1. މަތި ދެކުނު ޕްރޮވިންސް އޮފީހުގެ ކައުންސިލަރކަން

މަތި ދެކުނު ޕްރޮވިންސް އޮފީހުގެ ކައުންސިލަރ ކަމުގެ މަގާމަށް، ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ އޭޝިއާ އިލްހާމް ރަޝީދާއި، މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު 3869 ޙުސައިން ޢަބްދުﷲ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.

2. ފާދިއްޕޮޅު ކައުންސިލަރކަން

ފާދިއްޕޮޅު ކައުންސިލަރގެ މަގާމަށް، ފާދިއްޕޮޅު ނައިފަރު ނިކަގަސްދޮށުގޭ ޤާސިމް ޢަބްދުލްކަރީމް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.

3. ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލަރކަން

ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލަރގެ މަގާމަށް، ފިޔޯރީ އީޒީރެސްޓް ޢާއިޝަތު ލީނާ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.