

2. ހުވަދުއަތޮޅު ދެކުނުބުރީ ކައުންސިލަރކަން

ހުވަދުއަތޮޅު ދެކުނުބުރީ ކައުންސިލަރގެ މަގާމަށް، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ހިންދޫސް މުޙަންމަދު ޙަސަންދީދީ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.

3. މާލެއަތޮޅު ގާފަރު ކައުންސިލަރކަން

މާލެއަތޮޅު ގާފަރު ކައުންސިލަރގެ މަގާމަށް، މާލެއަތޮޅު ގާފަރު ކުޅިތުޅާގޭ ޠާރިޤު ޢުމަރު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.

4. އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލަރކަން

އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލަރގެ މަގާމަށް، ދަނގެތީ ލިތުވޭނިއާ ޢަބްދުލްޙަންނާން މުޙަންމަދު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.